Advertisement

އެމްއެންޕީގެ މެމްބަރުން ހިމަނައި މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް ބަދަލު ގެނެސްފި

1 ނޮވެންބަރު 2021 - 10:20 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މަޖިލީހުގެ ޖަލްސާއެއްގައި. -ފޮޓޯ: މަޖިލިސް


އެމްއެންޕީގެ މެމްބަރުން ހިމަނައި މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް ބަދަލު ގެނެސްފި

1 ނޮވެންބަރު 2021 - 10:20 0

ރައްޔިތުންގެ މަޖިލިސް ތަމްސީލުކުރާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ހިމެނުމާއެކު، އެ ޕާޓީގެ ތިން މެމްބަރުން ހިމަނައިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް ބައެއް ބަދަލުތައް ގެންނަން ފާސްކޮށްފި އެވެ.

އެމްއެންޕީއަކީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެމްބަރުންގެ ގޮތުގައި މަޖިލިސް ތަމްސީލު ކުރައްވަމުން ގެންދެވި އަބްދުﷲ ރިޔާޒްގެ އިތުރުން ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްވެ އުފައްދަވާފައިވާ ޕާޓީއެކެވެ.

ނާޒިމާއި ރިޔާޒްގެ އިތުރުން، ވިލިމާލެ ދާއިރާގެ މިނިވަން މެމްބަރު އަހްމަދު އުޝާމް ވެސް އެ ޕާޓީއާ ވަނީ ގުޅިވަޑައިގެންފަ އެވެ.

މަޖިލީހުގެ ދަފްތަރުގައި އެމްއެންޕީ ހިމަނާފައިވާތީ، މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި އީވާ އަބްދުﷲ ވިދާޅުވީ އެ ޕާޓީ ތަމްސީލުވާ ގޮތަށް މަޖިލީހުގެ ޖުމްލަ 17 ދާއިމީ ކޮމިޓީގެ ތެރެއިން ބައެއް ދާއިމީ ކޮމިޓީތަކަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.

ދާއިމީ ކޮމިޓީތަކަށް ގެންނައި ބަދަލު

  • ހާރިޖީ ގުޅުންތަކުގެ ކޮމިޓީ: ދަނގެތި ދާއިރާގެ އެމްއެންޕީ މެމްބަރު މުހައްމަދު ނާޒިމް އަދި ތުލުސްދޫ ދާއިރާގެ މިނިވަން މެމްބަރު އިބްރާހިމް ނަސީމް
    1. ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ - ދަނގެތި ދާއިރާގެ އެމްއެންޕީ މެމްބަރު މުހައްމަދު ނާޒިމް
    2. މާލިއްޔަތު ކޮމިޓީ: ތިމަރަފުށި ދާއިރާގެ އެމްއެންޕީ މެމްބަރު އަބްދުﷲ ރިޔާޒް
    3. ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ - ތިމަރަފުށި ދާއިރާގެ އެމްއެންޕީ މެމްބަރު އަބްދުﷲ ރިޔާޒް
    4. ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީ: ވިލިމާލެ ދާއިރާގެ އެމްއެންޕީ މެމްބަރު އަހްމަދު އުޝާމް އަދި ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސެއިން
    5. މިނިވަން މުއައްސަސާތަކުގެ ކޮމިޓީ: ވިލިމާލެ ދާއިރާގެ އެމްއެންޕީ މެމްބަރު އަހްމަދު އުޝާމް
    6. ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ: ވިލިމާލެ ދާއިރާގެ އެމްއެންޕީ މެމްބަރު އަހްމަދު އުޝާމް

    އެއާއެކު ދާއިމީ ކޮމިޓީތަކަށް ގެނައި ބަދަލުތައް މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 34 މެމްބަރުންގެ އިއްތިފާގުންނެވެ.

    މިނިވަން މެމްބަރުންގެ ގޮތުގައި ތިއްބަވާ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލްމުހްސިން ހަމީދާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެމްއެންޕީއާ އުފެއްދިއިރު އެ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް، ފަހުން އެ ދެ މެމްބަރުން ވެސް ވަނީ އެ ހިޔާލު ބަދަލުވެއްޖެކަމަށް ވިދާޅުވެ، އެމްއެންޕީއާ ގުޅިވަޑައިގަތުމަށް ނިންމި ނިންމުން އަނބުރާ ގެންގޮސްފަ އެވެ.

    އެމްއެންޕީގެ އަމާޒަކީ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް ވުން ކަމުގައި ނާޒިމް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.