Advertisement

22.2.22 ގައި މާލޭގައި 85 ކައިވެނި

21 ފެބުރުވަރީ 2022 - 12:52 1

ހަސަން މުހައްމަދު

ހ

Advertisement

ފެމިލީ ކޯޓުގެ ބޭރުން ނަގާފައިވާ ފޮޓޯއެއް: މާދަމާއަކީ މާލޭގައި މިހާތަނަށް އެންމެ ގިނަ ކައިވެނި އަގުދު ކުރުމަށް ހަމަޖެހިފައިވާ ދުވަސް -- ފޮޓޯ: ފައިލް


22.2.22 ގައި މާލޭގައި 85 ކައިވެނި

21 ފެބުރުވަރީ 2022 - 12:52 1

Advertisement

Advertisement

ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށް މާލޭގައި މާދަމާ (22.2.22 ގައި) ރިކޯޑު އަދަދަކަށް 85 ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން މިއަދު ބުނެފި އެވެ.

އެ ކޯޓުން މިއަދު ބުނީ މާދަމާ އެ ކޯޓުން އަގުދުކޮށްދިނުމަށް ހަމަޖެހިފައިވާ 85 ކައިވެނީގެ ތެރެއިން 46 ކައިވެނި ކުރުމަށް ހަމަޖެހިފައި އޮތީ ކޯޓުގައި ކަމަށެވެ. ބާކީ 39 ކައިވެނި އަގުދުކުރުމަށް ހަމަޖެހިފައި އޮތީ ކޯޓުން ބޭރުގަ އެވެ.

Advertisement

އެއީ އެއް ދުވަހެއްގެ މަތިން އެ ކޯޓުން އެންމެ ގިނައިން ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ދުވަސް ކަމަށް ފެމިލީ ކޯޓުން ބުންޏެވެ. މީގެ ކުރިން އެންމެ ގިނައިން މާލޭގައި ކައިވެނި ކުރީ 2020 ވަނަ އަހަރެވެ. އެ އަހަރުގެ ރީތި ތާރީހެއް ކަމަށްވާ 20.02.2020 ގައި މާލޭގައި 66 ކައިވެނި ކުރި އެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު 2020 ވަނަ އަހަރު ރާއްޖޭގައި 4998 ކައިވެނި ކުރި އެވެ. އެ އަހަރު 2984 ދެމަފިރިއަކު ވަރި ކުރި އެވެ. އެހެންކަމުން ކުރި ކައިވެނިތަކާ އަޅާބަލާއިރު ގިނައީ ވަރި އެވެ. އޭގެ ކުރިން 2019 ވަނަ އަހަރު 5069 ކައިވެނި ރާއްޖޭގައި ކުރި އެވެ. އަދި 3550 ދެމަފިރިއަކު އެ އަހަރު ވަރިވި އެވެ.

ދިވެހިރާއްޖޭގައި މީހުން ކައިވެނި ކުރާ ރޭޓާއި ވަރި ކުރާ ރޭޓު ވެސް މަތި ކަމަށް ހިސާބުތަކުން ދައްކަ އެވެ. ނިސްބަތުން އެންމެ ވަރި ގިނައީ ރާއްޖޭގައި ކަމަށް ދުނިޔޭގެ ރިކޯޑު ފޮތް ބަލަހައްޓާ ގިނީސް ވޯލްޑް ރެކޯޑްސް އިން ބުނެ އެވެ. އެގޮތުން ރާއްޖޭގައި ކޮންމެ 1000 މީހުންގެ ތެރެއިން 10.9 މީހުން ވަރިވާ ކަމަށް ގިނީސް އިން ބުނެ އެވެ.

Advertisement

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ތަކުރު

about 3 years ago

ކިތަމެ މޮޅު ޑޭޓް ހޯދައިގެން އަގު ބޮޑު ކާވެނި ކުރިޔަސް ރަގަޅު ދިރިއުޅުމެއް ނޫޅެވޭކަމަށް ވާނަމަ ބޭކާރު ކަމެކެވެ. މޮޔަކަމެކެވެ. ކާވަނިއަކީ ރީތި ތާރީޚީ ދުވަހެއްގައި ކޮއްގެން އުފާވެރި ދިރިއުޅުމެއް ލިބޭނަމަ މިކުދީންނަ އުފާ ލިބިގެންދާނެތާ ؟ އުއްމީދަކީ ރަގަޅު އުފާވެރި ކާވެނިތަކަކަށް ވުމެވެ.