Advertisement

ލަކީޑްރޯގެ ސައިކަލު އީވާން އަށް ވީ އުފަން ދުވަހުގެ ހަދިޔާ އަކަށް!

14 ޑިސެންބަރު 2021 - 21:08 0

ސޮލަރެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ތުސިތާ ނަންދަސިރި އާއި ސައިކަލްގެ ނަސީބުވެރިޔާ މުހައްމަދު އީވާން ނާޒިރު، އިނާމަށް ލިބުނު ސައިކަލާއެކު ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ލަކީޑްރޯގެ ސައިކަލު އީވާން އަށް ވީ އުފަން ދުވަހުގެ ހަދިޔާ އަކަށް!

14 ޑިސެންބަރު 2021 - 21:08 0

މިއަހަރު އޮތް އުރީދޫ ސާފް ޗެމްޕިއަންޝިފް މުބާރާތާ ގުޅުވައިގެން ސޮލެރަލް އިންޝުއަރެންސް އާއި 'އަދަދު' ގުޅިގެން ކުރިއަށް ގެންދިޔަ ޖީއެން ސައިކަލް ލަކީޑްރޯގެ ނަސީބުވެރިޔާ، މުހައްމަދު އީވާން ނާޒިރު އަށް އިއްޔެ އަކީ ހާއްސަ ދުވަހެކެވެ. އިއްޔެ، ސޮލްރެލް އިންޝޫރެންސް އިން ވަނީ، އެ ކުންފުނީގެ ފަރާތުން ނަސީބުވެރި ފަރާތަށް ހުށަހެޅި ޖީއެން ސައިކަލު އީވާން އާ ހަވާލުކޮށްފަ އެވެ.

އިއްތިފާގުން އިއްޔެ އަކީ، ސްކޫލް ނިމުނީއްސުރެ ޖީއެން ސައިކަލެއްގެ އިންތިޒާރުގައި ހުރި އީވާން އަށް 18 އަހަރު ފުރުނުތާ ތިން ވަނަ އަށް ވީ ދުވަހެވެ.

އިންޓަވިއުގައި އީވާން މި ކިޔައިދެނީ، އުފަން ދުވަހުގެ ދެ ދުވަސް ފަހުން ސައިކަލު އަތަށް ލިބި، އެ އުފަލުގައި އުފެދުނު ޝުއޫރުތަކެވެ. ލަކީޑްރޯ ގައި ބައިވެރިވެގެން ނަސީބު އަތުގައި ހިފުމުން އޭނާގެ ދިރިއުޅުމަށް ފަސޭހަކަން ލިބުނު ގޮތެވެ.

ސާފް ޗެމްޕިއަންޝިޕް "ގެސް ދަ ސްކޯ" ލަކީޑްރޯ އަކީ، މެޗްތަކުގެ ސްކޯ ދިމާކޮށްގެން ޖީއެން ސައިކަލެއް ހޯދުމަށް ހުޅުވާލި ލަކީޑްރޯ އެކެވެ. ނަސީބުވެރި އިނާމަށް ޖީއެން ސައިކަލު ހުށަހެޅީ ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް ދޭން ފެށި ފުރަތަމަ އަމިއްލަ ދިވެހި ކުންފުނި، ސޮލެރަލް އިންޝުއަރެންސް އިންނެވެ.

ސޮލަރެލްގެ އިސް ވައްޒަފުން ސައިކަލްގެ ނަސީބުވެރިޔާ މުހައްމަދު އީވާން ނާޒިރުއާއެކު. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު