Advertisement

ކ. އަތޮޅުގައި 3 ޕިކްނިކް އައިލެންޑް، އެމްޓީސީސީގެ އަމާޒަކީ އަންނަ އަހަރު ހުޅުވުން

12 ނޮވެންބަރު 2021 - 08:37 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ކ. މާފުށި ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރަން އެމްޓީސީސީން ތައްޔާރުވަނީ. --ފޮޓޯ: އެމްޓީސީސީ


ކ. އަތޮޅުގައި 3 ޕިކްނިކް އައިލެންޑް، އެމްޓީސީސީގެ އަމާޒަކީ އަންނަ އަހަރު ހުޅުވުން

12 ނޮވެންބަރު 2021 - 08:37 0

ކ. އަތޮޅުގައި ތަރައްގީ ކުރާ ތިން ޕިކްނިކް އައިލެންޑުގެ މަސައްކަތް އަންނަ އަހަރު ނިންމަން އަމާޒުކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ކ. ކުޑަގިރި، ކ. މާފުށި އަދި ކ. ގުރައިދޫ ފަޅުގައި ބިން ހިއްކައިގެން ތަރައްގީ ކުރާ ޕިކްނިކް އައިލެންޑްގެ މަސައްކަތް ފެށުމަށްޓައި ޕްރޮޖެކްޓް ސައިޓް މޯބަލައިޒްކުރެވިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ ތިން ޕިކްނިކް އައިލެންޑުގައި ވެސް އާއިލީ ކޮޓަރިތަކާއި ފާހާނާ އާއި ޗޭންޖިން ރޫމާއި ނާސިމް ރޫމާއި ލޮކާ ރޫމާއި އިވެންޓްސް ސްޕޭސް އަދި ނަމާދުކުރާ ކޮޓަރި ހުންނާނެ އެވެ. މީގެ އިތުރުން ކުޑަކުދިން ކުޅޭ ސަރަހައްދަކާއި، ބީޗް ކުޅިވަރުތައް ކުޅޭ ސަރަހައްދެއްގެ އިތުރުން ބާބަކިއު ސަރަހައްދު ވެސް ތަރައްގީ ކުރާނެ އެވެ. އަދި ރަށްރައް ފަރުމާކޮށްފައިވަނީ ތަފާތު ގިނަ ކުޅިވަރުތައް ކުޅެވޭނެ ޖާގައާއެކު އެވެ.

ކ. އަތޮޅުގައި ތަރައްގީ ކުރާ ޕިކްނިކް އައިލެންޑްތައް


ކުޑަގިރި ޕިކްނިކް އައިލެންޑް 41.48 މިލިޔަން ރުފިޔާގެ މަޝްރޫއުއެއް ބޮޑުމިނުގައި 8 ހެކްޓަރު ތިލަފުށި ބިތްދޮށުގައި މާލެއާ 10.5 ކިލޯ މީޓަރު ދުރުގައި އޮންނަ ފަޅެއް މާފުށި ޕިކްނިކް އައިލެންޑް: 10.8 މިލިއަން ރުފިޔާގެ މަޝްރޫއުއެއް ބޮޑުމިނުގައި 2 ހެކްޓަރު މާފުށީ ފަޅުގައި ގުރައިދޫ ފިކްނިކް އައިލެންޑް: 13.4 މިލިއަން ރުފިޔާގެ މަޝްރޫއުއެއް ބޮޑުމިނުގައި 1.7 ހެކްޓަރު ގުރައިދޫ ފަޅުގައި

މާލޭގައި ދިރިއުޅޭ މީހުން ދަތުރުދިއުމަށް އެންމެ ކުރީއްސުރެ ބޭނުން ކުރަމުން އައިސްފައި ވަނީ ކުޑަ ބަނޑޮހެވެ. ނަމަވެސް ރިސޯޓެއް ހެދުމަށް އެރަށް 2013 ގައި ބަންދުކުރި އެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރުދާނެ ރަށެއް ކަނޑައެޅުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. މި ވައުދު ފުއްދުމަށްޓަކައި 2019 ވަނަ އަހަރުގެ އޭޕްރީލް މަހު ސަރުކާރުން ވަނީ އެ މަޝްރޫއު އިފްތިތާހްކޮށްފަ އެވެ. ސަރުކާރުން އޭރު ނިންމީ ކ. އެނބޫދޫފަޅުން ރަށެއް އެކަމަށް ހާއްސަކޮށް ކުރާށެވެ.