Advertisement

ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ގައުމީ ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި

19 ޖަނަވަރީ 2022 - 09:56 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ރޭ ޕްރެކްޓިސްތައް ފެށިއިރު، އާ ކުޅުންތެރިންތަކެއް މި ފަަހަރު ވެސް ޓީމާ ގުޅޭނެ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ގައުމީ ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި

19 ޖަނަވަރީ 2022 - 09:56 0

ބަންގްލަދޭޝްގެ ވޮލީބޯޅަ ޓީމާ ދެކޮޅަށް އަންނަ މަހުގެ 6-12 އަށް މާލޭގައި ކުޅުމަށް ހަމަޖެހިފައިވާ ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުތަކަށް ތައްޔާރުވުމަށް ގައުމީ ފިރިހެން ވޮލީބޯޅަ ޓީމްގެ ފަރިތަކުރުންތައް ފަށައިފި އެވެ.

ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށާފައިމިވަނީ މަހެއްހާ ދުވަހުގެ މެދު ކެނޑުމަކަށްފަހުގަ އެވެ. އެންމެ ފަހުން ގައުމީ ޓީމުން ވާދަކުރީ މިދިޔަ މަހު ބަންގްލަދޭޝްގައި ކުރިއަށްދިޔަ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގަ އެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ކުޅުމަށް ހަމަޖެހިފައިވާ ތިން މެޗުގައިވެސް ޤައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ) އެވެ.

ކާއްޓޭ އަކީ އެންމެ ފަހުގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައިވެސް ޓީމަށް އިރުޝާދުދިން ކޯޗެވެ. އެ މުބާރާތަށް ތައްޔާރުވުމަށް މާލޭގައި ސްރީލަންކާގެ ޤައުމީ ވޮލީ ޓީމާއި، އިންޑިޔާގެ ހައިދްރާބާދް ސްޕައިކާސްއާ ދެކޮޅަށް ކުޅުނު މެޗުތަކުގައިވެސް ޤައުމީ ޓީމަށް އިރުޝާދުދިނީ ކާއްޓޭ އެވެ.

ކުރިއަށް އޮތް ތިން މެޗަށް ޤައުމީ ޓީމުގެ ކޯޗަކަށް ކާއްޓޭ ހަމަޖެއްސީ، ވޮލީބޯޅަ ދުނިޔޭގެ ފެޑެރޭޝަން (އެފްވައިބީ)ގެ އެހީތެރިކަމާ އެކު ރާއްޖެ އަށް ގެންނަ ބިދޭސީ ކޯޗުގެ ކަންކަން އަދި ހަމަ ނުޖެހޭތީ އެވެ.

ޤައުމީ ވޮލީބޯޅަ ޓީމްގެ ޒުވާން ކުޅުންތެރިޔާ މާއިޝް އަހުމަދު ޓީމްގެ ޕްރެކްޓިހުގައި / ފޮޓޯ: މުހައްމަދު ޝާބިން - އަދަދު


ޤައުމީ ވޮލީބޯޅަ ޓީމްގެ ކޯޗު ކާއްޓޭ "އަދަދު" އަށް މައުލޫމާތުދެމުން ބުނީ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗުގައި ޓީމުން އާ ކުޅުންތެރިން ފެންނާނެކަމަށާއިި، އެއީ ޒުވާން ޤައުމީ ޓީމްގެ ކުޅުންތެރިންކަމަށެވެ.

"މިފަހަރު ޓީމަށް މާ ބޮޑު ބަދަލެއް ނާންނާނެ. އެކަމަކު މިއަށް އިތުރުވާނެ އާ ދެ ކުޅުންތެރިއެއް، އެއީ ޒުވާން ޤައުމީ ސްކޮޑުގެ ދެ ކުޅުންތެރިން. އެ ކުޅުންތެރިންނަށް މިއީ ރަނގަޅު ތަޖުރިބާއަކަށް ވާނެ" ކާއްޓޭ ބުންޏެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ރަނޭޝްގެ ލީޑަޝިޕުން އަހަރެއްހާ ދުވަސްތެރޭ ކުރި ރަނގަޅު މަސައްކަތްތަކުގެ ސަބަބުން ވޮލީބޯޅައިގެ ދުނިޔޭގެ ފެޑެރޭޝަންގެ އެހީތެރިކަން ރާއްޖެ އަށް ވަނީ އިތުރުވެފަ އެވެ. އަދި މި އަހަރު ރާއްޖޭގައި ސެންޓްރަލް ޒޯންގެ އަންހެން އަދި ފިރިހެން ވޮލީބޯޅަ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު ވަނީ ހޯދައިފަ އެވެ. މީގެ އިތުރުން މުޅި ރާއްޖެ އަށް ހުޅުވާލައިގެން ވޮލީބޯޅަ މުބާރާތެއް ބޭއްވުމުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ކުރިއަށް އެބަދެ އެވެ.