Advertisement

"ދަ ވޮއިސް ކިޑްސް ރަޝިޔާ" ގެ އޮންލައިން އޮޑިޝަނުން އެލީ ހޮވިއްޖެ

26 ނޮވެންބަރު 2021 - 06:30 0

ލައިބާ އަހުމަދު މަހުލޫފު(އެލީ)


"ދަ ވޮއިސް ކިޑްސް ރަޝިޔާ" ގެ އޮންލައިން އޮޑިޝަނުން އެލީ ހޮވިއްޖެ

26 ނޮވެންބަރު 2021 - 06:30 0

ދުނިޔޭގެ މަޝްހޫރު ރިއަލިޓީ ޓެލެންޓް ޝޯއެއް ކަމުގައިވާ "ދަ ވޮއިސް ކިޑްސް ރަޝިއާ"ގެ ބައިވެރިވެ ލައިބާ އަހްމަދު މަހުލޫފު(އެލީ) ފުރަތަމަ އޮޑިޝަނުން ކާމިޔާބު ހޯދައިފި އެވެ. އެލީ ދެން ހުށަހަޅަން ޖެހެނީ ޝޯގެ ޕްރޮޑިއުސާސް އޮޑިޝަންގަ އެވެ.

"ދަ ވޮއިސް ކިޑްސް " ފްރެންޗައިސްއަކީ ދުނިޔޭގެ ތަފާތު 15 ގައުމެއްގައި ކާމިޔާބުކަމާއި ގެނެސްދޭ ޝޯ އެކެވެ. މި ޝޯގައި ބައިވެރިވެވެނީ އުމުރުން 7 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނަށެވެ.

އުމުރުން އަށް އަހަރުގެ އެލީ އައީ ޖޫން މަހުން ފެށިގެން މި އޮޑިޝަން އަށް ތައްޔާރުވަމުންނެވެ. އޮޑިޝަނުގެ ހާއްސަ ތައްޔާރީގެ ގޮތުގައި އިނގިރޭސި ކަވާތަކެއްވެސް ރެކޯޑްކޮށް ނެރުނެވެ. މި މަސައްކަތްތައް ކުރަމުން ދިޔައީ މުބާރާތަށް ހާއްސަކޮށް ކޯޗުކޮށް ދެމުން އަންނަ ޖޫލިއާއާ އެކީގަ އެވެ. އެލީގެ އެންމެ ފަހުގެ ކަވާ ޗީޕް ތްރިލްސްގައި ޖޫލިއާގެ އަޑުވެސް އިވިގެންދެ އެވެ.

އެލީ ކާމިޔާބު ހޯދި އޮންލައިން އޮޑިޝަންގައި ހުށަހަޅައި ދިނީ ޓޭލާ ސްވިފްޓްގެ ”ޔޫ ބިލޯންގް ވިތް މީ” އާއި ސިއާގެ ”ޗީޕް ތްރިލްސް“ އެވެ. ދެ ވަނަ އަށް އޮތް ޕްރޮޑިއުސާސް އޮޑިޝަންގައި ތަފާތު ތިން ލަވައެއް ހުށަހަޅައިދޭން ޖެހެ އެވެ.

މި ކާމިޔާބީ އާއި މެދު އެލީގެ ބައްޕަ އަދި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވީ މިހާރު އެލީ ތައްޔާރުވަމުން ދަނީ ޑިސެމްބަރު 6 އިން 9 އަށް ރަޝިޔާގައި ކުރިއަށްދާ ޕްރޮޑިއުސާސް އޮޑިޝަނަށް ކަމަށެވެ.

މި ރައުންޑް އިން ހޮވިއްޖެނަމަ ދެން އެލީ ލަވަ ހުށަހަޅާދޭނީ ލައިވް ޝޯގެ ބްލައިންޑް އޮޑިޝަންގަ އެވެ. ދަ ވޮއިސް ކިޑްސް ފްރެންޗައިސްގެ ޔޫކޭ މުބާރާތަށް ވެސް އެލީގެ ހުށަހެޅުންތައް ވަނީ ފޮނުވާފަ އެވެ.