ރޯދަމަހަށް ހާއްސަކޮށް "އަދަދު" އިން ގެނެސްދޭ "ގޮނޑި" ޕްރޮގްރާމްގެ ފުރަތަމަ އެޕިސޯޑުގެ ފޮޓޯ ޝޫޓްގެ ތެރެއިން: މި ޕްރޮގްރާމްގައި މެމްބަރު ފިއްޓޭ ގިނަ ވާހަކަތަކެއް ހިއްސާކުރި --- ފޮޓޯ: އަބްދުﷲ ޝަފީއު/އަދަދު
މިފަހަރު "އަދަދު" އިން ރޯދަމަހަށް ހާއްސަކޮށް ގެނެސްދޭ އެންމެ ތަފާތު އެއް ޕްރޮގްރާމަކީ "ގޮނޑި" އެވެ. މި ޕްރޮގްރާމަކީ އަދި މިހާތަނަށް ރާއްޖޭގައި ނަގާފައި ނުވާ ކޮންސެޕްޓަކަށް ޝޫޓުކޮށް ތައްޔާރުކުރި ޕްރޮގްރާމެކެވެ. ރޯދަ މަހުގެ ކޮންމެ ހަފްތާއެއްގެ ވެސް ހުކުރު ދުވަހު ގެނެސްދޭ މި ޕްރޮގްރާމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެގޮތުން، ޝޯގެ އެންމެ ފުރަތަމަ އެޕިސޯޑުގައި ސުވާލުތައް އަމާޒުކުރީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށެވެ. އޭނާއަށް ސުވާލުތައް އަމާޒުކުރީ އަމިއްލަ ދިރިއުޅުމާއި، ވަޒީފާ އާއި ކުރާ މަސައްކަތުގެ އިތުރުން ސިޔާސީ ދާއިރާ އިންނެވެ. އޭގެ ތެރެއިން ސިޔާސީ ދާއިރާއިން ކުރީ ސުވާލުތަކުގެ ތެރެއިން އެއް ޕަސެންޓު ސުވާލެވެ.
ސުވާލުގެ ބަޔަށް ފަހު ހާއްސަ ފޮޓޯ ޝޫޓެއް ވެސް ފިއްޓޭއާއެކު "އަދަދު" ގެ ޓީމުން ކުރިއަށް ގެންދިޔަ އެވެ. އެއީ ވެސް މި ޕްރޮގްރާމް ތަފާތުވާ އެއް ސަބަބެވެ. އެ ފޮޓޯ ޝޫޓުގައި ނެގި ފޮޓޯތައް ވެސް މި އާޓިކަލްގައި ހިމަނާލާނަމެވެ. ތިރީގައި ހިއްސާކޮށްފައި އެވަނީ މި ޝޯގެ އިންޓަވިއު ބައިގައި ކުރި ސުވާލުތަކަށް ފިއްޓޭ ދިން ޖަވާބުތަކެވެ.
އެއީ ވަރަށް ކުޑައިރު ފުޓްބޯޅަ ތެރެއިން އައިސްފައި އޮތް ނަމެއް. އޭގައި ދެ ކަމެއް އެބައޮތް. އެއީ ވެލެންސިއާގައި އެ ޒަމާނުގައި ކުޅުނު ވަރަށް ވަރުގަދަ ޑިފެންޑަރެއް ފިއްޓޭ ކިޔާ. އޭރު އެއީ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ފޯރިގަދަ ދުވަސްވަރު.
އޭރަކު ނުފެންނާނެ ރޮނާލްޑޯއެއް މެރަޑޯނާއެއް. ދިވެހި ކުޅުންތެރިން އޭރުގަ ބޮޑަށް ބަލައިގަންނަނީ. ދެން އޭނައަށް ވާން ވެގެން އެގޮތަށް ބޯކޮށައިގެން، 19 ނަންބަރު ޖަހައިގެން އުޅުނު އުޅުމުގެ ތެރޭގައި ފިއްޓޭ އަސްލުގަ ކީ.
