Advertisement

ރާއްޖޭގައި އަލަށް ފެށި ހޯމްސްޓޭ އާއެކު ދިއްގަރަށް ބޮޑު ޝަރަފެއް

1 ޖަނަވަރީ 2022 - 20:43 0

މ. ދިއްގަރު

އަހުމަދު ސައީދު

އަހުމަދު ސައީދު

ރާއްޖާގައި އަލަށް ހޯމްސްޓޭ ތައާރަފުކުރި މ.ދިއްގަރުގައި ޗުއްޓީ ހެދަކުރުމަށް މިއަދު މިރަށަަށް އައި ހަތަރު ޓޫރިސްޓުން -- އަދަދު ފޮޓޯ/ އަހުމަދު ސައީދު


ރާއްޖޭގައި އަލަށް ފެށި ހޯމްސްޓޭ އާއެކު ދިއްގަރަށް ބޮޑު ޝަރަފެއް

1 ޖަނަވަރީ 2022 - 20:43 0

މ. ދިއްގަރު

ރާއްޖޭގައި މިއަދު އަލަށްފެށި ހޯމްސްޓޭ ޓޫރިޒަމް، މ. ދިއްގަރު މޫރިތިގެ އިން ފެށިގެން ދިއުމާއެކު މުޅި ރަށަށް ބޮޑު ޝަރަފެއް ލިބިގެން ހިނގައްޖެ އެވެ.

ހޯމްސްޓޭގެ ޓޫރިސްޓުންގެ ގޮތުގައި އެ ގޭގައި ޗުއްޓީ ހޭދަކުރަން އައި ހަތަރު ޓޫރިސްޓުންނަށް މަރުހަބާ ކިޔުމަށް ރަށުގެ ކުދިބޮޑު އެންމެން ބަނދަރު މައްޗަށް ޖަމާވި އެވެ.

އެންމެ ފުރަތަމަ ހޯމްސްޓޭ ޓޫރިސްޓުންގެ ގޮތުގައި މިރަށަށް އައީ އެމެރިކާ އާއި ސޫދާނުގެ ދެމަފިރިންނެވެ. އެމީހުން މިރަށް އިހުތިޔާރު ކުރީ، ހޯމްސްޓޭ ތައާރަފު ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ހުޅުވާލި ފުރުސަތެއްގެ ތެރެއިން ހޮވިގެން ހާއްސަ މެހެމާނުންގެ ގޮތުގަ އެވެ.

މޫރިތި ގޭގެ ވެރިޔާ މުހައްމަދު އަހުމަދު (ކ) އަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުއްﷲ މައުސޫމް މިއަދު ހޯމްސްޓޭ ލައިސަންސް ހަވާލުކުރައްވަނީ


"ހުޅުމާލޭގައި ތިއްބައި މި ފުރުސަތު ލިބުނީ، ވަރަށް އުފާވެއްޖެ މިރަށް އާދެވުނީމާ. ހޯމްސްޓޭ އަކީ ވަރަށް ރަނގަޅު ކަމެއް،" އަލަށް ރާއްޖެ އައި ސުދާނަށް އުފަން މުހައްމަދާއި އޭނާގެ އަންހެނުން ބުންޏެވެ.

ހަވީރު ވަގުތު ޓޫރިސްޓުން ރަށަށް އައި ލޯންޗަށް ދޯންޏެއްގައި ނުކުމެ ބޮޑުބެރުން މަރުހަބާ ކިޔެވެ. އެ މީހުން ރަށަށް ފޭބިއިރު ކައުންސިލު ރައީސް އަހުމަދު ނިޝާން ޖެޓީ މަތީގައި ހުންނެވި އެވެ. "ޝުކުރިއްޔާ" ޖަހާފައިހުރި ގިޑިގެއިން ފެށިގެން 200 ވަރަކަށް ފުޓޫ އެއްގަމަށް، މަރުހަބާ ކިޔަން ރަށުން ނުކުތް މީހުނާއި ކުދިން ސަފުހަދާފައި އޮތެވެ.

ރާއްޖާގައި ހޯމްސްޓޭ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބަދުއްﷲ މައުސޫމް ވިދާޅުވީ މިއީ ވަރަށް ތާރީހީ ދުވަހެއް ކަމަށާއި، ހޯމްސްޓޭ އާއެކު ޓޫރިޒަމްގެ ސީދާ ފައިދާ ގިނަ ބަޔަކަށް ލިބިގެންދާނެ ކަމަށެވެ. ހޯމްސްޓޭ ފުރަތަމަ ތައާރަފުކުރި ރަށަކަށް ދިއްގަރު ކަނޑައެޅީ މިރަށުގެ މެހެމާންދާރީން މިއީ ހޯމްސްޓޭ ތައާރަފު ކުރުމަށް އެންމެ އެކަށީގެންވާ ރަށް ކަމަށް ފާހަގަ ކުރެވިފައިވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުން ވަރަށް ފުރިހަމަ މެޖެހެމާންދާރީ އެއް އަދާކުރި، އެކަމަކު މިރަށުން ފެނިގެން ދިޔައީ ޓޫރިސްޓަކަށް ރިސޯޓަކުން ވެސް ދޭނެ ހިދުމަށް އެގޮތަށް ދިންތަން،" މައުސޫމް ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ ވަސީލަތްތައް މަދު ބިން ފުރިފައިވާ މި ރަށުގައި ހޯމްސްޓޭ ކާމިޔާބު ކުރެވިއްޖެ ނަމަ އެކަން ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ކުރެވޭނެކަން ޔަގީންވެގެން ދާނެ ކަމަށެވެ.

"އަޅުގަނޑުމެން ނަމޫނާ ދައްކަދޭނަށް މިރަށުން،" ކައުންސިލު ރައީސް ނިޝާނު ވިދާޅުވި އެވެ.

ރާއްޖޭގެ ފުރަތަމަ ހޯމްސްޓޭ ރަށުގެ ގޮތުގައި ދިއްގަރު ވުމުން އެކަމުގެ ލިޔުން ޑރ. މައުސޫމް ކައުންސިލު ރައީސް އާ ހަވާލު ކުރެއްވި އެވެ. އަދި އެންމެ ފުރަތަމަ ހޯމްސްޓޭ ރަޖިސްޓްރީ ކުރެވުނު ތިން ކޮޓަރީގެ ގޭގެ ވެރިފަރާތް ކަމަށްވާ މުހައްމަދު އަހުމަދު އަށް ލައިސަންސް ހަވާލު ކޮށްދެއްވީ ވެސް ޑރ. މައުސޫމް އެވެ.

ޖުމްލަ 1436 މީހުން ދިރިއުޅޭ ބިން ފުރިފައިވާ ރަށުގައި ޗުއްޓީ ހޭދަކުރުމަށް އައި ހަތަރު ޓޫރިސްޓުންގެ ފައިގެ ނިޝާން ވެސް މިއަދުގެ ރަސްމިއްޔާތުގައި ނެގުން އޮތެވެ. އދ. އިން ރާއްޖެ ކަނޑައަޅާފައިވާ މަންދޫބު ކެތުރިން ހެސްވެލް ވެސް ޓޫރިސްޓުންނާ އެކު މިރަށަށް ޒިޔާރަތް ކުރެއްވި އެވެ.