Advertisement

ރިސޯޓު ހަދަން ހަތް ރަށެއް ހަވާލުކުރަން ޓޫރިޒަމުން ނިންމައިފި

20 އޭޕްރީލް 2022 - 21:27 0

އަމަން ހަލީމް

އަމަން ހަލީމް

ރިސޯޓު ހަދަން އެވޯޑުކޮށްފައިވާ ގދ. ކަނޑަހަލަގަލާ: މިފަހަރު ކުއްޔަށް ދޭން ނިންމީ ހއ.، މ.، ފ.، ގއ. އަދި ގދ. އަތޮޅުން. -- ފޮޓޯ: ގޫގްލް އާތް


ރިސޯޓު ހަދަން ހަތް ރަށެއް ހަވާލުކުރަން ޓޫރިޒަމުން ނިންމައިފި

20 އޭޕްރީލް 2022 - 21:27 0

މިފަހުން ރިސޯޓު ހަދަން ހުޅުވާލި ރަށްތަކަށް ލިބުނު ބިޑުތައް އިވެލުއޭޓުކުރުމަށް ފަހު އޭގެ ތެރެއިން ހަތް ރަށެއްގައި ޓޫރިސްޓު ރިސޯޓު ތަރައްގީކުރަން އެވޯޑުކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

މި ރަށްތަކަކީ މިދިޔަ އަހަރު ޑުބާއި އެކްސްޕޯގައި ބީލަން ހުޅުވާލި 18 ރަށުގެ ތެރޭގައި ހިމެނޭ ރަށްތަކެވެ. މީގެ ތެރެއިން ނުވަ ރަށަކަށް 18 ބީލަން ލިބުނެވެ.

މި ބީލަންތައް އިވެލުއޭޓުކޮށް ނިންމުމަށް މިނިސްޓްރީން އެވޯޑުކުރި ރަށްތަކަކީ:

  1. ހއ. އަލިދުއްފަރުފިނޮޅު - ލީސް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 390،000.00 ޑޮލަރު، ޓޫރިޒަމް ޓްރެއިނިން ފަންޑަށް 7،000.00 ޑޮލަރު
  2. މ. ސީދީހުރާ (މ. ސީދީހުރާ ވެލިގަނޑާ އެކު) - ލީސް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 1,599,999.00 ޑޮލަރު، ޓޫރިޒަމް ޓްރެއިނިން ފަންޑަށް 120،000.00 ޑޮލަރު
  3. ފ. އެނބުލުފުށި - ލީސް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 3،601،155.00 ޑޮލަރު، ޓޫރިޒަމް ޓްރެއިނިން ފަންޑަށް 150،000.00 ޑޮލަރު
  4. ފ. ޖިންނަތުގައު - ލީސް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 2,021,121.00 ޑޮލަރު، ޓޫރިޒަމް ޓްރެއިނިން ފަންޑަށް 200،121.00 ޑޮލަރު
  5. ގއ. ފުނަދޫވިލިގިއްލާ - ލީސް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 702،000.00 ޑޮލަރު، ޓޫރިޒަމް ޓްރެއިނިން ފަންޑަށް 5،000.00 އެމެރިކާ ޑޮލަރަށް
  6. ގދ. ކަނޑަހަލަގަލާ - ލީސް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 2،800،000.00 ޑޮލަރު، ޓޫރިޒަމް ޓްރެއިނިން ފަންޑަށް 150،000.00 ޑޮލަރު
  7. ގދ. ފެރޭތަވިލިގިއްލާ (ގދ. ދެކާނބަ، ގދ. ކޮޑެރެޓާ އަދި 0°22’12.86”N 73°1’28.98” E އާ އެކު) - ލީސް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 702،000.00 ޑޮލަރު، ޓޫރިޒަމް ޓްރެއިނިން ފަންޑަށް 5،000.00 ޑޮލަރު

މިފަހަރު ހަވާލުކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ މިހާރު ރިސޯޓުތައް ވަރަށް މަދުން ހުރި ހއ.، މ.، އަދި ފ. އަތޮޅުގެ އިތުރުން ހުވަދޫ އަތޮޅެވެ.

ބިޑު ލިބުނު ރަށްތަކުގެ ތެރެއިން ހަވާލުނުކުރަނީ ހއ. މެދަފުއްޓާއި ތ. އަތޮޅުން ރަށެކެވެ.

ރިސޯޓު ހަދަން ރަށްތައް ކުއްޔަށް ދީގެން ލިބޭނެ އާމްދަނީ

  • އެކުއިޒިޝަން ކޮސްޓް - 11،834،275 ޑޮލަރު (182.4 މިލިއަން ރުފިޔާ)
  • ޓޫރިޒަމް ޓްރެއިނިން ފަންޑު - 637،121 ޑޮލަރު (9.8 މިލިއަން ރުފިޔާ)

ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ބީލަން އެވޯޑުކުރި ފަރާތްތަކުން އެކުއިޒިޝަން ކޮސްޓާއި ޓްރެއިނިން ފަންޑަށް ހުށަހަޅާފައިވާ އަދަދުގެ ދެބައިކުޅަ އެއްބައި ދެއްކުމުން އިނީޝަލް އީއައިއޭ ހަދަން 60 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

މި ރަށްތައް ހަވާލުކުރިކަން ހާމަކުރި ނަމަވެސް ބިޑު ކާމިޔާބު ކުރީ ކޮން ބަޔެއް ކަމެއް މިނިސްޓްރީން ހާމަނުކުރެ އެވެ.