Advertisement

ގެލެކްސީ އެސް22ގެ ފޯންތައް މެކްސްކޮމްއިން ވިއްކަން ފަށައިފި

16 މާރިޗު 2022 - 12:26 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސުޕަމާކެޓްގައި ހުރި މެކްސްކޮމްގެ ފިހާރައިގައި ވިއްކަން ހުރި އެސް22 ސީރީޒްގެ ފޯން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ގެލެކްސީ އެސް22ގެ ފޯންތައް މެކްސްކޮމްއިން ވިއްކަން ފަށައިފި

16 މާރިޗު 2022 - 12:26 0

ސެމްސަންގެ އެންމެ ފަހުގެ ފޯނު، ގެލެކްސީ އެސް22ގެ ފޯންތައް، ސެމްސަންގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު އަދި އޮތޮރައިޒްޑް ސާވިސް ސެންޓަރު، މެކްސްކޮމް ޓެކްނޮލޮޖީސްއިން ރޭ ވިއްކަން ފަށައިފި އެވެ.

ޗާންދަނީ މަގާއި ފަރީދީ މަގުގައި ހުންނަ މެކްސްކޮމް ފިހާރައިގެ އިތުރުން، އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ހުންނަ މެކްސްކޮމްއިން ވެސް އެސް22ގެ ސީރީޒްގެ ފޯނުތައް ލިބޭނެ އެވެ.

އެސް22 ސީރީޒްގެ ފޯނުތައް ވިއްކާ އަގުތައް

  • ގެލެކްސީ އެސް22 256ޖީބީ (ފެންޓަމް ބްލެކް) - 19،500ރ.
  • ގެލެކްސީ އެސް22 ޕްލަސް 256ޖީބީ (ބްލެކް، ގްރީން، ޕިންކް ގޯލްޑް) - 23،450ރ.
  • ގެލެކްސީ އެސް22 އަލްޓްރާ 256ޖީބީ (ބްލެކް، ވައިޓް، ގްރީން، ބާގަންޑީ) - 28،900ރ.
  • ގެލެކްސީ އެސް22 އަލްޓްރާ 512ޖީބީ (ބްލެކް، ވައިޓް، ގްރީން، ބާގަންޑީ) - 32،500ރ.

މި ފޯނުތައް ބީއެމްއެލް އިސްލާމިކް، ބީއެމްއެލް އީޒީ ޕޭ، އެމްއެފްއެލްސީ، އަދި އިސްލާމިކް ބޭންކްގެ އިތުރުން އިންސްޓޯލްމަންޓް ސްކީމްތައް މެދުވެރިކޮށް ވެސް ނެގޭނެ އެވެ.

ޕްރީއޯޑަ ކުރި ފަރާތްތަކަށް ވެސް ފޯނު ދޫކުރަން ފަށާފައިވާ ކަމަށް މެކްސްކޮމްގެ މެނޭޖަ މާކެޓިން އެންޑް ސޭލްސް މުހައްމަދު އާތިފް ވިދާޅުވި އެވެ.

"ވަރަށް ބޮޑު ތަރުހީބެއް އެބަ ލިބޭ،" އޭނާ ވިދާޅުވި އެވެ.

ޕްރީއޯޑާ ކުރާ މީހުންނަށް އެއް އަހަރު ދުވަހުގެ އޮފިޝަލް ވޮރަންޓީ އާއި ސްމާޓް ކަވަރެއްގެ އިތުރުން ގެލެކްސީ ބަޑްސް 2 ލިބޭނެ ކަމަށް މެކްސްކޮމްއިން ބުނެ އެވެ.