Advertisement

އޮބާމަޔަން އައުމުން ބާކީވީ ޑެނީ އަލްވޭސް

3 ފެބުރުވަރީ 2022 - 13:16 0


އޮބާމަޔަން އައުމުން ބާކީވީ ޑެނީ އަލްވޭސް

3 ފެބުރުވަރީ 2022 - 13:16 0

ބާސެލޯނާ، ސްޕެއިން (ފެބްރުއަރީ 3) - ބާސެލޯނާއިން މި ޖެނުއަރީ ޓްރާންސްފާގައި ސޮއިކުރި ހަތަރު ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކު ޔުރޮޕާ ލީގުގެ އާ ސްކޮޑުން ބާކީ ކުރަން ޖެހުުމުން ޑިފެންޑާ ޑެނީ އަލްވޭސް ބާކީި ކުރަން ކޯޗު ޒަވީ ނިންމައިފި އެވެ.

ބާސެލޯނާ އިން ޖެނުއަރީ ޓްރާންސްފާގައި ސޮއިކުރި ހަތަރު ކުޅުންތެރިންނަކީ މެންޗެސްޓާ ސިޓީން ސޮއިކުރި ފެރަން ޓޮރޭސް، ވުލްވަހަމްޓަންގެ އަޑަމާ ޓްރައޯރޭ، އާސެނަލުން ސޮއިކުރި ޕިއޭ އެމްރިކް އޮބާމަޔަން އަދި ބްރެޒިލްގެ ޑިފެންޑަރު ޑެނިއެލް އަލްވޭސް އެވެ.

ބާސެލޯއިން އުންމީދު ކޮށްގެން ހުރީ ޔޫރޮޕާ ލީގުގެ ސްކޮޑުގައި ހަަތަރު ކުޅުންތެރިން ވެސް ހިމެނުމަށެވެ. ނަމަވެސް ފޯވާޑް އޮސްމާނޭ ޑެމްބެލޭ ވިއްކާލެވޭގޮތް ނުވުމުން ކޮންމެވެސް އެއް ކުޅުންތެރިއަކީ ބާކީ ކުރަން މަޖުބޫރުވީ އެވެ.

އަލްވޭސް، 38، އަށް ޔޫރޮޕާ ލީގުގެ ސްކޮޑުން ފުރުސަތު ނުލިބުނު ކަމުގައިވިޔަސް އޭނާ އަންނަނީ ސްޕެނިޝް ލީގުގައި ބާސެލޯނާ އަށް ކުޅެމުންނެވެ. އަލްވޭސްގެ އިތުރުން ސްކޮޑުން ބާކީ ކުރި އެހެން ކުޅުންތެރިންނަށް ބަލާއިރު، ޒުވާން ދެ ކުޅުންތެރިން ކަމަށްވާ އަބްދެ އެޒަލްޒޫލީ އާއީ ފެރަން ޖުޓްގްލާ އަށް ވެސް ހިމެނެ އެވެ.

ސީނިއާ ޓީމުގެ 24 ކުޅުންތެރިއަކާއި ބާސެލޯނާ ބީ ޓީމްގެ އަށް ކުޅުންތެރިންނަށް ކޯޗު ޒަވީވަނީ ސްކޮޑުން ފުރުސަތު ދީފަ އެވެ. ޔޫރޮޕާ ލީގުގެ ސްކޮޑުގައި ޑެމްބެލޭ އަށް ޒަވީ ފުރުސަތު ދިނުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ.

ޑެމްބެލޭ އަކީ ކުލަބުން ވިއްކާލަން މި ޓްރާންސްފާގައި ނިންމި ކުޅުންތެރިއެކެވެ. ޔޫރަޕްގެ ބޮޑެތި ބާރުތައްކަމަށްވާ ޕީއެސްޖީ، ޔުނައިޓެޑް އަދި ޗެލްސީންވެސް އޭނާ ހޯދަން މަސައްކަތްކުރި އެވެ. ނަަމަވެސް މުސާރައިގެ ކަންކަމަށް އެއްބަސްވުމަކަށް ނާދެވި ޑެމްބެލޭ ބާސެލޯނާގައި މަޑުކުރަން މަޖުބޫރުވީ އެވެ. އަލްވޭސް ބާކީ ކުރަން ޖެހުނީ ޑެމްބެލޭ ވިއްކާލެވޭ ގޮތް ނުވުމުންނެވެ. ޑެމްބެލޭގެ ސޮއި ހޯދުމުގެ ރޭހުގައި ޗެލްސީން ވަނީ ކުރިއަށް ޖެހިލައިފަ އެވެ.

ބާސެލޯނާ އިން އެންމެ ފަހުން ޔޫރަޕްގެ ދެ ވަނަ ފަންތީގެ މުބާރާތް، ޔޫރޮޕާ ލީގު (ޔުއެފާ ކަޕް)ގައި ކުޅުނީ 2004 ވަނަ އަހަރު އެވެ.އޭގެ ފަހުން ފުރަތަމަ ފަހަރަށް ޔޫރޮޕާ ލީގުގައި ބާސެލޯނާ ކުޅެން ޖެހުނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ބަޔާން މިޔުނިކާއި ބެންފީކާގެ ފަހަތުން ގްރޫޕްގެ ތިން ވަނަ ލިބުމުންނެވެ.

ޔޫރޮޕާ ލީގުގެ ގަދަ 16ގެ ޕްލޭއޮފްގައި ބާސެލޯނާ ކުޅޭނީ އިޓަލީގެ ނަޕޯލީއާ އެވެ. ފުރަތަމަ ލެގުގެ މެޗު ބާސާގެ ދަނޑުގައި މި މަހު 17 ގައި ކުޅޭއިރު، ދެ ވަނަ ލެގު ނަޕޯލީގެ ދަނޑުގައި ކުޅޭނީ އޭގެ ހަފްތާއެއް ފަހުންނެވެ.