Advertisement

ޑާކްރެއިންގެ ގިރިޓީ ލޯބި މާދަމާ ބައިސްކޯފަށް!

6 ޑިސެންބަރު 2021 - 07:22 0

ގިރިޓީ ލޯބީގެ ލީޑް ރޯލުން ފެނިގެންދާ އާޝާ އާއި ރޯމަން


ޑާކްރެއިންގެ ގިރިޓީ ލޯބި މާދަމާ ބައިސްކޯފަށް!

6 ޑިސެންބަރު 2021 - 07:22 0

ޑާކްރެއިން އެންޓަޓެއިންމަންޓް ގެ ވެބް ސީރީޒް "ގިރިޓީ ލޯބި" އަންގާރަ ދުވަހު ސްޓްރީމް ކުރެވޭނެ ކަމަށް ބައިސްކޯފުން ބުނެފި އެވެ.

ޒުވާން ދެ ތަރިން ކަމުގައިވާ މުހައްމަދު ވިޝާލް (ރޯމަން) އާއި އައިމިނަތު ރަޝްފާ (އާޝާ) ލީޑް ރޯލުން ފެނިގެންދާ މި ސީރީޒަކީ ކޮމެޑީ ޑްރާމާއެކެވެ. މީގެ އިތުރުން މުހިންމު ރޯލުތަކުން މުހައްމަދު މަނިކު، މުހައްމަދު ފައިސަލް އަދި އާދަމް ރިޒްވީ (ރެކްސް) ފެނިގެން ދާއިރު، މުޅިން އާ މޫނުތަކެއް ވެސް ކާސްޓުންގެ ތެރޭގައި ހިމެނެ އެވެ.

ހެއްވާ މަޖާ ކަންތައްތަކާއި ލޯބީގެ ރަހަތައްވެސް ނިކަން ފުރިހަމައަށް ފެންނާނޭ ކަމަށް ބެލެވޭ މި ސިރީޒަކީ މުހައްމަދު އަލީ (މޮގާ) އާއި އާއިޝަތު ފުއާދު ޕްރޮޑިއުސްކުރާ ސީރީޒް އެކެވެ. އަހުމަދު ޒަރީރުގެ ސްކްރީން ޕްލޭއަކަށް "ގިރިޓީ ލޯބި" ޑައިރެކްޓް ކޮށްދީފައި ވަނީ އަލީ ޝިފާއު (ޗިއްޕެ) އެވެ.

ޖުމްލަ 20 އެޕިސޯޑު ހިމެނޭ މި ސީރީޒްގެ ޓްރެއިލާ ވަނީ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ރިލީޒް ކޮށްފަ އެވެ. ސީރީޒްގެ ލަވަތައް ސައުންޑް ކްލައުޑް އިން އަޑުއަހާލެވޭނެ އެވެ.