Advertisement

އަލް ޝިފާ: ހަމަ އެންމެ މަގުބޫލު މާމުއި!

15 އޭޕްރީލް 2022 - 14:50 0


އަލް ޝިފާ: ހަމަ އެންމެ މަގުބޫލު މާމުއި!

15 އޭޕްރީލް 2022 - 14:50 0

ބާޒާރުތަކާއި ފިހާރަތަކުން މިހާރު ނުފެންނަ އެއްޗަކީ ތާޒާ މަމުއި އޭގެ އަސްލު ސިފައިގަ އެވެ. އަބަދުވެސް ލިބެނީ ކޮންމެވެސް ކެމިކަލް މިކްސްޗާއެއް އަޅައި ކުލައަށް ބަދަލުގެނެސް ނުވަތަ ރަހަޔަށް ބަދަލުގެނެސްފައި ހުންނަ މާމުޔެވެ.

މާމުއި އޭގެ ހަގީގީ ޒާތުގައި ވިއްކާ ބްރޭންޑްތައް މަދުވެފައިވާއިރު، އެމްއެޗްއޭގެ ފުރިހަމަ ފޯކަސް އޮތީ އެފަދަ މަދު ބްރޭންޑްތަކުގެ ތެރެއިން އެއް ބްރޭންޑް އަލް ޝިފާއަށެވެ.

ފާއިތުވެދިޔަ 30 އަހަރު ވެސް މެދުކެނޑުމެއް ނެތި އެމްއެޗްއޭއިން ވަނީ އަލް ޝިފާގެ ފެންވަރު ރަނގަޅު މާމުއި ރާއްޖެ އެތެރެކޮށް ޑިސްޓްބިއުޓްކޮށްފަ އެވެ. އަދި މި މަހު، އެމްއެޗްއޭއިން ދަނީ އަލް ޝިފާ މާމުއި ހާއްސަވާ ސަބަބުތައް ކިޔައިދެމުންނެވެ.

ސައުދީ އަރަބިއްޔާގައި އުފައްދާ އަލް ޝިފާ މާމުއި އުފައްދާ ކުންފުންޏަކީ އެ މާމުއި ހޯދުމަށް ހާއްސަ ޓީމެއް އޮންނަ ބައެކެވެ. މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަތްފުނާ އަޅައިގެން އެ ޓީމުން ހޯދަނީ އެއީ އެންމެ ކޮލިޓީ މާމުއިކަން ކަށަވަރުކުރުމަށް ފަހު އެވެ.

މާމުއި އުފައްދަން މާމުއި ކުޅަނދުރު ގެންގުޅޭ ބީކީޕަރެއް އެ ޓީމުގެ ލޮލުގައި އަޅައިގަނެއްޖެނަމަ، އެ ބީކީޕަރެއް އަތުން އެޓީމު ވަގުތުން މަމުއި ގަތުމުގެ ބަދަލުގައި ކުރާ ކަމަކީ މާމުއި އޭނާ އުފައްދާ ގޮތާއި، ބޭނުންކުރާ އުކުޅުތައް، އެ ބީކީޕަރެއް ކައިރިއަށް ގޮސް ތަޖުރިބާކުރުމެވެ.

ނަތީޖާއަކީ އެ ބީކާޕަރެއްގެ އުފެއްދުމުގެ ކޮލިޓީ އެ ޓީމަށް ފަސޭހައިން ދެނެގަނެ ހިތްހަމަޖެހުމެވެ.

މާމުޔަކީ އާންމުކޮށް ބޮޑެތި ލަކުނޑި ބެރެލް ޑްރަމްތަކުގައި ރައްކާކުރާ އެއްޗެކެވެ. އެހެންކަމުން އެއީ ނަޖިސް ނުވަތަ އެހެން ކަހަލަ ޖަރާސީމެއް ވެސް އަށަގަނެދާނެ ތަނެއްކަން އަލް ޝިފާގެ ޓީމު ދަނެ އެވެ.

އެހެން ކަމުން ކޮންމެ ބެރެއް ވަކި ވަކިން އެފަދަ ނަޖިހެއް ހުރެދާނެތޯ އެޓީމުން ލެބޯޓަރީ ޓެސްޓުތަކެއް ވެސް ކުރެ އެވެ. އިތުބާރު ހޯދުމަށްޓަކައި އެ ޓެސްޓުތައް ކުރަނީ އެ ކުންފުންޏާ އެއްވެސް ގުޅުމެއް ނުވާ ޖަރުމަންވިލާތުގެ ވަކި ލެބޯޓަރީތަކަކުންނެވެ.

އެ ހުރިހާ މަރުހަލާއަކަށް ފަހު ބާޒާރު މަތިން އެޔަށްވުރެ ކޮލިޓީ ރަނގަޅު މާމުޔެއް ލިބޭނެކަމާމެދު ޝައްކެވެ.

އިންސާނުން މާމުއި އުފައްދައި ބޭނުންކުރާތާ ގާތްގަނޑަކަށް 8،000 އަހަރު ވެދާނެ އެވެ. މާމުޔަކީ ސިއްހީ ގިނަ މައްސަލަތަކަށް އެންމެ ރަނގަޅު އެއް ފަރުވާކަމަށް ގަަދީމީ ޒަމާނުއްސުރެން ވެސް ގަބޫލުކުރެވިފައިވެ އެވެ.

އެއީ ހިތުގެ ބަލި ވިޔަސް، ހަށިގަނޑުގެ ލޭ ދައުރުވުން އިތުރުކޮށްދިނުމަށް ވިޔަސް، ލޭގެ ކްލޮޓް އުފެދުމުން ރައްކާތެރިކުރުމަށްވިޔަސް، އެސިޑް ރިފްލަކްސްގެ މައްސަލައެއްވިޔަސް، ނުވަތަ އާދައިގެ ކެއްސުމާއި ޓޮންސިލް މައްސަލަތަކަށް ވިޔަސް، މާމުޔަކީ އެކަމެއް ފަސޭހަކޮށްދޭ އެއްޗެކެވެ.

ކެމިކަލްއާއި ކުލައިގެ ސަބަބުން ތައައްޔަރުވެފައިވާ އެއްޗަކަށްވުރެ، މިފަދަ މުހިންމު ފަރުވާއެއް ބޭނުންކުރަން ޖެހޭނީ އޭގެ އަސްލު ހަގީގީ ޒާތުގައެއް ނޫންތޯ؟