ދިގު ވާހަކަ: ތޫފާން

ދިގު ވާހަކަ: ތޫފާން

(ހަ ވަނަބަޔާ ގުޅޭ)

ސުވާލުތަކުން ފުރިފައި އޮތް ހިތަކާއެކު އަހަރެން ހިމޭނުން އޮންނަން މަޖުބޫރުވީ އެވެ. އިރުކޮޅެއް ނުވަނީސް އަނެއްކާ ވެސް ތޫނު އެއްޗެއް ހަރައިލިކަން އެނގެއެވެ. މަޑުމަޑުން ދެ ލޯ މެރެމުން މެރެމުން ގޮސް އެކުގައި ކަޅުވީއެވެ. މުޅި ތަން އަނދިރިވީ އެވެ. ދެން ވީ ނުވީއެއް ނޭނގުނެވެ.

އެތައް އިރެއް ވަންދެން ނިދުމަށްފަހު އަހަންނަށް ހޭލެވުނެވެ. މީހާ ހުރީ ވަރުބަލިވެފައެވެ. ނޭވާ ކުރުވެފަ އެވެ. އެހެންވެ ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ބައެއް ކަންކަން ހަނދާނަށް ތިލަ ވާން ފެށިއެވެ. ކުޑައިރުގެ ހަނދާންތަކެވެ. މަންމަގެ ފިރުމުންތަކެވެ. އިނގިލި ކުރީގައި ހިފައިގެން ސްކޫލަށް ދިޔަ މަންޒަރު ތަކެވެ. މަޑުމަޑުން މަންޒަރުތައް ކުލަވަމުން ދިޔައެވެ. މަންމަގެ އަޑު ވެސް އިރުއިރު ކޮޅާ އިވޭހެން ހީވަމުން ދިޔަ އެވެ.

"ދަރިފުޅު ބޮޑުވެގެން ވާނެ އެހެން މީހުންނަށް ނަމޫނާ އަކަށްވާން. މީހުންނަށް އޯގާތެރި ވާންވާނެ. ކިޔަމަންތެރި ވާންވާނެ." އަހަރެންގެ ކަންފަތް ބުޑުގައި މަންމަ އެހެން ބުނެލިހެން ހީވި އެވެ.

އަހަންނަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. މަންމަގެ އެ ފިރުމުންތަކަށް އެދެވޭ ގޮތްވާން ފެށިއެވެ. އެ އިހުސާސްތައް ތަކުރާރުވާން ބޭނުންވި އެވެ.

"ޔަނާލް ތިޔައީ ވަރަށް ހިތްވަރު ގަދަ ކުއްޖެއްނު ދޯ. ކަންކަމާ ކުރިމަތިލާން ދަސްކުރާންވާނެ އިނގޭ. މިސް މި ހުރީ ޔަނާލްއާއެކު. ބޮޑުބޭބެ އެ ބަހުރި ޔަނާލް ބަލައި އައިސް. އަވަހަށް ދަބަސް ހިފައިގެން ގެއަށްދާން ތެދުވޭ. ހިތްވަރު ކުރަންވާނެ. މަންމަ ނިޔާވެގެން ބަލައި އެ އައީ." އަހަރެން ސްކޫލުގައި އިންދާ ކުލާސް މިސް އައިސް އަހަރެންގެ ގާތުގައި ލޯބިން ފުރިގެންވާ ގޮތަކަށް ބުނެލި އެ ޖުމުލަ ހަނދާންވި އެވެ.

އެ ދުވަހުގެ ހަނދާންތަކާއެކު އެ މާޒީގެ ތެރެއަށް ފީނައި ގަނެވުނެވެ. ކުއްލިއަކަށް މަންމަ ނިޔާވާން ޖެހުނު ސަބަބެއް ނޭނގޭތީއެވެ. އަހަރެން ސުކޫލަށް އައީ މަންމަގެ އަތުން ދިން މީރުމީރު ބުއްތަށި ބޮއެގެންނެވެ. އަހަރެން ބޮލުގައި ފުނާ އަޅައިދިނީ އެ ދެ އަތުންނެވެ. ސްކޫލަށް ދާން ގެއިން ނިކުންނަނިކޮށް ބުނެލި ޖުމުލަ އަދިވެސް ހަނދާނުގައި އެބަހުއްޓެވެ.

