Advertisement

ބޭލް އަލުން ގައުމީ ސްކޮޑަށް، 100 ވަނަ މެޗު ހަމަކުރުމުގެ ފުރުސަތު

2 ނޮވެންބަރު 2021 - 10:34 0

ވޭލްސްގެ މެޗެއްގެ ތެރެއިން ބޭލް ބޯޅަ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ


ބޭލް އަލުން ގައުމީ ސްކޮޑަށް، 100 ވަނަ މެޗު ހަމަކުރުމުގެ ފުރުސަތު

2 ނޮވެންބަރު 2021 - 10:34 0

ކާޑިފް (2 ނޮވެމްބަރު) - އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ދުވަސްތަކެއް ހޭދަކޮށްފައިވާ ރެއާލް މެޑްރިޑްގެ ފޯވަޑް ގެރެތު ބޭލް ވޭލްސްގެ ގައުމީ ޓީމަށް ނަގައިފި އެވެ.

ވޭލްސްގެ ގައުމީ ޓީމަށް 99 މެޗު ކުޅެފައިވާ ބޭލް އަށް އަނިޔާގެ ސަބަބުން އޮކްޓޯބަރު މަހު ވޭލްސް ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތަކުގައި ނުކުޅެވުނެވެ.

ވޯލްޑް ކަޕްގެ ކޮލިފައިންގައި ބެލާރޫސް އާއި ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ނެގި ސްކޮޑުގައި ބޭލް ހިމެނުމުން، އޭނާ އަށް ވަނީ ވޭލްސްގެ ގައުމީ ޓީމަށް 100 މެޗު ހަމަކުރުމުގެ ފުރުސަތު ލިބިފަ އެވެ.

އެސްޓޯނިއާއާ ދެކޮޅަށް ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހު ވޭލްސް ކުޅުނު މެޗަށް ފަހު، ބޭލް ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ވޭލްސް ހިމެނޭ ގުރޫޕްގެ ދެވަނަ ހޯދުމަށް އެ ޓީމުން މަސައްކަތްކުރަމުންދާއިރު، ބޭލް އަލުން ޓީމާ ގުޅުމަކީ އެ ޓީމުގެ ކޯޗު ރޮބާޓް ޕޭޖަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ޔުވެންޓަސްގެ މިޑްފީލްޑަރު އާރޮން ރަމްސީ ވެސް ވަނީ ވޭލްސްގެ ސްކޮޑުގައި ހިމަނައިފަ އެވެ. އަނިޔާގެ މައްސަލައަކާ ގުޅިގެން، އިޓާލިއަން ލީގުގައި ޔުވެންޓަސް އެންމެ ފަހުން ކުޅުނު މެޗުގައި ރަމްސީ ނުފެނެ އެވެ. -- ބީބީސީ