Advertisement

ވޭމަންޑޫ-ކިނބިދޫ ކޯޒްވޭ އަޅަން އެލާ ސަރުކާރަށް ނަގައިފި

4 އޭޕްރީލް 2022 - 12:37 3

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ތ. ވޭމަންޑުއާއި އެއަތޮޅު ކިނބިދުއާ ދެމެދު އޮންނަ އެލާ. ދެރަށް ގުޅާލާ ކޯޒްވޭ އަޅަން އެލާ ވަނީ ނަގާފައި.


ވޭމަންޑޫ-ކިނބިދޫ ކޯޒްވޭ އަޅަން އެލާ ސަރުކާރަށް ނަގައިފި

4 އޭޕްރީލް 2022 - 12:37 3

ތ. ވޭމަންޑުއާއި އެއަތޮޅު ކިނބިދޫ ގުޅައިލާ ކޯޒްވޭ އަޅަން އެ ދެރަށް ދެމެދުގައި އޮތް ފަޅުރަށް، އެލާ ނަގާފަައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ރިސޯޓެއް ހަދަން ވިލާ ގްރޫޕަށް ދޫކޮށްފައިވާ އެލާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނެގުމުން، އެ މައްސަލަ ކޯޓަށް ވައްދައިގެން، ސުޕްރީމް ކޯޓުން ވެސް އެ މައްސަލަ ނިންމީ ވިލާ ގްރޫޕާ އެއްކޮޅަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ރިސޯޓް ހަދަން ތ. އަތޮޅުން ދޫކޮށްފައިވާ ރަށްތަކުގައި ރިސޯޓް ހަދަން އިތުރު ތިން އަހަރު ދީފައިވާ ކަމަށެވެ. އެއަށް ފަހު އެ ރަށްތަކުގެ ލިސްޓް ވިދާޅުވި އެވެ.

"ތ. ކިނބިދުއާ ތ. ވޭމަންޑުއާ ދެމެދުގައި އޮންނަ އެލާ އަކީ ކޯޒްވޭ އެޅުމަށް ސަރުކާރުން މިހާރު ނިންމަވާފައިވާ ރަށެއް،" މައުސޫމް ވިދާޅުވި އެވެ.

ވިލާއަށް ދޫކޮށްފައިވާ އެ ރަށު ތެރެއިން ލާފާފައި ކޯޒްވޭ އަޅަނީ، އެ އަށް ފަހުގައި ވެސް ރިސޯޓް ހިންގާ ގޮތަށް ކަަމެއް، ނުވަތަ ވޭމަންޑޫ މީހުންނާއި ކިނބިދޫ މީހުން ކުރިން އެދުނު ގޮތަށް، އެލާއިން އެ ދެރަށު މީހުންނަށް ގޯތި ދޫކުރާ ގޮތަށް ކަމެއް އަދި ނޭނގެ އެވެ.

މައުލޫމާތު އެނގޭ މީހަކު "އަދަދު"އަށް ބުނި ގޮތުގައި އެލާ ސަރުކާރަށް ނެގީ ވިލާއާ އާ އެކު ވެފައިވާ ސެޓުލްމެންޓް ގްރިމެންޓެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ ދަށުން އެލާގެ ބަދަލުގައި އެ ކުންފުންޏަށް ދޫކުރާނީ ކޮންތަނެއްކަމެއް އަދި ނޭނގެ އެވެ.

ވޭމަންޑުއާއި ކިނބިދޫ ގުޅާލާ ކޯޒްވޭގެ މަސައްކަތް މިއަހަރަށް އޮތީ ބަޖެޓްކޮށްފަ އެވެ. އެ މަޝްރޫއަށް މިއަހަރަށް ކަނޑައަޅާފައި އޮތީ 1.09 މިލިޔަން ރުފިޔާ އެވެ.