Advertisement

ގުރައިދޫގެ ހިއްކި ބިމުން ބޮޑު ބައެއް ހައުސިން ޕްރޮޖެކްޓްތަކަށް

23 އޮކްޓޯބަރު 2021 - 14:06 2

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

ކ. ގުރައިދޫ އިން ހިއްކި ބިން؛ ބިމުގައި ގިނަ މަޝްރޫއުތަކެއް ހިންގުމުގެ ވިސްނުން ރަށު ކައުންސސިލުން ގެންގުޅޭ. -- ފޮޓޯ:އެމްޓީސީސީ


ގުރައިދޫގެ ހިއްކި ބިމުން ބޮޑު ބައެއް ހައުސިން ޕްރޮޖެކްޓްތަކަށް

23 އޮކްޓޯބަރު 2021 - 14:06 2

ކ. ގުރައިދޫ އިން ހިއްކި ބިމުގެ ބޮޑުބައެއް ބޭނުންކުރާނީ ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކަށް ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

ގުރައިދޫގައި ހިއްކާފައި ވަނީ 15 ހެކްޓަރުގެ ބިމެކެވެ. މީގެ ކުރިން ގުރައިދޫގެ ބިމުގެ ބޮޑު މިނަކީ 21.89 ހެކްޓަރެވެ. އަލަށް ހިއްކައި ނިމުނު ބިމާއެކު ގުރައިދޫގެ ބިމުގެ ބޮޑުމިން ވަނީ 36.89 ހެކްޓަރަށް އިތުރުވެފަ އެވެ.

ބިން ހިއްކުމަށް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ. އެކުންފުނިން މިހާރު އެ މަސައްކަތް ނިންމާފައިވާ ކަމަށް ރަށު ކައުންސިލްގެ ރައީސް ހުސައިން ޔާމީން މުހައްމަދު "އަދަދު" އަށް ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ބިން އަދި ކައުންސިލާ ހަވާލުނުކުރާ ކަމަށެވެ. ހަވާލުކުރުމުން އެބިމުގައި ވަރަށް ގިނަ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ވިސްނުން ކައުންސިލުން ގެންގުޅޭ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ކ. ގުރައިދޫ އިން ހިއްކި ބިން؛ ބިމުގައި ގިނަ މަޝްރޫއުތަކެއް ހިންގުމުގެ ވިސްނުން ރަށު ކައުންސސިލުން ގެންގުޅޭ. -- ފޮޓޯ:އެމްޓީސީސީ


ގުރައިދޫ ކައުންސިލުން މިހާރު ދަނީ ރަށުގެ ލޭންޑްޔޫސް ޕްލޭން ހަދަމުންނެވެ. ކައުންސިލްގެ ރައީސް ވިދާޅުވަނީ "ހިއްކި ބިމުގެ ބޮޑު ބައެއް ދޫކުރާނީ ގޯތި ދޫކުރުމަށް" ކަމަށެވެ. އަދި އޭގެ އިތުރުން، "އިތުރު ހައުސިން ޕްރޮޖެކްޓުތައްވެސް އެ ބިމުގައި ކުރިއަށްގެންދިއުމުގެ ވިސްނުން ކައުންސިލްގެ އެބަ ހުރި" ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރަށުން ހިއްކައިނިމުނު ބިމުގައި ސްކޫލް އަދި ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ ވިސްނުންވެސް ކައުންސިލުން ގެންގުޅެ އެވެ. ކައުންސިލުން ދަނީ ވިޔަފާރީގެ އެކި ކަންކަމަށް އެސަރަހައްދުން ބިން ދޫކުރުމުގެ ވިސްނުންވެސް ގެންގުޅެމުން ކަމަށް ގުރައިދޫ ކައުންސިލުގެ ރައީސް ފާހަގަކުރެއެވެ.

ގުރައިދޫ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ 2019 ވަނަ އަހަރު އެވެ. މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ އތުރުން ރަށުގެ ހޭޅިފަށް ތަރައްގީކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން ވަނީ ކޮށްފަ އެވެ.

މި އަހަރުގެ ސެޕްޓެމްބަރު 27 ވަނަ ދުވަހު އެމްޓީސީސީން މި މަޝްރޫއުގެ މަސައްކަތް ނިންމާލާފައިވާ އިރު، މިއީ 85.04 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.