Advertisement

އިނގުރައިދޫ ސްކޫލް ތަރައްގީ ކުރަން 16 މިލިއަން އެވޯޑްކޮށްފި

3 ޖަނަވަރީ 2022 - 17:04 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

އިނގުރައިދޫ ސްކޫލް ތަރައްގީ ކުރުމުގެ މަޝްރޫއު އެވޯޑްކުރަނިކޮށް: އެންމެ ފުރަތަމަ އަރަބިއްޔާ ހަދަންވެސް ހަވާލުކުރީ ހައި ރައިސިންގ ކޮންސްޓްރަކްޝަން ކުންފުންޏަށް -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ


އިނގުރައިދޫ ސްކޫލް ތަރައްގީ ކުރަން 16 މިލިއަން އެވޯޑްކޮށްފި

3 ޖަނަވަރީ 2022 - 17:04 0

ރ. އިނގުރައިދޫ ސްކޫލް ތަރައްގީ ކުރުމަށް 16 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަމިއްލަ ކުންފުންޏެއް ކަމަށްވާ މާލާ ހައި ރައިސިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ސަރުކާރުން އެވޯޑްކޮށްފި އެވެ.

315 ކުދިން ކިޔަވަމުން އަންނަ އެ ސްކޫލްގައި ހަތަރު ކްލާސްރޫމާއި، ސްޓާފްރޫމް އަދި މަލްޓިޕާޕާސް ހޯލެއް ހެދުމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުމަށް މިއަދު އެކުންފުންޏާއެކު ސޮއިކޮށްފައި ވެއެވެ.

މި އެގްރިމެންޓްގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުކެއްވީ އެ އިދާރާގެ ސީނިޔާ ޕޮލިސީ ޑިރެކްޓަރު، ނައުޝާދު އިބްރާހިމް އެވެ. ހައި ރައިސިން ކޮންސްޓްރަކްޝަން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އިބްރާހިމް އަހްމަދެވެ.

ހަލާކުވެފައިވާ އަރަބިއްޔާ ސްކޫލުގެ އިމާރާތް އަޅަން ސަރުކާރުން އެންމެ ފުރަތަމަ ހަވާލުކުރީ މި ކުންފުންޏާ އެވެ. އެގޮތުން 2011 ވަނަ އަހަރު އެ އިމާރާތް އެޅުމަށް ސަރުކާރުން 29 މިލިއަން ރުފިޔާ އެ ކުންފުންޏަށް އެވޯޑު ކުރި ނަމަވެސް، އެ މަޝްރޫއުގެ ކޮންޓްރެކްޓް ކުންފުނިން އެދިގެން އުވާލީ ޑޮލަރުގެ އަގަށް ގެނައި ބަދަލާ ގުޅިގެން ބޮޑު ގެއްލުމެއްވާ ކަމަށް ބުނެ އެވެ.