Advertisement

ރައީސް ފެލިވަރަށް ވަޑައިގެން މިފްކޯގެ މަސައްކަތް ބައްލަވައިފި

19 ފެބުރުވަރީ 2022 - 14:34 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ރައީސް ސޯލިހް ފެލިވަރަށް ވަޑައިގަތުމުން އެ ރަށޫގެ މަސައްކަތްތެރިން މަރުހަބާ ދެންނެވުމަށް ވަޑައިގެން: މިއަދު ފެލިވަރަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ މިފްކޯގެ އިސްވެރިންނާއި އެމްޓީސީސީގެ ވެރިންނާއި ފެލިވަރުގެ މުވައްޒަފުން-- ފޮޓޯ: ރައިސް އޮފީސް


ރައީސް ފެލިވަރަށް ވަޑައިގެން މިފްކޯގެ މަސައްކަތް ބައްލަވައިފި

19 ފެބުރުވަރީ 2022 - 14:34 0

މަސްވެރިންނަށް ފަސޭހަކޮށްދިނުމަށް ދައުލަތުގެ ދެ ކުންފުނި މިފްކޯ އާއި އެމްޓީސީސީން ކުރަމުންދާ ކުރާ ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ޅ. ފެލިވަރަށް ވަޑައިގެންފި އެވެ.

ޅ. އަތޮޅުގެ ރަށްތަކަށް ރައީސް ސޯލިހު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފެލިވަރަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. ރައީސް ފެލިވަރަށް ވަޑައިގެން އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް އަމަލީ ގޮތުން ބެއްލެވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ފެލިވަރަށް ރައީސް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ މިފްކޯގެ އިސްވެރިންނާއި އެމްޓީސީސީގެ ވެރިންނާއި ފެލިވަރުގެ މުވައްޒަފުންނެވެ.

ފެލިވަރަށް ވަޑައިގެން ރައީސް ވަނީ މިފްކޯގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތް ބައްލަވާލައްވާ ކަމާ ގުޅޭ މައުލޫމާތު ވެސް އޮޅުންފިލުއްވާފަ އެވެ. މީގެ އިތުރުން ރައީސް ވަނީ ފެލިވަރުގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ވެސް ބައްލަވައިފަ އެެވެ.

ފެލިވަރުގައި އިތުރު 4،000 ޓަނުގެ ކޯލްޑް ސްޓޮރޭޖަކާއި ދުވާލެއްގެ މައްޗަށް 100 ޓަނުގެ މަސް ޕްރޮސެސް ކުރެވޭވަރުގެ ކާރުހާނާއެއް ގާއިމުކުރުމަށް ހިންގާ މަޝްރޫއުގެ ޕްޜީކޮލިފިކޭޝަން މަރުހަލާ، އެ މަޝްރޫއަށް ހަރަދުކުރާ އިންޑިއާގެ އެގްޒިމް ބޭންކުން ފަށައިފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޅ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި މަޑިވަރާއި ހިންނަވަރުގެ އިތުރުން ފެލިވަރަށް ވަޑައިގެންފައިވާއިރު، މިހާރު ވަދައިގެންފައި ވަނީ ނައިފަރަށެވެ. މީގެ އިތުރުން އޮޅުވެލިފުއްޓައި ކުރެންދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައި ވެއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.