އޭރު ހުންނާނީ ރަޝިއާގެ ދެ ކޯޗުން. ފުދޭ ވަރަކަށް ސްޓްރިކްޓު ވާނެ. ދެން ޓީމު ތެރޭގައި ސަކަރާތް ބޮޑުވުމާއި އެކަހަލަ ސަބަބުތަކާ ހުރެ، ގަތަރުގައި މުބާރާތް އޮތް ނަމަވެސް ކޭމްޕު ކުރީ ކުވެއިތުގައި. ދެން އެއީ ވަރަށް ޒުވާން އިރު. ފަސް ސްޓާ ލަގްޒަރީ ހޮޓާތަކުގެ މަޑުކުރަނީ. ދެން އެހެން ޖެހި ސަކަރާތެއްގެ ތެރެއިން ސަސްޕެންޝަނެއް އައީ. އޭގެ ކުރިން ފުލްކޮށް ކުޅެވިފަ ހުރީ.
ހަނދާނުގަ އެންމެ ބޮޑަށް އަސްލު ހުންނަނީ ވައިކަރަދޫ ޓީމު ޒޯނުގައި ކުޅުނުއިރު ވައިކަރަދޫގައި ފިނޭ އާ އެއްކޮށް ކުޅުނު މެޗު. އެ ދެން ވަރަށް ނުނެތޭނެ، ވައިކަރަދޫ ރައްޔިތުން ވެސް ހަނދާން ވާނެ އެ ގޯލު.
އެ ގޯލަށް ފަހު އަތާއި ފަޔާ ތިން ތަނުން ބިންދައިގެން ދިޔަ، އެއް ގޯލަށް ފަހު. ދެން ނަސީބަކުން ގޯލެއް. އެ އިންޖަރީއަށްފަހު ވަރަށް ގިނަ ދުވަހު ނުކުޅެ ހުރިން. ގާތްގަނޑަކަށް ދެ އަހަރު ފަހުން ރިކަވާ ވީ.
އެ ގޯލު މުހިންމުވީ އެ މެޗުން މޮޅުވެގެން އަޅުގަނޑުމެން ސެމީ ފައިނަލަށް ދިޔައީ. އެކަމަކު ސެމީގައި ބަލިވީ. އެއީ ފުރަތަމަ ވެސް ގޯލު ޒޯނުގައި، އަޅުގަނޑުމެން ކުޅުނު ފުރަތަމަ އަހަރުވެސްމެ. އެ އަހަރު ވައިކަރަދޫގައި އޮތީ ވަރަށް ވަރުގަދަ ޓީމެއް.
"ގޮނޑި" ޕްރޮގްރާމްގެ ފޮޓޯ ޝޫޓު ތެރެއިން ފިއްޓޭ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
އަސްލު އުމުރަކީ މިހާރު 49، މިވަނީ ޑިސެމްބަރުގައި. އޭރު އުމުރު ބަދަލުކުރި މީހުންގެ ތެރެއިން އަސްލު އުމުރަށް ރުޖޫއަ ނުވެވި ހުރީ އަޅުގަނޑު އެކަނި ކަންނޭނގެ. އެކަމުގެ މަސައްކަތް އެބަ ކުރަން. ލައްކަ ދުވަސް ވެއްޖެ.
ކުއްލިއަކަށް އެހެން ޖަވާބު ދޭން ތަންކޮޅެއް އުނދަގޫ ސުވާލެއް. އާންމުކޮށް ތި ދަތުރުތަކުގެ ތެރެއިން ރާއްޖޭގެ ހުރިހާ ރަށަކަށް ދެވުނު. އޭގެ ތެރެއިން ބައެއް ރަށްރަށުގައި މީހުން ނުވެސް އުޅޭ.
ދެން މީހަކާ ރައްޓެހި ވަންޔާ ރައްޓެހިވެފަ ހުންނާނީ އެހެން މަޑުކޮށްލާ ރަށްރަށުގައި. ބައެއް ޔޫތު ސެންޓަރުގައި އެހެން މަޑުކޮށްލާއިރު ހުރޭ އެކަހަލަ ކަންކަން ހިނގާފައި. އެއީ ދެން ވަރަށް ޒުވާން ދުވަސްވަރު ވެސް ވީމަ.
