Advertisement

ރާޝިދުގެ ކެމްޕެއިނަށް ދެ ރައީސުން ފޯކައިދުއަށް ވަޑައިގަންނަވަނީ

21 ޖަނަވަރީ 2022 - 09:33 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

އެމްޑީޕީގެ ޖަލްސާއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. -- ފައިލް ފޮޓޯ: އަދަދު


ރާޝިދުގެ ކެމްޕެއިނަށް ދެ ރައީސުން ފޯކައިދުއަށް ވަޑައިގަންނަވަނީ

21 ޖަނަވަރީ 2022 - 09:33 0

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް، މުހައްމަދު ރާޝިދުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާދަމާ ފޯކައިދުއަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ފޯކައިދޫގައި މާދަމާ ރޭ ބާއްވާ ކެމްޕެއިން ޖަލްސާގައި ވެސް ދެ ރައީސުން ވާހަކަ ދައްކަވާނެ ކަމަށެވެ.

މިދިޔަ އަހަރުގެ މެއި މަހު ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް ފަހު މިއީ، ރައީސް ސޯލިހު އާއި ނަޝީދު އެކުގައި ވަޑައިގަންނަވާ ފުރަތަމަ ދަތުރެވެ.

"ފޯކައިދޫ ޖަލްސާގައި މިނިސްޓަރުންނާއި މަޖިލީހުގެ މެމްބަރުން އަދި އެމްޑީޕީގެ މެމްބަރުން ބައިވެރިވާނެ،" ޝިފާޒު ވިދާޅުވި އެވެ.

ރާޝިދުގެ ކެމްޕެއިން ފައްޓަވައި ދެއްވުމަށް ވެސް ރައީސް ސޯލިހު ކޮމަންޑޫ އަށް ވަޑައިގަތެވެ. އެއަށް ފަހު ނައިބު ރައީސް ފައިސަލް ނަސީމް އާއި ފޮރިން މިނިސްޓަރު އަދި އދ. އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވެސް އެ ދާއިރާގެ ރަށްތަކަށް ވަޑައިގެންނެވި އެވެ.

މި ބައި-އިލެކްޝަންގައި އެމްޑީޕީގެ އިތުރުން ޕީޕީއެމް އާއި އެމްއެންޕީން ވާދަކުރެ އެވެ.

ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތުން ތާއިދުކުރަނީ އެމްޑީޕީގެ ރާޝިދަށެވެ. ރަސްމީކޮށް އަދާލަތު ޕާޓީން ތާއިދުކުރާ ވާހަކަ ހާމަކޮށްފައި ނެތަސް، ރާޝީދުގެ ކެމްޕެއިންގައި، އެ ޕާޓީއަށް ނިސްބަތްވާ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ބައިވެރިވެވަޑައިގަތެވެ.

އިތުރަށް ކިޔާލުމަށް