Advertisement

ރާގޮނޑި ވަންނަ ސަރަހައްދު ތަރައްގީކޮށް ދޭން ބުރުނީ ކައުންސިލުން އެދިއްޖެ

9 ޑިސެންބަރު 2021 - 20:13 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ބުރުނި ރައްޔިތުން ރާގޮނޑި ހިފަނީ: ރާގޮނޑި ހިފުމަކީ އަބަދުވެސް ރަށް އެއްބައިވަންތަ ކުރުވާ ކަމެއް--


ރާގޮނޑި ވަންނަ ސަރަހައްދު ތަރައްގީކޮށް ދޭން ބުރުނީ ކައުންސިލުން އެދިއްޖެ

9 ޑިސެންބަރު 2021 - 20:13 0

ތ. ބުރުނީ ފަޅުތެރެއަށް ރާގޮނޑި ވަންނަ ސަރަހައްދު ތަރައްގީ ކޮށްދިނުމަށް ސަރުކާރުގައި އެދިއްޖެ އެވެ.

ކައުންސިލުން މިކަމަށް އެދުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއެކު ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ކައުންސިލުގެ ފަރާތުން ކައުންސިލުގެ ރައީސް ވަނީ ސަރުކާރުން ރަށުގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ހިންގަމުންދާތީ އެކަން ފާހަގަކުރައްވާފަ އެވެ.

ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް މިވަގުތަށް އެންމެ މުހިންމު ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ވެސް ރައީސްއާ ހިއްސާކުރައްވާފަ އެވެ.

އެގޮތުން، ކައުންސިލުން ވަނީ ކުރިއަށް އޮތް އަހަރު ބަނދަރުގެ މަސައްކަތް ކުރިއަށްގެންދާއިރު އެ މަޝްރޫއުގެ ތެރެއިން ރަށަށް ރާގޮނޑި އައިނު ވަންނަ ސަރަހައްދު ތަރައްގީކުރުމަށް ބޭނުންވާކަން ފާހަގަކޮށްފަ އެވެ.

ރައީސް ސޯލިހް، ތ. ބުރުނީ ކައުންސިލާ ބައްދަލުކުރެއްވުން: ބުރުނީ ކައުންސިލުން ވަނީ އެރަށުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައި-- ފޮޓޯ: ރައީސް އޮފީސް


މީގެ އިތުރުން ކައުންސިލުން ފާހަގަކުރި ކަންކަމަކީ:

  • ރަށުގެ ސްކޫލަށް ކުރިމަތިވާ ދަތިތައް
  • ކައުންސިލް އިމާރާތަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން
  • ރަށުގެ ސިއްހީ މަރުކަޒަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން
  • ރަށުގައި ކުޑަކުދިންގެ ޕާކެއް ހެދުމަށް ބޭނުންވާކަން
  • ރަށް ކައިރީގައި ރިސޯޓެއް ތަރައްގީ ކުރުމަށް ބޭނުންވާކަން

މީގެ އިތުރުން އެ ބައްދަލުވުމުގައި، ބުރުނީގައި އަންނަ އަހަރު ގެސްޓް ހައުސްގެ ވިޔަފާރި ފެށުމަށް ހަމަޖެހިފައިވާތީ އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައްވުމުގައި ކުރިމަތިވާ ގޮންޖެހުންތައް ވަނީ ރައީސް ހިއްސާ ކޮށްފަ އެވެ.

ރައީސް ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. އަދި އެ ކަންކަމުގައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ ތެރެއިން ހައްލު ހޯދައިދެވެންހުރި ކަންކަމުގައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ބުރުނި ހިމެނޭ ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.