Advertisement

33 އެއާލައިނަކުން މިހާރު ރާއްޖެއަށް ދަތުރުކުރޭ

13 ނޮވެންބަރު 2021 - 14:17 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވާ ފްލައިޓްތަކެއް. ޝެޑިއުލް ދަތުރުތަކުގެ އިތުރުން ޗާޓާޑް ދަތުރުތައް ކުރާ އެއާލައިންތައްވެސް ދަނީ އިތުރުވަމުން. -- ފޮޓޯ: ވެލާނާ އިންޓަނޭޝަން އެއާޕޯޓް


33 އެއާލައިނަކުން މިހާރު ރާއްޖެއަށް ދަތުރުކުރޭ

13 ނޮވެންބަރު 2021 - 14:17 0

ރާއްޖެއަށް މިހާރު 33 އެއާލައިނަކުން ދަތުރުތައް ކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

ދުނިޔޭގެ ބޮޑެތި އެއާލައިންތަކުގެ ތެރޭގައި ފާހަގަކުރެވޭ ޓާކިޝް އެއާލައިން، އިއްތިހާދު އެއާވޭސް އަދި ގަތަރު އެއާލައިން ފަދަ ގިނަ އެއާލައިންތަކަކުން ދަނީ ދުނިޔޭގެ އެކި ހިސާބުތަކުން ރާއްޖެއަށް ދަތުރުތައް ކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތައް ދައްކާގޮތުން މިހާރު ރާއްޖެއަށް އަލަށް ދަތުރުތައް ފަށައިގެން އުޅޭ އެއާލައިންތަކުގެ ތެރޭގައި ސައުދީ އެރަބިއަން އެއާލައިންސް، އުޒްބެކިސްތާން އެއާލައިންސް، ނެއޯސް އެއާ އަދި ބްލޫ ޕެނެރޯމާ އެއާލައިން ހިމެނެ އެވެ.

ދުނިޔޭގެ ހުރިހާ ހިސާބަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުވަމުންދާ އިރު، މިދިޔަ އަހަރާ އަޅާބަލާއިރު އެންމެ ބޮޑު ބަދަލެއް އައިސްފައި ވަނީ އެފްރިކާ ސަރަހައްދުން ރާއްޖެ އަންނަމުންދާ ފަތުރުވެރިންގެ އަދަދަށެވެ.


މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެފްރިކާގެ ގައުމުތަކުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 451.9 ޕަސެންޓް އިތުރުވެފަ އެވެ.

މެދުއިރުމަތީގެ ގައުމުތަކުން އައި ފަތުރުވެރިންގެ އަދަދު 304.2 ޕަސެންޓް އިތުރުވެފައިވާ އިރު، އެމެރިކާގެ ގައުމުތަކުން އައި ފަތުރުވެރިންގެ އަދަދު ވަނީ 159.6 ޕަސެންޓް އިތުރުވެފަ އެވެ.

މީގެ އިތުރުން އޭޝިއާގެ ގައުމުތަކުން އައި ފަތުރުވެރިންގެ އަދަދު 108.4 ޕަސެންޓް އިތުރުވެފައިވާ އިރު، ޔޫރަޕުން އަންނަ ފަތުރުވެރިންގެ އަދަދު ވަނީ 98.6 ޕަސެންޓް އިތުރުވެފަ އެވެ.

ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެއް މިލިއަން ފަސްދޮޅަސް ހާހަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، އަންނަ އަހަރުގެ މާޗް މަހާ ހަމައަށް ރެކޯޑް އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމަށް ސިނާއަތުގެ ހިއްސާދާރުން ލަފާކުރެ އެވެ.