އޭރުގަ ދެން ހައްޔަރެއް ނުކުރާނެ. އޭރުގަ ދެން ކުރާނީ މަގުމަތީގައި މިހެން ރޭގަނޑު އުޅުނަސް ގެންދާނެ. ގެންގޮސް ބައިންދާނެ [ހެނދުނު] ހަޔެއް ޖަހަންދެން. ބައިންދާފަ ފޮނުވާލާނެ.
ހައެއްކަ ފަހަރު ގެންދާނެ އެކަމު ގެންދާ ގްރޫޕު އެންމެން ވެސް ނަން އަހާލީމަ އައިޑީ ކާޑު ޗެކެއް ނުކުރާނެ، ކޮން ނަމެއްތޯ ކިޔަނީ. ހަމައެކަނި އެ ގެންދަނީ މާ ބޮޑު ކަމެއް ކުރާތީއެއް ވެސް ނޫން. ރޭގަނޑު ހޭލާ އުޅޭތީ ވެސް ގެންދާނެ.
ކޮންމެ ކުއްޖަކު ގެންދިޔަސް ރައްޓެހި ކުއްޖެއްގެ ނަމެއް ބުނާނެ. ހަމަ ނަމެއް ދެނީ. އެހެން އުޅޭ 40 އަކަށް 50 އަކަށް ފަހަރު ނަން އުޅޭ.
އެއީ ކަންނޭނގެ އަސްލު މި ކާމިޔާބުގެ ސިއްރަކީ. ގިނަ ފަހަރު އެކަހަލަ ފޮޓޯ އެންމެ ހިނގަނީ. ގިނަ މީހުން ބަލަނީ. ދެން މިހާރު އޭގެ ފޮޓޯއެއް ނެތުމަކީ ވެސް ދެރައެއް.
ހަގީގަތުގައި އެ ފޮޓޯގައި ވާ ގޮތަކީ އެެއީ ޕީޕީއެމް ބައިބައި ވެގެން އައި އިރުގަ ރައީސް މައުމޫން ނެރޭނެ ޕީޕީއެމް އޮފީހުން. ނެރެފަ ޕޯޑިއަމް އާއި ގޮނޑިތަކާ ހުރީ މަގުމަތީގައި ބަހައްޓާފައި. އަޅުގަނޑު މަސައްކަތްކުރަނީ ހަވީރުގައި އޭރު. ހަބަރު ލިބޭނެ ވަގުތުން.
ދެން ޕޯޑިއަމް ބޭރުގައި ގޮސް ހުއްޓާ ނަގާފައި އިން ފޮޓޯއެއް އެއީ. މަގުމަތީގައި އެއީ. ފޮޓޯ ބަލާލީމަ ވެސް އިނގޭނެ މަގުމަތިކަން. ފަހުން ހުރި އެޑިޓުވެސް ކޮށްފައި ރަނގަޅަށް ހަދާފަ ޖަގަހަތަކަށް ވެސް ލާފައި. ދެން އެއީ ވަރަށް ރަނގަޅަށް ހިނގި ކަމެއް ކަމަށް މި ދެކެނީ.
މެމްބަރު ހުސައިން ޒިޔާދު. އޭނާގެ ބައެއް މުހިންމު ވާހަކަތައް "ގޮނޑި ޕްރޮގްރާމްގައި ހިއްސާކުރި --- ފޮޓޯ: އަބްދުﷲ ޝަފީއު(އަބޯ)
ނުވާނެ
ތަންކޮޅެއް ކުރިން ވަރަށް އާންމުކޮށް ކުރާ ކަމެއް އެއީ.
މުސާރަ އަބަދުވެސް ބޮޑުކަމަށް ދައްކާ ވާހަކައެއް އެއީ. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އަޅުގަނޑުމެން ރަށްރަށުގަ އުޅޭ މީހުންނަށް މިއީ އެންމެ ރަނގަޅު މުސާރަ ކަމަށް
އަދި ނެތް ވިސްނުމެއް. ވަރަށް ސާފުކޮށް ނުފެންނާނެ ކަމަށް މި ބަލަނީ. އެމްޑީޕީ ދޫކޮށްފައި ޕާޓީއަކަށް ނުދާ ގޮތަށް މިހުރީ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment