Advertisement

ފުލުސް ސައިކަލުގައި ރޯކޮށްލުން: ދެ މީހުން ދޫކޮށްލައި އެކަކު ފަސް ދުވަހަށް ބަންދަށް

19 ފެބުރުވަރީ 2022 - 18:58 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ފުލުސް މީހާގެ ސައިކަލުގައި ރޯކޮށްލާފައި. -- ފޮޓޯ: އެމްވީ ކްރައިސިސް


ފުލުސް ސައިކަލުގައި ރޯކޮށްލުން: ދެ މީހުން ދޫކޮށްލައި އެކަކު ފަސް ދުވަހަށް ބަންދަށް

19 ފެބުރުވަރީ 2022 - 18:58 0

ނ. މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރީ ކުރަން އުޅުނު މީހެއް ހުއްޓުވުމުން، އެ އޮފިސަރަށް އިންޒާރުދީ، އޭނާގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އެކަކުގެ ބަންދުގެ މުއްދަތު ޖަހައި ދެ މީހުން ދޫކޮށްލައިފި އެވެ.

އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ 22 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއްގެ އިތުރުން 31 އަހަރުގެ މީހެކެވެ.

އެ މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން 22 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހާފަ އެވެ. ކޯޓުން ވަނީ އަނެއް ދެ މީހުން ދޫކޮށްލާފަ އެވެ.

މީސްމީޑިޔާގައި ދައުރުވި ސީސީޓީވީ ފޫޓޭޖުން ފެންނަ ގޮތުގައި އެ ސައިކަލުގައި ރޯކޮށްލާފައި ވަނީ ފުލުސް މީހާ ދިރިއުޅޭ ގޭގެ ގޯތި ތެރޭގައި ޕާކްކޮށްފައި ހުއްޓަ އެވެ.

އެ ހާދިސާއާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ތަންފީޒީ އިދާރާތަކުގެ އޮފިސަރުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގުމަކީ ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި، އެ ފަދަ މައްސަލަތައް ސީރިއެސް މައްސަލަތަކުގެ ގޮތުގައި ތަހުގީގު ކުރެވި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.