Advertisement

ހުޅުދުއްފާރު މަގު ހެދުމުގެ މަސައްކަތް އާރުޑީސީން ފަށައިފި

13 އޭޕްރީލް 2022 - 23:15 0


ހުޅުދުއްފާރު މަގު ހެދުމުގެ މަސައްކަތް އާރުޑީސީން ފަށައިފި

13 އޭޕްރީލް 2022 - 23:15 0

ރ. ހުޅުދުއްފާރު މަގު ހެދުމުގެ މަޝްރޫއު އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ހުޅުދުއްފާރުގެ މަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ފެށީ އެ ކަމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) އާއި އިސް ވެރިން ވަޑައިގެން، މަޝްރޫއުގެ އަމަލީ މަސައްކަތް އިފްތިތާހް ކޮށް ދެއްވި އެވެ.

ހުޅުދުއްފާރުގެ މައި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައި ވަނީ 88 މިލިއަން ރުފިޔާ އަށް، 390 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ. މި މުއްދަތަށް ބަލާއިރު އަންނަ އަހަރުގެ އޭޕްރީލް މަހު މަސައްކަތް ނިންމަންޖެހެ އެވެ.

މި މަޝްރޫއުގެ ދަށުން ހުޅުދުއްފާރުގެ ބޮޑު ހަ މަގެއްގައި 3.2 ކިލޯ މީޓަރުގެ މަގުގައި ތާރު އަޅައި މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް މަގު ބައްތި ހަރު ކުރާނެ އެވެ.

ތާރު އަޅާ މަގުތައް

1. ބޮޑުތަކުރުފާނު މަގު

2. އަމީނީ މަގު

3. އިސްކަންދަރު މަގު

4. ޖަމީލް މަގު

5. މަޖީދީ މަގު

6. ހާބަރު މަގު