Advertisement

ވިޔަފާރި އެކައުންޓްތަކަށް ހާއްސަ ޑެބިޓް ކާޑެއް ބީއެމްއެލް އިސްލާމިކުން ތައާރަފްކޮށްފި

17 އޭޕްރީލް 2022 - 20:23 0


ވިޔަފާރި އެކައުންޓްތަކަށް ހާއްސަ ޑެބިޓް ކާޑެއް ބީއެމްއެލް އިސްލާމިކުން ތައާރަފްކޮށްފި

17 އޭޕްރީލް 2022 - 20:23 0

ބިޒްނަސް އެކައުންޓް ބޭނުންކުރުމާއި ވިޔަފާރީގެ ހަރަދުތައް ބެލެހެއްޓުމާއި އަދި ނަގުދު ފައިސާގެ މުއާމަލާތްތައް ބެލެހެއްޓުން ފަސޭހަކުރަން ބީއެމްއެލް އިސްލާމިކްއިން މާސްޓާކާޑް ބިޒްނަސް ޑެބިޓް ކާޑެއް ތައާރަފްކޮށްފި އެވެ.

ބީއެމްއެލްއިން ބުނީ އެ ކާޑު ތައާރަފްކުރީ ވިޔަފާރި ކަސްޓަމަރުންނަށް ހާއްސަކޮށް މުޅިން އާ ޕޭމަންޓް ސޮލިއުންޝަންއެއްގެ ގޮތުގައި ކަމަށެވެ. އެ ކާޑު ރާއްޖެ އާއި ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް ވެސް ބޭނުންކުރެވޭއިރު ބީއެމްއެލްގެ އެހެނިހެން ކާޑުތަކެކޭ އެއްފަދައިން އެ މާސްޓާކާޑު ބިޒްނަސް ޑެބިޓް ކާޑުގައިވެސް އެންމެ ފަހުގެ ސެކިއުރިޓީ ފީޗާސްތައް ހުންނާނެކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

"ކުރިއަރަމުންދާ ވިޔަފާރިތަކަށް އެހީވުމަށް އެންމެ އެކަށޭނެ ބޭންކިން ހައްލުތައް ހޯދައިދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން އާ ޕޭމަންޓް ނިޒާމެއް ތައާރަފް ކުރެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" އަލަށް ތައާރަފްކުރި ކާޑާއި ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އަލަށް ތައާރަފްކުރެވުނު މާސްޓާކާޑު ބިޒްނަސް ޑެބިޓް ކާޑަކީ ވިޔަފާރިތަކުން ޑިޖިޓަލް ހިދުމަތްތައް ބޭނުންކުރުމަށް އެހީވެ އަދި ގިނަ ވިޔަފާރިތަކުން ބޭނުންވާފަދަ ކޭޝްލެސް ޕޭމަންޓްގެ ހިދުމަތް ބޭނުންކުރުމަށް މަގުފަހިކޮށްދޭން ތައާރަފް ކުރި ހިދުމަތެކެވެ.

ބީއެމްއެލް އިސްލާމިކް ބިޒްނަސް ޑެބިޓް ކާޑާއި ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް https://www.bankofmaldives.com.mv/islamic އިން ލިބޭނެ އެވެ.