Advertisement

"ކަނޑޫދޫ މިރުސް" ބްރޭންޑެއްގެ ގޮތުގައި އުރީދޫން ތައާރަފުކޮށްފި

31 މާރިޗު 2022 - 22:23 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

އުރީދޫން ތައާރަފުކުރި ކުޅި މިރުސްތައް މީހުން ބަލާލަނީ -- ފޮޓޯ: އުރީދޫ


"ކަނޑޫދޫ މިރުސް" ބްރޭންޑެއްގެ ގޮތުގައި އުރީދޫން ތައާރަފުކޮށްފި

31 މާރިޗު 2022 - 22:23 0

މިފަހަރު އުރީދޫ މޯލްޑިވްސްއިން ތަފާތު މި ދެއްކީ، ކުންފުނިތަކުން ރޯދައަށް އާންމުކޮށް ކޮށް އުޅޭ ފާޑުގެ ކަންކަމާ ދުރުވެލައި، އެ ވާހަކަ އަކާއި ފައިދާއެއް ދިގު ދެމިގެންދާނޭ ކަމަކުންނެވެ. އުރީދޫގެ "ރޯދަ ހަދިޔާ" މި ފަހަރު ތަފާތެވެ.

ކަނޑޫދޫ މިރުސް ބްރޭންޑް އުފެއްދުމުގެ އިތުރުން، ރޯދަ ހަދިޔާއެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް އިން ވަނީ އެންޒީއާ އެކު ކަނޑޫދޫ މިރުސް ބޭނުންކޮށްގެން ހާއްސަ ހޮޓް ސޯސްއެއް ވެސް ތައާރަަފްކޮށްފަައެވެ. މި ހޮޓް ސޯސްގެ ބާވަތްތަަައް ތަައްޔާރުކުރެވިފަައިވަނީީ ކުޅިރަަހަަަ މަަޑުކޮށް ކާ މީހުންނަަށްވެސް އަދި އެންމެ ކުޅިކޮށް ކާ މީހުންނަށްވެސް ކަމުދާނެހެންނެވެ. ކަނޑޫދޫ މިރުސް ހޮޓް ސޯސް ބަައްލަަވަައިގަންނަން ބޭނުންވާ ފަރާާާތްތަަކަަަށް ކަަަނޑޫދޫ މިރުސް ވެބްސަަައިޓް އަަދި އީ ކޮމާސް ޕްްލެޓްފޯމް މޫލީ މެދުވެރިކޮށް ބަަަަައްލަވަަިގަަނެވޭނެ އެވެ.

އުރީދޫގެ ސީއީއޯ، ކަނޑޫދޫގެ ކައުންސިލްގެ ރައީސް ނީހާނަށް މީޑިއާ ކިޓް ހަވާލުކޮށް ދެއްވަނީ


"މިއަހަރުގެ ރަމަޟާން މަހަށް އަަޅުގަަނޑުމެންް މިވަަަނީ ކަނޑޫދޫ ކައުންސިލާއި ގުޅިގެން ދިވެހި އުފެއްދުމެއްކަަމަަށް ވާ ކަނޑޫދޫ މިރުހުގެ ނަން އިތުރަށް ވަަރުގަދަަަކޮށް ރާއްޖެ އާއި ބަައިނަަަަލްއަގްވާާމީ މާކެޓުތަކުގަައި ޕްރޮމޯޓްކުރުމަށް ހާއްްސަ ބްްްރޭންްޑްއެއްް ގާާއިމްކޮށްފަ." އުރީދޫގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ޙަމާދީ ވިދާޅުވިއެވެ.

އަަޅުގަނޑުމެންގެ މައިގަނޑު މަގްސަދަަކަށްވީ ކަަނޑޫދޫގައި ހެދޭ މި ހާާއްސަ މިރުހުގެ ފުރިހަަމަަަ މަަންފާާ ރަަށުގެ ރައްޔިތުންނަަށް ހޯދުމުގެ ފުރުސަަތުތަަކާއެކު ރަށުގެ އިގްތިސާާދީ އަދި އިޖްތިމާއީ ކުރިއެރުން ފަހިކޮށްދިނުން. މި ޕާޓްނަރޝިޕާާއެކު ކުރިއަަށް އޮތް ތަަނުގަައިވެސް ކަނޑޫދޫ ރައްޔިތުންނާާއެކު މި ބްރޭންޑް އިތުރަށްް ކުރިއެރުވުމުގައި ދެމިތިބޭނެ ކަަމުގެ ޔަަގީންކަންް އަަރުވަން."

