Advertisement

ޖަލު ހުކުމް ތަންފީޒު ކުރުމުން އަސްހަދު މިނިވަންކޮށްފި

6 މާރިޗު 2022 - 12:03 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓެޓް މިނިސްޓަރު އަޝްހަދު އަލީ: އޭނާ ވަނީ ޖަލު ހުކުމަށްފަހު އިއްޔެ މިނިވަންވެފަ -- ފޮޓޯ: އަދަދު ފައިލް


ޖަލު ހުކުމް ތަންފީޒު ކުރުމުން އަސްހަދު މިނިވަންކޮށްފި

6 މާރިޗު 2022 - 12:03 0

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ފުރުމަށް ޖާމިނުވި މައްސަލައިގައި ކޯޓުގެ އެންގުމާ ހިލާފުވެ, ކޯޓުގެ ހުރުމަތް ކަނޑާފައިވާކަން ސާބިތުވެ ޖަލަށްލި ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ޖަލު ހުކުމް ތަންފީޒުކޮށް ނިންމައި މިނިވަން ވެއްޖެ އެވެ.

ހުކުމް ތަންފީޒުކޮށް ނިމުމުން އަސްހަދު ޖަލުން މިނިވަންކޮށްފައިވާކަން ކަރެޝަންސްގެ ފަރާތުން މި ނޫހަށް ކަށަވަރުކޮށްދިނެވެ.

އެ މައްސަލައާއި ގުޅިގެން އަސްހަދު ޖަލަށްލީ ފެބްރުއަރީ 19 އޭނާ އަމިއްލައަށް ކަރެކްޝަންސްއާ ހަވާލުވުމުންނެވެ. އޭގެ ފަހުން އަސްހަދު ދިޔައީ އޭނާގެ މައްޗަށް އިއްވި 15 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކުރަމުންނެވެ.

އަލީ ވަހީދުގެ މައްސަލައިގައި އަސްހަދުގެ މައްޗަށް ކޯޓުގެ ހުރުމަތް ކެނޑިކަން ސާބިތުވިއިރު އޭނާ ހުރީ އިނގިރޭސިވިލާތުގަ އެވެ. އެ މައްސަލަ ސާބިތުވެ އަސްހަދުގެ މައްޗަށް ހުކުމް އިއްވީ ފެބްރުއަރީ 2، ގަ އެވެ. ހުކުމް އިއްވިއިރު އިނގިރޭސިވިލާތުގައި ހުރި އަސްހަދު އެނބުރި ރާއްޖެ އައީ ފެބްރުއަރީ 19، ގަ އެވެ.

އެ ހުކުމް އަސްހަދުގެ މައްޗަށް ސާބިތުވުމާއެކު ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން އޭނާ ވަކި ކުރި އެވެ. ހުކުމް އިއްވި ވަގުތު އަސްހަދު ހުރީ އިނގިރޭސިވިލާތުގަ އެވެ.