"ދަރިފުޅާ އަބަދުވެސް ބަސް އަހާތި. ކުއްޖަކާ ނު ތޮޅޭތި. ކިޔަވައިގެން މޮޅު ކުއްޖަކަށްވާން ވާނެ." މަންމަ އެހެން ބުނެލުމާއެކު އަހަންނަށް މަންމަގެ ގައިގައި ބައްދާލެވުނެވެ.

މަންމަ ތިރިވެލަމުން އަހަރެންގެ ކޮލަށް ދޮނެއް ދިނެވެ. އަދި މަޑުމަޑުން ބުނެލި އެވެ.

"ދުނިޔެއަކީ ވަގުތީ މަންޒިލެއް. ކުލައާއި ވަހާއި ރަހަ ވެސް އެކުލެވޭ މަސްހުނިގަނޑެއް. ހަރުފައާއި މިނިކާވަގާ ދިރިއުޅޭ ޖަންގައްޔެއް. މޭވާއާއި ތަރުކާރީއާއި މީރު ބުއިންތަކުގެ ގޮވައްޗެއް. އެ މީހަކު ދުނިޔެ ބަލަން ބޭނުން ގޮތަކަށް ދުނިޔެ ބަދަލުވާނެ ދަރިފުޅާ. ދަރިފުޅު ދުނިޔޭގައި މަންމަ އަބަދު ނުހުރެދާނެ. އެކަމަކު ދަރިފުޅު ބަލަންވީ މަންމަގެ ލޮލުން. މަންމަގެ އުއްމީދުގައި ކުލަ ޖެއްސޭނީ މަންމަގެ ލޮލުން ބަލައިގެން. މަންމަގެ ފިޔަވަޅު މަތީގައި ހިނގައިގެން."

މަންމަގެ އެ ޖުމުލަތަކުން އަހަންނަށް އެ ދުވަހު އެއްވެސް ކަމެއް ފާހަގައެއް ނުވިއެވެ. އެއްވެސް އެއްޗެއް ދޭހައެއް ނުވެ އެވެ.

"މަންމާ އަހަރެން ބަސް އަހާނަމޭ. މީ މަންމަގެ ދޮންފުތެއްނު." އަހަރެން އެހެން ބުނުމަށްފަހު މަންމަގެ ގައިގައި ބައްދައިލީމެވެ.

އެއީ މަންމައާ އެންމެ ފަހުން ދެކެވުނު ވާހަކައެވެ. މަންމަގެ ފިރުމުންތައް ލިބުނު ފަހު ވަގުތުކޮޅެވެ. މަންމަ ގަދަވެ ސަލާމަތުން ހުއްޓައި ފެނުނު އެންމެ ފަހު ސިކުންތުކޮޅެވެ. ދެން މިވީ ކީއްހެއްޔެވެ؟ މަންމަ ބަލިވީ ހެއްޔެވެ؟ ކުއްލިއަކަށް މަންމަ ނިޔާވީ ހެއްޔެވެ؟

މީހުން ކިޔާ ގޮތުން މަންމަގެ މަރަކީ ގުދުރަތީ މަރެކެވެ. ކުއްލި މަރެކެވެ. މަންމަގެ ވަގުތު ހަމަވީ އެވެ. އަޖަލު ޖެހުނީއެވެ. އަހަރުމެން އިންސާނުންނަކީ އެފަދަ ބައެކެވެ. ބައެއް މީހުންގެ ވަގުތު ހަމަވާންވީމައި އެކަން އިހުސާސް ކުރެވިދާނެއެވެ. އަނެއްބައި މީހުންނަށް އެކަން އެނގި ވެސް ނުލައެވެ. ބައެއް މީހުން ދުނިޔެ ދޫކޮށްފައި ދަނީ އެތައް ވޭނެއް އުފުލުމަށްފަހުއެވެ. އެތައް އުނދަގުލަކާއި ތަކުލީފެއްގެ ފަހުންނެވެ. ނަމަވެސް މަންމައަށް އެއިން އެއްވެސް ކަމެއް ބަރުދާސްތުކުރާކަށް ނުޖެހުނެވެ. ހެނދުނު ސައި ބޮއެގެން އަރާމުކޮށްލަން ޖޯލީގައި އޮށޯވެލި މީހާއަށް ނިދުނީއެވެ. އަބަދުގެ އަބަދަށެވެ. ދުވަހަކު ވެސް ނުހޭލެވޭ ގޮތަށެވެ.

މަންމަ އަކީ ދުވާލު ނިދާ މީހެއް ނޫނެވެ. ފަތިހު މުނާޖާ ކޮނޑު އަޅައިގެން ތެދުވާ ގޮތަށް އެއް ކަމެއް ކޮށްލައި އަނެއް ކަމެއް ކޮށްލައިގެން ދުވަސް ގުނަމުންދިޔަ މީހެކެވެ. ނަމަވެސް އެ ދުވަހު މާ އަރާމުކޮށް ޖޯލީގައި އޮތް މަންޒަރު ބޮޑުބޭބެ އަށް ފެނިގެން ގޮވާގޮވާ ވެސް ހަބަރެއް ނުވުމުން ބެލި އިރު އޮތީ ނިޔާވެފަ އެވެ.

ކުއްލި އަކަށް މަންމަގެ ހަނދާންތަކާއެކު އަހަރެންގެ ހިތް ރޯން ފެށިއެވެ. ބޭރު ފުށުން ފާހަގަ ނުވާ ވަރަށް ރޮއިރޮއި ވަރުބަލިވާ ގޮތްވި އެވެ. ފުން ނޭވާއެއް ދޫކޮށްލެވުނީ ވަރުބަލިކަން އިހުސާސްކުރެވިގެންނެވެ. ދެވަނަ ސިކުންތުގައި ހަނދާނުގައި ކުޅެވެމުން ދިޔައީ ބޮޑުބޭބެ އެ ދުވަހު ދެއްކި ވާހަކަތަކެވެ.

"ޔަނާލް، މަންމައާއި ބައްޕަ ނިޔާވުމަކީ ޔަނާލް މާޔޫސްވާން ޖެހޭނެ ކަމެއް ނޫން. ބޮޑުބޭބެ މި ހުރީ ޔަނާލްއާއެކު. ޔަނާލްގެ ނަސީބުގައި ބައްޕައެއް ފެނުމުގެ ފުރުސަތު ނުލިބުނަސް ޔަނާލްގެ މަންމަގެ ލޯބި ލިބުމުގެ ނަސީބު ލިބުނީތީ ބޮޑުބޭބެ ޝުކުރުކުރާން. ޝުކުރުވެރިވުމަކީ ނިޢުމަތް އިތުރުވާނެ ކަމެއް." ބޮޑުބޭބެ އަހަރެންގެ ބޮލުގައި ފިރުމައިލަމުން ބުނެލި ޖުމުލަތަކުގެ ހަނދާންތައް އާވާން ފެށި އެވެ.

އެ ދުވަހަށް ފަހު އަހަރެންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެންނާން ޖެހުނީ ބޮޑުބޭބެއާއެކު މާލެ ބަދަލުވުމުންނެވެ. އެންމެ ފުރަތަމަ މާލެ އައި ދުވަހުގެ ހަނދާންތަކާއެކު އެ މާޒީގެ ތެރެއަށް އަހަންނަށް ގެނބިގަނެވުނެވެ. ރަށުގެ ހިތްގައިމު މާހައުލުގައި އުމުރުން ފަނަރަ އަހަރު ގުނުނު އިރު އުޅުނު ގޮތާއި މާލޭގައި އުޅެން ޖެހުނު ގޮތް އަޅައި ކިޔެން ފެށުނެވެ. އެކަނިވެރިކަން ވަށައިލައި އެކަހެރިކަން އިސްވާން ފެށީމަ އެވެ.

ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މާލެއަށް ހޭނި އައު ރައްޓެހިން ލިބެން ފެށިއެވެ. ކުލާހުން ފާހަގަކޮށްލެވޭ ކުއްޖެއްގެ ގޮތުގައި ވިދާން ފެށިއެވެ. މަޑުމަޑުން ސްކޫލުގެ ހަރަކާތްތަކުގައި އުޅެންފެށުމުގެ ނަތީޖާއަކަށްވީ ސްކޫލުން ވެސް ފާހަގަކޮށްލެވޭ ކުއްޖަކަށް ވުމެވެ.

ކިޔަވާ ނިންމި އިރަށް ބޮޑުބޭބެގެ ބަހަށް އަނެއްކާ ވެސް ރަށަށް ބަދަލުވާން ޖެހުނެވެ. ބޮޑުބޭބެ ވިޔަފާރިތައް ބަލަހައްޓާ އެކަންކަން ތަރުތީބު ކުރުމަށެވެ.

"ބޮޑުބޭބެ ނެތް ދުނިޔެއެއްގައި މި ވިޔަފާރި ކޮޅަށް ޖަހައި ނަގަހައްޓަން ހުރި މީހަކީ ޔަނާލް. ޔަނާލް ތިއީ ބޮޑުބޭބެގެ ނުއުފަންނަ ދަރިއެއް." ދެ ހެކިން ހެކިކޮށް ބޮޑުބޭބެގެ ހުރިހާ މުދަލެއް އަހަރެންގެ މައްޗަށް ބަދަލުކުރުމުގެ ކުރިން ލޯބިން ފުރިގެންވާ ގޮތެއްގައި ބުނެލި އެވެ.

ބޮޑުބޭބެއަކީ މީހަކާ ނީނދެ އުމުރު ހޭދަކޮށްލި މީހެކެވެ. އަލަތު ލޯބިވެރިޔާގެ ހަނދާނުގައި މުޅި އުމުރު ގުނި މީހެކެވެ.

"ލޯތްބަކީ ކަނު އެއްޗެކޭ މީހުން ބުނަނީ މިހެންވީމަ. ބޮޑުބޭބެ ވެސް މީހަކު ދެކެ ލޯބިވީން. އޭނާއަށް ހިތް ދިނިން. އޭނާ ވެސް ބޮޑުބޭބެ ދެކެ އިންތިހާއަށް ލޯބިވި. ކާވެނީގެ ކަންކަން ވެސް ރޭވިން. ހުރިހާ ކަމެއް ސީދާކޮށް ގޮސް..." ބޮޑުބޭބެ ފެންކަޅިވި އެވެ.

އަހަރެން އިނީ އަޑު އަހާށެވެ. ބޮޑުބޭބެގެ މާޒީގެ ވާހަކަތަކުން ދަރުހެއް ލިބޭނެކަމުގެ އުއްމީދުގައެވެ. ބޮޑުބޭބެ ފެންކަޅިވި މަންޒަރު ފެނުނެވެ. އެ ހިތަށް ކުރި އަސަރު ލޮލުން ހާމަވި އެވެ.