ކުޅިކަން ގަދަ، ރަހަ މީރު ކަނޑޫދޫ މިރުސް ވިޔަފާރި ބްރޭންޑެއް އުފެއްދައި މިއަދު ވަނީ ތައާރަފުކޮށްފަ އެވެ. ކަނޑޫދޫ މިރުސް ބްރޭންޑް ގައިޑްލައިންސް އާއި ހާއްސަ ލޯގޯ އާއި ވެބްސައިޓެއް ހިމެނޭ ގޮތަށް އުރީދޫއިން ބްރޭންޑެއް ގާއިމްކޮށް ދިނީ ކަނޑޫދޫގެ ރައްޔިތުން އާ ފުރުސަތުތަކާއި، އިޖުތިމާއީ އަދި އިގްތިސޯދީ ކުރިއެރުމާ ގުޅުވާލަދިނުމުގެ މަގްސަދުގައި ކަމަށް އުރީދޫއިން ބުންޏެވެ.

މި ރަސްމިއްޔާތުގައި އެލްޖީއޭގެ ރައީސް އަފްޝަން ލަތީފް ވިދާޅުވީ އުރީދޫ އާއި ކަނޑޫދޫ ކައުންސިލާއެކު ފެށި ކެމްޕޭނަށް އެލްޖީއޭ އިން މަރުހަބާ ކިޔާ ކަމަށެވެ. އަދި، ކައުންސިލްތަކުގެ އާމްދަނީ އާއި މުޖުތަމައުއަށް ފައިދާ ލިބޭ މިފަދަ ކެމްޕޭންތައް ކުރިޔަށްދާތީ އުފާކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން


"ވަރަށް އުފާވޭ މިކަހަލަ ލޯކަލް ބްރޭންޑްތަކެއް ކުރިއަރައިގެންގޮސް ރަށަށް އެކަމުގެ ފައިދާވާނެ ކަހަލަ ޕްރޮގްރާމްތަކެއް [އުރީދޫން) ފެއްޓެވީމަ،" އަފްޝަން ވިދާޅުވި އެވެ.

"ކަނޑޫދޫ މިރުސް" އަކީ ކަނޑޫދޫ ކައުންސިލަށް ދޭ ރޯދަ ހަދިޔާއެއްގެ އިތުރުން މުޅި ރާއްޖެއަށް ވެސް މިސާލެއްގެ ގޮތުގައި ދެވޭ ރޯދަ ހަދިޔާއެއްގެ ގޮތުގައި އަފްޝަން ސިފަކުރެއްވި އެވެ.

ކަނޑޫދޫ ކައުންސިލްގެ ރައީސް އަހުމަދު ރީހާން ވިދާޅުވީ އެ ރަށުގެ ދަނޑުވެރިން ކުރާ ބުރަ މަސައްކަތަކީ ދުލަކުން ގަލަމަކުން ޝުކުރު އަދާނުކުރެވޭނެ ވަރުގެ މަސައްކަތެއް ކަމަށެވެ.

"އުރީދޫ ފަދަ މަލްޓިނެޝަނަލް ކުންފުންޏެއްގެ އިސްނެންގެވުމުގެ މަތިން ބްރޭންޑެއްގެ ގޮތުގައި ކަނޑޫދޫ މިރުސް ޕްރޮމޯޓު ކުރުމުގެ ކެމްޕޭނެއް ކުރިޔަށްގެންދިޔުމަށް ކަނޑުދޫ ކައުންސިލަށް ހުށަހެޅި ހުށަހެޅުމަކީ އަޅުގަނޑުމެންނަށް ހައިރާންކަން ގެނުވި ކަމެއް. އެކަމަށްޓަކައި ކަނޑޫދޫ ކައުންސިލާއި ކަނޑޫދޫ ރައްޔިތުންގެ އުރީދޫއަށް ޝުކުރު އަދާކުރަން،" އޭނާ ވިދާޅުވި އެވެ.

މިއަދު ލޯންޗުކުރި ކަނޑޫދޫ މިރުހުގެ ވެބްސައިޓުގައި އެ މިރުހާއި ގުޅޭ ތަފާތު މައުލޫމާތާއި، ކަނޑޫދުއާ ބެހޭ މައުލޫމާތާއި މިރުސް ވިއްކުމަށްޓަކައި އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އަކަށް ވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.