Advertisement

ކޮޕް26: މޫސުމީ ބަދަލާ ދެކޮޅަށް ވަގުތުން ފިޔަވަޅު އެޅުމަށް 200 ސައިންސްވެރިން ގޮވާލައިފި

12 ނޮވެންބަރު 2021 - 06:39 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކޮޕް26 އާ ދިމާކޮށް ތިމާވެށި އެކްޓިވިސްޓުން ބޭއްވި އެއްވުމެއް. -- ފޮޓޯ: އޭއެފްޕީ


ކޮޕް26: މޫސުމީ ބަދަލާ ދެކޮޅަށް ވަގުތުން ފިޔަވަޅު އެޅުމަށް 200 ސައިންސްވެރިން ގޮވާލައިފި

12 ނޮވެންބަރު 2021 - 06:39 0

ގްލާސްގޯ، ޔޫކޭ (ނޮވެމްބަރު 11) - މޫސުމީ ބަދަލުގެ އަސަރު ކުޑަކުރަން ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލައި 200 އަށް ވުރެ ގިނަ ސައިންސްވެރިންގެ ފަރާތުން ކޮޕް26 ސަމިޓަށް ހުޅުވާލާފައިވާ ސިޓީއެއް ފޮނުވައިފި އެވެ.

ގްލާސްގޯގައި މިހާރު ކުރިއަށްދާ މޫސުމީ ބަދަލާ ގުޅޭ އދ. ގެ ކޮންފެރެންސްގެ މައިގަނޑު މަގްސަދަކީ ޕެރިސް އެއްބަސްވުން ތަންފީޒު ކުރާނެ ގޮތްތައް ކަނޑައެޅުމެވެ. ޕެރިސް އެއްބަސްވުމުގައި ގައުމުތަކުން ވައުދުވީ ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތިވިޔަ ނުދީ ހިފެހެއްޓުމަށެވެ.

ނަމަވެސް ކޮޕް26 ސަމިޓު ނިމެން ގާތްވެފައި ވާއިރު، އެ ލަނޑުދަނޑި އަށް ވާސިލްވުމަށް ގައުމުތަކުން ކުރާނެ ކަމަށް ބުނެފައިވާ ކަންކަމުން ނުފުދޭ ކަމަށް އދ. އިން ބުނެ އެވެ. އެގޮތުން މިހާރު ގައުމުތަކުން އަޅާނެ ކަމަށް ބުނެފައިވާ ފިޔަވަޅުތަކާ އެކު ވެސް 2100 ވަނަ އަހަރާ ހަމައަށް ދާއިރު 2.7 ޑިގްރީ ސެލްސިއަސް އިން ދުނިޔެ ހޫނުވާނެ ކަމަށް ސައިންސްވެރިން ލަފާކުރެ އެވެ.

"އަޅުގަނޑުމެން، މޫސުމީ ބަދަލާ ގުޅޭ ސައިންސްވެރިން، ދެކޭ ގޮތުގައި ވަގުތުން ވަގުތަށް، ވަރުގަދަ، ދެމެހެއްޓެނިވި އަދި ފުޅާކޮށް ފެތުރިގެންދާ ފިޔަވަޅުތަކެއް އެޅުން މަޖުބޫރު،" ދުނިޔޭގެ އެކި ކަންކޮޅުތަކުން ސައިންސްވެރިން ސޮއިކޮށްފައިވާ ސިޓީގައި ވެ އެވެ.

މިދިޔަ އޯގަސްޓު މަހު އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) އިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ 2030 ވަނަ އަހަރާ ހަމައަށް ދާއިރު 1.5 ޑިގްރީ ސެލްސިއަސް އިން ދުނިޔެ ހޫނުވާނެ ކަމަށެވެ. އެއީ މީގެ ތިން އަހަރު ކުރިން ލަފާކުރި ވަރަށް ވުރެ 10 އަހަރު އަވަސް މުއްދަތެކެވެ.

އައިޕީސީސީން ބުނެފައި ވަނީ 2030 ވަނަ އަހަރާ ހަމައަށް ދާއިރު 1.5 ޑިގްރީ ސެލްސިއަސް އިން ދުނިޔެ ހޫނު ނުވާނެ ގޮތް ހެދުމަށް ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ކާބަން ބޭރު ކުރާ މިންވަރު 45 ޕަސެންޓު މަދު ކުރަން ޖެހޭނެ ކަމަށެވެ.