Advertisement

އެމްއެންޔޫ ފެބްރުއަރީ އިންޓޭކުގެ ކޯސްތަކުގެ ފުރުސަތު ހުޅުވާލައިފި

15 ނޮވެންބަރު 2021 - 10:50 1

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ މައި ކެމްޕަސް. އެމްއެންޔޫ އިން މިހާރު ވަނީ 2022ގެ ފުރަތަމަ ޓާމްގެ ކޯސްތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލާފައި. -- ފޮޓޯ:އެމްއެންޔޫ


އެމްއެންޔޫ ފެބްރުއަރީ އިންޓޭކުގެ ކޯސްތަކުގެ ފުރުސަތު ހުޅުވާލައިފި

15 ނޮވެންބަރު 2021 - 10:50 1

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން އަންނަ އަހަރުގެ ފެބްރުއަރީ އިންޓޭކުގެ ކޯސްތަކަށް ހުށަހެޅުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

މި ކޯސްތަކުގައި ބައިވެރިވުމަށް ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ ޖެނުއަރީ 27 ވަނަ ދުވަހެވެ.

މިފަހަރުގެ އިންޓޭކްގެ ކޯސްތަކަށް އެދި ހުށަހެޅުމުގެ ޝަރުތުތައް ލުއިކޮށްދީފައިވާނެ ކަމަށް އެމްއެންޔޫއިން ފާހަގަކުރެ އެވެ. އެޕްލިކޭޝަން ޕްރޮސެސްވެސް ވީހާވެސް ފަސޭހަ ކޮށްދިނުމަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ކޯހަށް ހެދި ހުށަހެޅޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.

އެމްއެންޔޫ އިން މައުލޫމާތުދޭ ގޮތުގައި އަންނަ އަހަރުގެ ފުރަތަމަ ޓާމްގެ ކޯސްތަކަށް އެދި ހުށަހަޅާ އިރު ސެޓްފިކެޓްތައް އެޓެސްޓުކޮށްފައި ނެތަސް ހުށަހެޅޭނެ އެވެ. އަދި އޭލެވެލް ހަދާ ދަރިވަރުންގެ ފައިނަލް ނަތީޖާ ނުލިބުނު ނަމަވެސް ކޮންޑިޝަނަލް އޮފާ ލިބޭނެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

އަންނަ އަހަރުގެ ފެބްރުއަރީ އިންޓޭކްގައި 113 އަށް ވުރެ ގިނަ ކޯސްތަކަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މިކޯސްތަކުގެ މައުލޫމާތު އެމްއެންޔޫގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.