"ކާރު އެކުސިޑެންޓެއްގައި ޔޫކާ އަހަންނާ ވަކިވީ. މުޅި އުމުރަށް އަލްވަދާއުކީ." ބޮޑުބޭގެ ޖުމުލަތައް އަހަރެން ކަންފަތުގައި އިވެމުން ދާކަހަލައެވެ. "ޔަނާލަށް ދަރިއެއް ލިބޭ ދުވަހަކުން ބޮޑުބޭބެ ލޯބީގެ މި ހަނދާން ދިރުވައިދެވިދާނެތަ؟"

އަހަރެން ބަލައިލީ ބޮޑުބޭބެގެ މޫނަށެވެ. އޭނާ ބުނަން އުޅޭ ވާހަކައެއް ސާފު ނުވެގެންނެވެ.

"އާނ! އަންހެން ދަރިއަކު ލިބިއްޖެ ނަމަ ޔޫކާ ކިޔައިދެވިދާނެތަ؟" ބޮޑުބޭބެ އަހަރެންގެ އަތުގައި ހިފައި ބޮޑުބޭބެ އަތްގޮށި ތެރެއަށް މަހައިލި އެވެ.

"އިންޝާﷲ! އަހަރެން ތިޔަ ކަންތައް ކުރާނަން."

އެ ހަނދާންތަކާއެކު އަހަރެންގެ ސިކުނޑީގައި އާލާވާން ފެށީ ލޯބީގެ މާބަގީޗާގެ ތެރޭގައި އުދުހެވުނު ގޮތްތަކެވެ. އެ ހަނދާންތަކެވެ. އެކި މަލުން ފޮނިބޮމުން އަނެއް މަލަށް ތިރި ކުރަމުން އުޅެވުނު އުފާވެރި ދުވަސްތަކެވެ. ވިސްނުމެއް ފިކުރެއް ނެތި ޒުވާންކަމުގެ ޖޯޝުގައި ހޭދަކުރެވުނު އުފާވެރި ހަނދާންތަކެވެ.

"ޔަނާލް. ވިސްނައިލަންވާނެ ބައެއް ކަންކަމަށް. ލޯތްބަކީ ކުޅޭ ކުޅޭ އެއްޗެއް ނޫން. ލޯބިން ކުރާނެ ކަންކަމާއި ލޯބިން ނުކުރާނެ ކަންކަން ހުންނަންވާނެ."

ބޮޑުބޭބެ އެހެންބުނީ ކީއްވެކަން އަހަންނަށް ސާފުވިއެވެ. އެ ދައްކަނީ ކޮން ވާހަކައެއްކަން އަހަންނަށް ޔަގީންވި އެވެ.

"ބޮޑުބޭބެ ވަރަށް ލަދުގަނޭ ޔަނާލް ތިއުޅޭ ގޮތުން. މީހެއް ވެއްޖެ ނަމަ ގޮތެއް ހުންނަންވާނެ. ބޮޑުބޭބެ ނުބުނަން ބޮޑުބޭބެ މިއީ އެންމެ ރަނގަޅު މީހާއެކޭ. އެކަމަކު ބޮޑުބޭބެއަކީ ލޯތްބަށް އިޚްތިރާމުކުރާ މީހެއް ވީމަ މިހެން މި ބުނަނީ. ބޮޑުބޭބެއަށް ލޯބި ދަސްވި ގޮތަށް ޔަނާލްއަށް ލޯބި ދަސްވާން އެދޭތީ މިހެން މި ބުނަނީ."

"ކިހިނެއްވާންވީ؟" އަހަންނަށް އަހައިލެވުނެވެ.

"ބޮޑުބޭބެ ގަސްތުކުރަނީ ޔަނާލް ކޯހަށް ފޮނުވަން. ސާފުކޮށް މި ބުނަނީ ބޮޑުބޭބެގެ އެއް ބޭނުމަކީ ޔަނާލްގެ މާބުރުގެ އުސޫލު ދޫކޮށްލާން ފުރުސަތު ހޯދައިދިނުން. އެހެންވެ ކޯހަށް ވެސް މި ފޮނުވަނީ."

(ނުނިމޭ)

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox