Advertisement

ކޮޕް26 ގެ މަޝްވަރާތައް ވިލަރެސްކުރުމުގެ ޒިންމާ ޝައުނާ އަށް

9 ނޮވެންބަރު 2021 - 14:12 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް


ކޮޕް26 ގެ މަޝްވަރާތައް ވިލަރެސްކުރުމުގެ ޒިންމާ ޝައުނާ އަށް

9 ނޮވެންބަރު 2021 - 14:12 0

ސްކޮޓްލެންޑުގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ މޫސުމީ ބަދަލާ ގުޅޭ އދ. ގެ ސަމިޓް، ކޮޕް26 އަށް އެއްބަސްވި ކަންކަން ތަންފީޒުކުރުމަށްޓަކައި ކުރިއަށްގެންދާނެ މިނިސްޓްރީއަލް މަޝްވަރާތައް ވިލަރެސްކުރަން ރާއްޖޭގެ އެންވަޔަރުމެންޓް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ އައްޔަންކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވި ގޮތުގައި ޝައުނާ އެ މަގާމަށް އައްޔަން ކޮށްފައިވަނީ ކޮޕް26 ސަމިޓުގެ ރައީސް އިނގިރޭސި ވިލާތުގެ އަލޯކް ޝަރްމާ ކަމަށެވެ.

މި މަޝްވަރާތަކުގެ ތެރޭގައި ޕެރިސް އެގްރީމަންޓްގެ ދަށުން ހާސިލްކުރާ އަމާޒު ކަނޑައެޅުމަށްޓަކައި އަމަލުކުރާނެ ގޮތަކާ މެދު އެއްބަސްވުމަކަށް އައުން ހިމެނެ އެވެ.

މަބްރޫކް ވިދާޅުވީ މި ސަމިޓްގެ ކުރިއަށް އޮތް ދުވަސްތަކުގައި މިނިސްޓަރު މަސައްކަތް ކުރައްވާނީ ސްޕެއިންގެ ވައިސް ރައީސް އަދި މިނިސްޓަރ ފޯ ދަ އިކޮލޮޖިކަލް ޓްރާންސިޝަން މިސް ޓެރެސާ ރިބެރާއާއެކުގައި ކަމަށެވެ.

ކޮޕް 26 ސަމިޓުގައި 200 ގައުމުން ހުށަހަޅަން ޖެހެނީ 2030 ވަނަ އަހަރު އަންނަން ވާ އިރަށް ޖައްވަށް ބޭރު ކުރާ ގޭސް މަދު ކުރަން އަޅާނެ ފިޔަވަޅުތަކުގެ ތަފްސީލެވެ.