Advertisement

މުދިމު ގަޔަށް ވަޅި ހެރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

14 މާރިޗު 2022 - 15:29 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ދިޔަމިގިލީގައި އެ ރަށު މުދިމު ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ--


މުދިމު ގަޔަށް ވަޅި ހެރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

14 މާރިޗު 2022 - 15:29 0

ތ. ދިޔަމިގިލީ މިސްކިތު މުދިމުގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލި މައްސަލާގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

އިއްޔެ ހެނދުނު ހިނގި އެ ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކުރީ އެ ހާދިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މަޑިފުށި މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ތ. ދިޔަމިގިލީ މަސްޖިދުލް އަމާނާތުގެ މުދިމަކަށް މީގެ ތިން ދުވަސް ކުރިން ހަމަޖެއްސި އުމުރުން 55 އަހަރުގެ އަހްމަދު ރަޝީދު މުހައްމަދަށް ވަޅިން ހަމަލާ ދިނުމުގެ ސަބަބުން އޭނާ އިއްޔެ މާލެ ގެނެސް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ.

އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނައިރު، ސޯޝަލް މީޑިއާގައި އިއްޔެ ވަނީ ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފަ އެވެ. އެ ވީޑިއޯގައި ހަމަލާ ދެނީ މަގުމަތީގައި ދެ މީހުން ވާހަކަ ދައްކަން ތިބެފަ އެވެ.

ހަމަލާ ދޭއިރު މުދިމު އިންނަނީ ބައިސްކަލެއްގެ މަތީގައި މަޑުކޮށްލައިގެން ވާހަކަ ދައްކާށެވެ. އެއަށްފަހު ކުއްލިއަކަށް ފެންނަނީ ވާހަކަ ދައްކަން ހުރި މީހާ މުދިމު ގަޔަށް ވަޅި ހަރާތަނެވެ. މުދިމުގެ ކަނދުރާމަތިން ބުރަކަށްޓަށް ފަސް ވަރަކަށް ފަހަރު ވަޅި ޖެހުމަށް ފަހު ދާން އުޅެފައި އަނެއްކާ އަނބުރާލާފައި ގޮސް ކައިރިވެ މޭ މައްޗަށް ވަޅި ޖަހަން އުޅޭތަން ފެނެ އެވެ.

ދެން އަނެއްކާވެސް މުދިނުމުގެ ބުރަކަށި މައްޗަށް ފަސް ވަރަކަަަަށް ފަހަރަށް ވަޅި ޖަހަ އެވެ. އެއަށްފަހު އޭނާ މުދިމު ދޫކޮށް ދަމުން ކައިރީގައި ވެލި އަޅާފައި ހުރި ބޮޑު ގޯންޏެއްގައި ވަޅީގައި ހޭކިފައި ހުރި ލޭތައް ފޮހެލަ އެވެ.