Advertisement

ކޮޕް26 ޑްރާފްޓު އެއްބަސްވުމުގެ ފޯކަސް އެޑެޕްޓޭޝަނާއި ފައިސާގެ ވާހަކަ އަށް

11 ނޮވެންބަރު 2021 - 09:32 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިނގިރޭސި ބޮޑު ވަޒީރު ބޮރުސް ޖޯންސަން ކޮޕް26 ސަމިޓުގައި. -- ފޮޓޯ: ރޮއިޓާޒް


ކޮޕް26 ޑްރާފްޓު އެއްބަސްވުމުގެ ފޯކަސް އެޑެޕްޓޭޝަނާއި ފައިސާގެ ވާހަކަ އަށް

11 ނޮވެންބަރު 2021 - 09:32 0

މިހާރު ކުރިއަށްދާ މޫސުމީ ބަދަލާ ގުޅޭ އދ. ގެ ބައްދަލުވުން ކޮޕް26 ގައި ގައުމުތަކުން އެއްބަސްވާ ކަންކަމުގެ ފުރަތަމަ ޑްރާފްޓު އާއްމުކޮށްފި އެވެ.

ޑްރާފްޓު އެއްބަސްވުމުގައި ވަނީ ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ ތިރީގައި ބެހެއްޓުމަށް ގައުމުތަކުން އަޅާނެ ފިޔަވަޅުތައް ހިމަނާފަ އެވެ.

އޭގެ ދަށުން ވަނީ މުއްސަނދި ގައުމުތަކުން ފަގީރު ގައުމުތަކަށް އެހީވުމަށް ބާރު އަޅާފަ އެވެ. ހަތް ސަފުހާގެ ޑްރާފްޓު އެއްބަސްވުން ބޮޑަށް ފޯކަސްކޮށްފައި އޮތީ އެޑެޕްޓޭޝަނާއި ފައިނޭންސްގެ ބައިތަކަށެވެ.

ސަމިޓުގައި މިހާތަނަށް ގައުމުތަކުން ގިނަ ވައުދުތެކައި ވެފައިވީ ނަމަވެސް، ދުނިޔޭގެ މިސްރާބު ހުރީ 2.4 ޑިގްރީ ސެލްސިއަސް އިން ހޫނުވުމަށް ކަމަށް ކްލައިމެޓް އެކްޝަން ޓްރެކާގެ ރިޕޯޓެއްގައި ވެ އެވެ.

ދެ ޑިގްރީ ސެލްސިއަސް އިން ދުނިޔެ ހޫނުވެއްޖެ ނަމަ އެއް ބިލިއަން މީހުން އުޅެން ޖެހޭނީ އާދަޔާ ހިލާފަށް ހޫނުވުމާއި ފެން ނުލިބުމުގެ މައްސަލަތަކުގެ ތެރޭގަ އެވެ.

ސައިންޓިސްޓުން ބުނެފައި ވަނީ މޫސުމީ ބަދަލުގެ ބޮޑެތި އަސަރުތަކުން ސަލާމަތް ވާނީ ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތިވިޔަ ނުދީ ހިފަހައްޓައިގެން ކަމަށެވެ.