Advertisement

ގައުމި ޔުނިވާސިޓީން 12 ދަރިވަރަކަށް ސްކޮލާޝިޕް ދޫކޮށްފި

31 މާރިޗު 2022 - 14:55 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ގައުމީ ޔުނިވާސިޓީން ސްކޮލާޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން؛ އެ ޔުނިވާސިޓީން ވަނީ ޖުމްލަ 12 ދަރިވަރަކަށް ސްކޮލާޝިޕް ދޫކޮށްފަ. ފޮޓޯ: އެމްއެންޔޫ


ގައުމި ޔުނިވާސިޓީން 12 ދަރިވަރަކަށް ސްކޮލާޝިޕް ދޫކޮށްފި

31 މާރިޗު 2022 - 14:55 0

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން 12 ދަރިވަރަކަށް ސްކޮލާޝިޕް ދޫކޮށްފި އެެވެ.

ގައުމީ ޔުނިވާސިޓީން ސްކޮލާޝިޕަށް އެދެން ހުޅުވާލީ ޖުމްލަ 24 ފުރުސަތެކެވެ. އެ ސްކޮލާޝިޕްތަކަށް ޖުމްލަ 222 ދަރިވަރަކު ކުރިމަތިލިއިރު، އޭގެ ތެރެއިން ސްކޮލާޝިޕް ދޫކޮށްފައި ވަނީ ޝަރުތު ފުރިހަމަވާ 12 ދަރިވަރަކަށެވެ.

އެ ޔުނިވާސިޓީން ދޫކުރި ސްކޮލާޝިޕްތަކުގެ ތެރޭގައި ފުރަތަމަ ޓާމުގައި އަލަށް ކޯސްތަކަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ތިން ގިންތިއަކުން ދޫކުރި ސްކޮލާޝިޕްތައް ހިމެނެ އެވެ. އެއީ ޓިއުޝަން ފީ ހިލޭ ސްކޮލާޝިޕް، އަންޑަގްރެޖުއޭޓް ސްކޮލާޝިޕް އަދި ޕޯސްޓް ގްރެޖުއޭޓް ސްކޮލާޝިޕްގެ ގިންތި އެވެ.

އެ ތިން ގިންތީގެ ތެރެއިން ޓިއުޝަން ފީ ހިލޭ ސްކޮލާޝިޕްތަކަށް އެދި ޖުމްލަ 111 ދަރިވަރަކު ހުށަހެޅި އެވެ. އަންޑާގްރެޖުއޭޓް ސްކޮލާޝިޕްތަކަށް 73 ދަރިވަރަކު ކުރިމަތިލި އެވެ. އަދި، ޕޯސްޓް ގްރެޖުއޭޓް ސްކޮލާޝިޕްތަކަށް 38 ދަރިވަރަކު ކުރިމަތިލި އެވެ.

ޔުނިވާސިޓީ ސްކޮލާޝިޕް ސްކީމްގެ މައުލޫމާތު

ޔުނިވާސިޓީގެ ދަރިވަރުންގެ ސްކޮލާޝިޕަކީ ޔުނިވާސިޓީ ކައުންސިލުން އިން ތައާރުފު ކޮށްފައިވާ، ތައުލީމު އިހުތިފާލު ކުރުމާއި ތޫނުފިލިކަން ހުރެ މަތީ ފެންވަރަށް ކިޔެވުމަށް ދަތިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ދެވޭ ސްކޮލަރޝިޕެކެވެ.

އެ ސްކީމް އަކީ ޔުނިވާސިޓީ ކައުންސިލުން އިން ތައާރުފުކުރި ސްކީމެކެވެ. މި ސްކޮލާޝިޕް ސްކީމްގެ ހަރަދު ހަމަޖައްސަނީ ޔުނިވާސިޓީ އަށް ލިބޭ އާމްދަނީ އިންނެވެ.

އޭގެ އިތުރުން ވެސް ގައުމީ ޔުނިވާސިޓީން ކުރިޔަށް އޮތް ތަނުގައި ޝަހީދު އެވޯޑު ސްކޮލާޝިޕްތަކަށް ވެސް ހުޅުވާލާނެ ކަމަށް އެ ޔުނިވާސިޓީން ބުނެ އެވެ.

އެ ސްކޮލާޝިޕްތަކަކީ ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އަވަހާރަވި ޝަހީދުންގެ ޒިކުރާ އާކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1999 ވަނަ އަހަރުން ފެށިގެން ގައުމީ ޔުނިވާސިޓީގެ ހަތަރު ފެކަލްޓީއަކުން ދޭ ސްކޮލާޝިޕްތަކެކެވެ.

އެ ސްކޮލާޝިޕްތައް ދެނީ ޔުނިވާސިޓީގައި ހިންގާ އެންމެ މަތީ ފެންވަރުގެ ކޯހުގެ ތެރެއިން ފުރަތަމަ ޓާމުގައި އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރާ ދަރިވަރުންނަށެވެ.