Advertisement

ސެންޓްރަލް ޒޯން ބީޗްވޮލީބޯލް: ނާޒިމާ އާއި ރުދައިނާގެ ޕެއާ އަށް ހަތަރު ވަނަ

21 ފެބުރުވަރީ 2022 - 00:58 0

Advertisement

ސެންޓްރަލް ޒޯންގެ ފުރަތަމަ ބީޗް މުބާރާތުގެ ހަތަރު ވަނަ ހޯދި ނާޒިމާ އާއި ރުދައިނާގެ ޕެއާ.-- ފޮޓޯ: އަދަދު


ސެންޓްރަލް ޒޯން ބީޗްވޮލީބޯލް: ނާޒިމާ އާއި ރުދައިނާގެ ޕެއާ އަށް ހަތަރު ވަނަ

21 ފެބުރުވަރީ 2022 - 00:58 0

Advertisement

ސްރީ ލަންކާގައި ކުރިއަށްދިޔަ ފުރަތަމަ ސެންޓްރަލް އޭޝިއަން ޒޯން ބީޗްވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ތިން ވަނަ ހޮވާ މެޗުން ބަލިވެ، ރާއްޖޭގެ ހައްވާ ނާޒިމާ އާއި އައިމިނަތު ރުދައިނާގެ ޕެއާ ހަތަރު ވަަނައިގައި ނިންމާލައިފި އެވެ.

ޖުމްލަ ހަ ޕެއާ އަންހެން ޑިވިޝަނުގައި ކުޅުނުއިރު، ރުދައިނާ އާއި ނާޒިމާގެ ޕެއާ ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެކަމަކު، ސެމީ ފައިނަލާއި ތިން ވަަނަ ހޮވާ މެޗުން ބަލިވީ އެވެ.

Advertisement

ނާޒިމާ އާއި ރުދައިނާ އަށް ވުރެ މަތިން މުބާރާތް ނިންމީ ސްރީ ލަންކާގެ ތިން ޕެއާ އެވެ. ނާޒިމާ އާއި ރުދައިނާ ވަނީ ގްރޫޕް ސްޓޭޖުގައި އުޒްބެކިސްތާންގެ މަވްލޮނޯވާ އާއި ސުލްޓަންބޮއޭވާގެ ޕެއާ ބަލިކޮށްފަ އެވެ.

Advertisement

އިއްޔެ ހަވީރު ކުޅުނު ތިން ވަނަ ހޮވާ މެޗުން ރުދައިނާ އާއި ނާޒިމާގެ ޕެއާގެ މައްޗަށް ލަންކާގެ ޗަތުރިކާ އާއި ހަޝިނީގެ ޕެއާއާ އިން ވަނީ ބޮޑު ފަރަގަކުން ކުރިހޯދައިފަ އެވެ. ސެޓުތައް ދިޔައީ 04-21, 09-21 އިންނެވެ.

މިއީ މިދިޔަ ޑިސެމްބަރު މަހު ބަންގްލަދޭޝްގައި ކުޅުނު ސެންޓްރަލް ޒޯން އިންޑޯ މުބާރާތުގައި ރާއްޖޭގެ ގައުމީ އަންހެން ޓީމަށް ކުޅުނު ނާޒިމާ އާއި ރުދައިނާ ޕެއާއެއްގެ ގޮތުގައި ކުޅޭ އިންޓަނޭޝަނަލް ފުރަތަމަ މުބާރާތެވެ. ނާޒިމާ މުޅިން އަލަށް އިންޓަނޭޝަނަލް ބީޗް ވޮލީބޯޅަ މުބާރާތެއްގައި ކުޅޭއިރު، ރުދައިނާ މީގެ ކުރިން ވަނީ 2019 ވަަނަ އަހަރު ނޭޕާލްގައި ކުރިއަށް ދިޔަ ސައުތު އޭޝިއަން ގޭމްސްގެ ބީޗް ވޮލީބޯޅަ އިވެންޓްގައި ކުޅެފަ އެވެ. އަދި އޭގެ ކުރިން ވެސް އުމުރުފުރާގެ އެއް ބީޗް މުބާރާތް ވަނީ ކުޅެފަ އެވެ.

ޓީމު ކެޕްޓަން ރުދައިނާ ބުނީ މިއީ ބީޗްވޮލީބޯޅައިގައި އޭނާގެ އިންޓަނޭޝަނަލް ތިން ވަނަ މުބާރާތް ކަމަށާއި ތިން މުބާރާތް ވެސް ކުޅެން ޖެހުނީ ތަފާތު ތިން ޕެއާއެއްގައި ކަމަށެވެ. މި ފަހަރުގެ މުބާރާތަކީ ގައުމީ ބީޗް ވޮލީބޯޅަ ޓީމުގެ ކޯޗު ބްރެޒިލްގެ ވިނީޝިއުސް މާޓިން އައި ފަހުން މަދު ޕްރެކްޓިސްތަކެއް ކޮށްފައި ކުޅުނު މުބާރާތެއް ކަމަށާއި ވާދަކުރަން ޖެހުނީ ގަވާއިދުން ގިނަ ދުވަސްތަކެއް ވަންދެން އެކުގައި ކުޅެ، ޓްރެއިނިން ހަދަމުން އަންނަ ޕެއާތަކަކާ ދެކޮޅަށް ކަމަށްވާތީ އެ ތަފާތު ފެނުނު ކަމަށެވެ.

ފުރަތަމަ އިންޓަނޭޝަނަލް ބީޗް ވޮލީ މުބާރާތާ ބަލާފައި ކުރެވުނު މަސައްކަތާ މެދު ހިތްހަމަ ޖެހޭ ކަމަށް ނާޒިމާ ވަނީ ބުނެފަ އެވެ. ކޯޗު ވިނީޝިއުސްއާ އެކު ގިނައިން ޓްރެއިނިންތަކެއް ކުރިއަށް ގެންގޮސް، ޕެއާއެއްްގެ ގޮތުގައި ގިނަ މެޗުތައް ކުޅުނު ވަރަކަށް ރަނގަޅުކުރެވޭނެ ކަމަށް ނާޒިމާ ވަނީ ބުނެފަ އެވެ.

މި ފަހަރުގެ ސެންޓްރަލް ޒޯން މުބާރާތުގައި ދެން ވާދަކުރި ރާއްޖޭގެ އަންހެން ޕެއާ އަކީ މަރިޔަމް އަޒުމާ އާއި އައިޝަތު މާޖިދާގެ ޕެއާ އެވެ. އަޒުމާ އާއި މާޖިދާގެ ޕެއާ އަށް ގްރޫޕް ސްޓޭޖުން މުބާރާތް ވަނީ ނިމިފަ އެެވެ.