Advertisement

ބީއެމްއެލް އިސްލާމިކް ފައިނޭންސިން ނަގައިގެން ނަސީބުވެރިޔަކަށް 50،000ރ.

4 ޖަނަވަރީ 2022 - 14:23 1

އަމަން ހަލީމް

އ

Advertisement

ބީއެމްއެލް އިސްލާމިކްގެ ސެލްފް ސާވިސް އޭޓީއެމް ސެންޓަރެއް. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


ބީއެމްއެލް އިސްލާމިކް ފައިނޭންސިން ނަގައިގެން ނަސީބުވެރިޔަކަށް 50،000ރ.

4 ޖަނަވަރީ 2022 - 14:23 1

Advertisement

ބީއެމްއެލް އިސްލާމިކްގެ ޕާސަނަލް ފައިނޭންސިން އަދި ޕާސަނަލް ފައިނޭންސިން މައިކްރޯ ނަގާ ކަސްޓަމަރަކަށް 50،000ރ. ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި މަހުގެ ނިޔަލަށް ކުރިޔަށްދާ މި ޕްރޮމޯޝަނުގައި ބީއެމްއެލްގެ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ.

Advertisement

އެ މުއްދަތުގެ ތެރޭގައި އިސްލާމިކް ޕާސަނަލް ފައިނޭންސިންއަށް އެދި ހުށަހަޅައިގެން އެޕްރޫވަލް ލިބޭ ހުރިހާ ކަސްޓަމަރުންގެ އެޕްލިކޭޝަންތައް ލަކީޑްރޯގައި ބައިވެރިކުރާނެ އެވެ. އަދި ހަފުތާއަކު ކަސްޓަމަރަކަށް ބީއެލްއެލްގެ 5،000ރ. ގެ ގިފްޓް ކާޑެއް ލިބުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

ބީއެމްއެލް އިން މައުލޫމާތުދޭ ގޮތުގައި މި ލަކީޑްރޯގެ ކަންކަން ކުރިޔަށް ގެންދާނީ އިސްލާމީ ޝަރީއާ ހުއްދަކުރާ މަފްހޫމެއް ކަމުގައިވާ ހިބާގެ ދަށުންނެވެ.

Advertisement

ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން އަދި ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މައިކްރޯއަކީ ޝަރީއާ ހުއްދަކުރާ ފައިނޭންސިން ފެސިލިޓީތަކެކެވެ. ކަސްޓަމަރު ބޭނުންނަމަ މި ފެސިލިޓީގެ ބޭނުންކޮށްގެން މުދާ ގަނެވޭނެ އެވެ. ނޫނީ ނަގުދު ފައިސާ ވެސް ލިބޭނެ އެވެ.

މި ފެސިލިޓީތަކުގެ ތެރެއިން ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންއަށް އެދެވެނީ ވަޒީފާގައި އުޅޭ މީހުންނަށާއި ސަރުކާރުގެ އޮފީސްތަކުން ރިޓަޔަމަންޓް ޕެންޝަލް ލިބޭ މީހުންނަށެވެ. ވަޒީފާއެއްގައި ނޫޅުނަސް ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މައިކްރޯއަށް އެދެވޭނެ އެވެ.

ފަސް އަހަރުގެ މުއްދަތަށް ބަހާލެވޭ މި ފެސިލިޓީން ފައިނޭންސިން ލިބެނީ 20،000. އިން ފެށިގެން 300،000ރ. އާ ހަމައަށެވެ.

Advertisement

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

އަމާން

about 3 years ago

އިސްލާމީ އުސޫލުންތޯ ޢާއްމުންގެ އެކައުންޓް ތަކުން ވަގަށް ފައިސާ ކަނޑަނީ ވެސް.