Advertisement

މިފްކޯއިން ވެސް ތެލުގެ އަގު ބޮޑުކޮށްފި

22 ޖަނަވަރީ 2022 - 10:29 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ޅ. ފެލިވަރުގެ ބަނދަރު--


މިފްކޯއިން ވެސް ތެލުގެ އަގު ބޮޑުކޮށްފި

22 ޖަނަވަރީ 2022 - 10:29 0

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުން ދާތީ މިފްކޯ އިން ވިއްކަމުން އަންނަ ޑީސަލްގެ އަގު ބޮޑުކޮށްފި އެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހު ގެނައި ބަދަލާއެކު، މަސްވެރިންނަށް މިފްކޯ އިން ޑީސަލް ލީޓަރެއް ވިއްކަމުން އައީ 9.03ރ. އަށެވެ. އަދި އާންމުންނަށް ޑީސަލް ލީޓަރެއް ވިއްކީ 13.19ރ. އަށެވެ.

އެ ކުންފުނިން ބުނީ މިއަދުން ފެށިގެން މިފްކޯގެ މަސް ގަންނަ ސެންޓަރުތަކާއި ބޯޓުފަހަރުން ޑީސަލް ތެޔޮ ވިއްކާ އަގުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން، މިއަދުން ފެށިގެން މަސް ދޯނިތަކަށް އެ ކުންފުނިން ޑީސަލް ލީޓަރެއް ވިއްކާނީ 12.08ރ. އަށެވެ. އާންމުންނަށް ޑީސަލް ލީޓަރެއް ވިއްކާނީ 14.26ރ. އަށެވެ.

މިފްކޯއިން ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފައިވާ އިރު، އެ ކުންފުންޏަށް ތެޔޮ ފޯރުކޮށްދޭ އެސްޓީއޯއިން ވަނީ އެކުންފުނީގެ ދަށުން ހިންގާ އެފްއެސްއެމްއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފަ އެވެ.

އެންމެ ފަހުން އެސްޓީއޯއިން ތެލުގެ އަގު ބޮޑުކުރީ މިދިޔަ އޮކްޓޯބަރު މަސް ތެރޭގަ އެވެ. އެފަހަރު އަގަށް ގެނައި ބަދަލާއެކު، ޝެޑްތަކުން ޕެޓްރޯލް ލީޑޓަރެއް ވިއްކަމުން ދިޔައީ 11.16ރ. އަށެވެ. އަދި ޑީސަލް ލީޑަރެއް 11.84ރ. އަށެވެ.

ސާފުނުކުރާ ތެޔޮ ފީފާއެއް ވިއްކާ އަގު އުފުލެމުން ގޮސް މިހާރު މިހާރު ތެޔޮ ފީފާއެއްގެ އަގު ހުރީ 100 ޑޮލަރުން މަތީގަ އެވެ.