Advertisement

އޮމިކްރޯންއާ ހެދި އިގްތިސޯދު މަޑުޖެހޭނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފި

13 ޖަނަވަރީ 2022 - 08:19 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ވޯލްޑް ބޭންކުން ލަފާކުރި ގޮތުގައި މި އަހަރު ދުނިޔޭގެ އިގްތިސާދީ ކުރިއެރުން ހުންނާނީ 4.1 ޕަސެންޓުގައި. -- ފޮޓޯ: ރޮއިޓާޒް


އޮމިކްރޯންއާ ހެދި އިގްތިސޯދު މަޑުޖެހޭނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފި

13 ޖަނަވަރީ 2022 - 08:19 0

ވޮޝިންޓަން، އެމެރިކާ - ކޮވިޑް ފަތުރާ ވައިރަހުގެ އޮމިކްރޯން ވޭރިއެންޓާ ހެދި މި އަހަރު ދުނިޔޭގެ އިގްތިސާދީ ދުވެލި މަޑުޖެހޭނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފި އެވެ.

މިދިޔަ އަހަރު ދުނިޔޭގެ އިގްތިސާދީ ކުރިއެރުން ހުރީ 5.5 ޕަސެންޓުގަ އެވެ.

ވޯލްޑް ބޭންކުން އެންމެ ފަހުން ނެރުނު ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް ރިޕޯޓުގައިވާ ގޮތުން މި އަހަރު ދުނިޔޭގެ އިގްތިސާދީ ކުރިއެރުން ހުންނާނެ ކަމަށް ލަފާކުރެވެނީ 4.1 ޕަސެންޓުގަ އެވެ.

އެ ބޭންކުން ބުނީ އޮމިކްރޯންއާ ގުޅިގެން އިގްތިސާދީ ހަރަކާތްތަކަށް ބުރޫ އެރުމާއި، ސަޕްލައި ޗެއިންތަކަށް އަސަރު ކުރުމާއި، އިންފްލޭޝަން މަތިވުން ފަދަ ކަންކަމާ ހެދި އިގްތިސާދީ ކުރިއެރުމަށް އިތުރަށް އަސަރު ކުރާނެ ކަމަށެވެ.

އެހެންވެ، އެންމެ ގޯސް ހާލަތުގައި މި އަހަރުގެ އިގްތިސާދީ ކުރިއެރުން 3.4 ޕަސެންޓަށް ތިރިވުން އެކަށީގެންވާ ކަމަށް ލަފާކޮށްފައި ވެ އެވެ.

ވޯލްޑް ބޭންކްގެ ރައީސް ޑޭވިޑް މެލްޕާސް ވިދާޅުވީ އެންމެ ކަންބޮޑު ވަނީ ފަގީރު ގައުމުތަކުގައި އުޅޭ މީހުންނަށް ބަލިމަޑުކަމުން ކުރަމުންދާ ބޮޑު އަސަރާ ހެދި ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެންނަމުން ދަނީ ފަގީރުކަމާއި، ކާބޯތަކެއްޗާއި، ސިއްހަތާ ގުޅިގެން ހޯދި ކުރިއެރުންތައް ނެތިގެންދާ މަންޒަރު... ތަރައްގީ އަށް ލިބިފައިވާ ދާއިމީ ޒަހަމް ފެންނާތީ ވަރަށް ކަންބޮޑުވޭ،" އޭނާ ވިދާޅުވި އެވެ.

"އޮމިކްރޯން ވޭރިއެންޓުން އަނެއްކާވެސް ދައްކުވައިދެނީ ބަލިމަޑުކަން އަދިވެސް ނުނިމޭކަން. މި ބަލިމަޑުކަމާ އެކު ދިރިއުޅެން ދަސްކުރަން ޖެހިއްޖެ،" ވޯލްޑް ބޭންކުގެ ފޯކާސްޓް ޔުނިޓުގެ ވެރިޔާ އައިހަން ކޯޒޭ ވިދާޅުވި އެވެ.