Advertisement

ވިލާ ގޭހުގެ ހިޔާ ޕްރޮމޯޝަން އަދިވެސް ކުރިޔަށް، ފުރުސަތު ނަގާނުލާ

1 މާރިޗު 2022 - 12:28 0

އަމަން ހަލީމް

އަމަން ހަލީމް

ވިލާ ގޭހުން ވިއްކާ ގޭސް ފުޅިތައް: މިހާރު ވިލާ ގޭހުން ވެސް ގެންގުޅެނީ ލުއިފުޅި. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


ވިލާ ގޭހުގެ ހިޔާ ޕްރޮމޯޝަން އަދިވެސް ކުރިޔަށް، ފުރުސަތު ނަގާނުލާ

1 މާރިޗު 2022 - 12:28 0

ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ހާއްސަކޮށްގެން ވިލާ ހަކަތައިން މިދިޔަ އަހަރު ފެށި "ވިލާ ގޭސް ހިޔާ ފްލެޓު ލަކީ ޑްރޯ" އަދިވެސް ކުރިޔަށްދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ހިލޭ ގޭސް ފުޅި ލިބޭ ގޮތަށް ހިންގާ މި ޕްރޮމޯޝަން ހާއްސަކޮށްފައި ވަނީ ހިޔާ ފްލެޓުގައި ދިރިއުޅޭ މީހުންގެ ތެރެއިން މަދުވެގެން ހަ މަސް ދުވަސް ވަންދެން ވިލާ ގޭސް އޯޑަރުކޮށް، ފައިސާ ދައްކާ މީހުންނަށެވެ.

މި ޝަރުތުތައް ފުރިހަމަވާ ކަސްޓަމަރުންގެ މެދުގައި ހާއްސަ ލަކީޑްރޯއެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މި ލަކީޑްރޯގެ އިނާމަކީ ހަ މަސް ދުވަހުގެ ފްލެޓް މެއިންޓެނަންސް ފީ ކަމުގައިވާ 6000ރ. އެވެ. އެގޮތުން ހިޔާގެ ކޮންމެ ޓަވަރަކުން ނަސީބުވެރި އެކަކަށް އިނާމު ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މިހާތަނަށް ވެސް ރަނގަޅު ތަރުހީބެއް ލިބެމުން އަންނަ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އެކަމަށް ހާއްސަކޮށްފައިވާ ފޯމަކުންނެވެ.

ވިލާ ހަކަތައިން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ މިފަދަ ޕްރޮމޯޝަންތައް ބާއްވައިގެން ކަސްޓަމަރުންނަށް ލުއި ގޮތްތަކެއް ހޯދައި ދިނުން ކަމަށެވެ. އަދި ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ހިދުމަތްތައް ބައްޓަންކޮށް އިތުރު ފުރިހަމަކަމާ އެކު ގިނަ ފައިދާތަކެއް ލިބިދޭ ގޮތަށް ޕްރޮޑަކްޓުތައް ފަރުމާކުރާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން އެރުވި އެވެ.