Advertisement

ޓީ10 ކްރިކެޓް: ކޮމެޓްސް، ސީބީއެލް، މިލާން އަދި މާލެ ސްޕޯޓްސް ސެމީ އަށް

6 މާރިޗު 2022 - 08:14 0

އިއްޔެ ކުޅުނު މެޗުގެ ތެރެއިން މިލާން ކުޅުންތެރިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ޓީ10 ކްރިކެޓް: ކޮމެޓްސް، ސީބީއެލް، މިލާން އަދި މާލެ ސްޕޯޓްސް ސެމީ އަށް

6 މާރިޗު 2022 - 08:14 0

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން މިހާރު ކުރިއަށްގެންދާ ފުރަތަމަ ޓީ10 ކްރިކެޓް މުބާރާތުގެ ސެމީ ފައިނަލުން ސީބީއެލް، މާލެ ސްޕޯޓްސް ކްލަބް، މިލާން ކްރިކެޓް އެކެޑަމީ އަދި ކޮމެޓްސް ސްޕޯޓްސް ކްލަބް ފުރުސަތު ހޯދައިފި އެވެ.

ސެމީގެ ޖާގަތައް ޓީމުތަކުން ކަށަވަރުކުރީ އިއްޔެ ހެނދުނާއި ހަވީރު ކުޅުނު ކުއާޓާ ފައިނަލް މެޗުތަކުން މޮޅުވެގެންނެވެ.

ކުއާޓާގެ ފުރަތަމަ މެޗުގައި ވިޔަންސާއާ ބައްދަލުކޮށް ސީބީއެލް މޮޅުވީ 6 ވިކެޓުންނެވެ. ފުރިހަމަ ރެކޯޑަކާ އެކު ގްރޫޕް ސްޓޭޖު ނިންމާލި ވިޔަންސާ ކުއާޓާގައި އިއްޔެ ކުޅުނު މެޗުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 53 ލަނޑެވެ. ޖަވާބުގައި ސީބީއެލް އިން ކުޅެން އަރައި 8.3 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 54 ލަނޑު ހަދައި މެޗުން މޮޅުވީ އެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކީ ސީބީއެލްގެ ސާޒް ހަބީބް އެވެ.

ދެ ވަނަ މެޗުގައި މާލޭ ވެޓްރަންސްގެ މައްޗަށް މާލޭ ސްޕޯޓްސް އިން ކުރިހޯދީ 24 ލަނޑުންނެވެ. މާލޭ ސްޕޯޓްސް އިން 10 އޯވަރު ތެރޭގައި 8 ކުޅުންތެރިން ނުބައިވެގެން 105 ލަނޑު ހެދި އެވެ. މާލޭ ވެޓްރަންސް އަށް 10 އޯވަރުގެ ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 81 ލަނޑެވެ. އެންމެ މޮޅު ކުޅުންތެރިޔާ މާލެ ސްޕޯޓްސްގެ މެހެންދި ހަސަން އެވެ.

މިލާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ވެސްޓް ސްޕޯޓްސްގެ ކުޅުންތެރިއަކު ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


މެންދުރު ފަހު ކުޅުނު ތިން ވަނަ ކުއާޓާ ފައިނަލް މެޗުގައި ވެސްޓް ސްޕޯޓްސް ކްލަބާ ކުޅެގެން މިލާން ކްރިކެޓް އެކަޑަމީ ކާމިޔާބުކުރީ އަށް ވިކެޓުންނެވެ. ވެސްޓުން ކުޅެން އަރައި 10 އޯވަރުގެ ތެރޭގައި 6 ކުޅުންތެރިން ނުބައިވެގެން ހެދުނީ 49 ލަނޑެވެ. ޖަވާބުގައި މިލާން ކްރިކެޓް އެކަޑަމީން ކުޅެން ނުކުމެ، 5.5 އޯވަރުގެ ތެރޭގައި އެންމެ ކުޅުންތެރިއެއް ނުބައިވެގެން 50 ލަނޑު ހަދައި މެޗުން މޮޅުވީ އެވެ. އެންމެ މޮޅު ކުޅުންތެރިއަކީ މިލާން ޓީމުގެ މުހައްމަދު އައްޒާމް އެވެ.

ކުއާޓާގެ ފަހު މެޗުގައި އޮއްފު އެފްސީގެ މައްޗަށް ކޮމެޓްސް އިން ކުރިހޯދީ 17 ލަނޑުންނެވެ. ކޮމެޓްސް އިން ކުޅެން އަރައި 10 އޯވަރު ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 76 ލަނޑު ހަދައިފަ އެވެ. އޮއްފުން ކުޅެން ނުކުމެ 10 އޯވަރުގެ ތެރޭގައި 9 ކުޅުންތެރިން ނުބައިވެގެން ވަނީ 59 ލަނޑު ހަދައިފަ އެވެ. އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކޮމެޓްސްގެ އަލީ ރާފިލް އެވެ.

މުބަރާތުގެ ދެ ސެމީ ފައިނަލާއި ފައިނަލް މެޗު ކުޅޭނީ އަންނަ ހަފްތާގެ ހުކުރާއި ހޮނިހިރު ދުވަހު އެވެ. ފުރަތަމަ ސެމީގައި ހުކުރު ދުވަހު ހެނދުނު ސީބީއެލް އާއި ކޮމެޓްސް ކުޅޭއިރު، އެ ދުވަހު މެންދުރު ފަހު ދެ ވަނަ ސެމީގައި ބައްދަލުކުރާނީ މިލާން ކްރިކެޓް އެކަޑަމީ އާއި މާލޭ ސްޕޯޓްސް ކްލަބެވެ. ފައިނަލް މެޗު އޮންނާނީ ހޮނިހިރު ދުވަހު އެވެ.