about 2 hours 0
ލީވާން އަލީ ނާސިރު
މިފްކޯއަށް ބޮޑު ކަންނެލި ގަތުން: 10 ކިލޯ އާއި 15 ކިލޯއާ ދެމެދުގެ ކަންނެލި އެ ކުންފުންޏަށް ގަންނަމުންދަނީ 20ރ. އަށް -- ފޮޓޯ: މިފްކޯ
about 2 hours 0
މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުތަކަށް 10 ކިލޯއަށްވުރެ މަތީގެ ކަންނެލި ގަންނަން ފަށައިފި އެވެ.
މިފްކޯއިން ބުނީ 10 ކިލޯ އާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ގަންނަން ފެށީ ކިލޯއެއް 20ރ. ގެ މަގުން ކަމަށާއި 15 ކިލޯއަށްވުރެ މަތީގެ ކަންނެލި ގަންނަމުންދާނީ 25ރ. އަށް ކަމަށެވެ.
އިއްޔެ ކޫއްޑޫ ބަނދަރާއި އައްޑޫ ބަނދަރާއި އަދި ފުވައްމުލަކާއި ގދ. ގައްދޫ އާއި ގދ. ތިނަދޫން މިފްކޯގެ ބޯޓުފަހަރަށް 10 ކިލޯ އާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ގަނެފައިވާ ކަމަށް މިފްކޯއިން ބުންޏެވެ.
މީގެއިތުރުން މިފްކޯއިން ބުނީ ކަޅުބިލަމަހެކޭ އެއްފަދައިން މިފްކޯއަށް ކިރުވާ ކަންނެލި މަހަށް ވެސް 48 ގަޑިއިރު ތެރޭގައި ދަނީ ފައިސާ ދޫކުރަމުން ކަމަށެވެ.
މިފްކޯއިން މި މަހު 11، ގައި ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފުރަތަމަ ފަހަރަށް ފެށި އެވެ. ނަމަވެސް އޭގެ ފަހުން މިހާރު މިފްކޯގެ ބޯޓުތަކާއި ހުރިހާ ސެންޓަރަކަށް ވެސް ބޮޑު ކަންނެލި ގަންނަން މިވަނީ ފަށާފަ އެވެ.
މިފްކޯއަށް ބޮޑު ކަންނެލި ގަތުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. މިގޮތުން އެ ވައުދު ފުއްދުމަށް ގޮވާލާ މިދިޔަ މަހު 10, ގައި ފާހަގަކުރި މަސްވެރިންގެ ދުވަހުގައި މާލެ ފަޅު ކައިރީގައި ގިނަ އަދަދެއްގެ މަސް ދޯނިތައް ބާއްވައިގެން އިހުތިޖާޖުކޮށްފަ އެވެ.
ހުޅުމާލޭގައި ބޮޑުކަންނެލި ފެކްޓްރީއެއް ގާއިމުކުރުމުގެ މަސައްކަތް މިދިޔަ އަހަރު ފަށާނެ ކަމަށް މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް މިހާތަނަށް ވެސް އެ މަސައްކަތް ނުފެށެ އެވެ
Comment