Advertisement

އެމްޑީޕީ އިންތިހާބު: ދެ ދާއިރާއެއްގެ ވޯޓުލުން ފަށައިގެން ކުރިއަށް!

23 އޮކްޓޯބަރު 2021 - 12:08 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

އެމްޑީޕީން މާލޭގައި ބޭއްވި ދާއިރާތަކުގެ އިންތިހާބުގެ ތެރެއިން: މިއަދު އިންތިހާބުގައި 100 އެއްހާ މީހުން ވޯޓުލާނެ ކަމަށް ބެލެވޭ -- ފޮޓޯ: އަދަދު ފައިލް


އެމްޑީޕީ އިންތިހާބު: ދެ ދާއިރާއެއްގެ ވޯޓުލުން ފަށައިގެން ކުރިއަށް!

23 އޮކްޓޯބަރު 2021 - 12:08 0

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ބޭއްވިއިރު، ކޮވިޑްގެ ހާލަތު ގޯސްކޮށް އޮތް ތ. ގުރައިދޫ ދާއިރާގައި، ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން އަލުން ވޯޓު ނެގުމަށް ނިންމާފައިވާ ރ. އިނގުރާދޫ ދާއިރާގެ ވޯޓުލުން ފަށައިފި އެވެ.

މި ދެ ދާއިރާގެ ވޯޓުލުން ފަށައިފައި މިއަދު ހެނދުނު 9:00 ފަށާފައިވާއިރު، ހަވީރު 5:00 އާ ހަމައަށް ވޯޓުލުން ކުރިއަށް ދާނެ އެވެ.

އިނގުރައިދޫ ދާއިރާގައި ހިމެނެނީ ފައިނު، އިނގުރައިދޫ، އިންނަމާދޫ، ކިނޮޅަސް އަދި ރަސްމާދޫ އެވެ. މި ހުރިހާ ރަށެއްގެވެސް ވޯޓުލުން ކުރިއަށް ގެންދަނީ އެ ރަށެއްގެ ސްކޫލްގަ އެވެ.

ރ. އިނގުރައިދޫ ދާއިރާގެ ވަގުތީ ނަތީޖާ


މޫސާ އުމަރު މަނިކު - 110 އަބްދުﷲ ޝަފީގް - 191 ނަސްރު ﷲ ހުސައިން - 190 ބާތިލް - 16 ވޯޓު ސައްހަ - 491 ވޯޓު ޖުމްލަ ވޯޓު - 507 ވޯޓު

އިނގުރައިދޫ ދާއިރާގެ ނަތީޖާއިން ދައްކާ ގޮތުގައި އަބްދުﷲ ޝަފީގް، ނަސްރު ﷲ ހުސައިންގެ މައްޗަށް ކުރި ހޯދާފައި ވަނީ އެންމެ ވޯޓެއްގެ ތަފާތަކުންނެވެ.

އިނގުރައިދޫ ކައުންސިލްގެ އެމްޑީޕީ މެމްބަރު، ޒުހައިރު އަބްދުﷲ މި ނޫހާ ވާހަކަދައްކަމުން ވިދާޅުވީ އެރަށުގައި ވޯޓު ލެވޭ 400 އެއްހާ އެމްޑީޕީ މެމްބަރުން ތިބި ނަމަވެސް، ވޯޓުލާން ނިކުންނާނެ ކަމަށް ބެލެވެނީ 100 އެއްހައި މެމްބަރުން ކަމަށެވެ.

ގުރައިދޫ ދާއިރާގައި ހިމެނެނީ ގުރައިދޫ އާއި ދިޔަމިގިލީގެ އިތުރުން ގާދިއްފުއްޓެވެ. ވޯޓުލުން ކުރިއަށް ދަނީ ހަމައެކަނި ދިޔަމިގިލީގަ އެވެ. އެއީ ކޮވިޑުގެ ހާލަތާއި ގުޅިގެން، އެދާއިރާގެ ވޯޓުލުން އެރަށުގައި ކުރިއަށް ގެންދެވިފައި ނުވުމުންނެވެ.

އެމްޑީޕީން މީގެ ކުރިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ގުރައިދޫ ދާއިރާގެ ވޯޓުލުން އަލުން ބާއްވާނީ، އެ ދާއިރާއިން މަގާމަށް ހޮވޭ ކެންޑިޑޭޓާއި، އޭނާއާ އެންމެ ކައިރިން ވާދަ ކުރާ ކެންޑިޑޭޓާ ދެމެދު އޮތް ފަރަގަކީ، ދިޔަމިގިލީގައި ވޯޓުލީ ނަމަ، ނަތީޖާއަށް ބަދަލު އަންނާނެ ފަރަގެއް ކަމުގައިވާ ނަމަ ކަމަށެވެ.

ތ. ގުރައިދޫ ދާއިރާގެ ވަގުތީ ނަތީޖާ


ދާއިރާގެ ރައީސް ކަމަށް ވާދަކުރެއްވި ކެންޑިޑޭޓުން:- ރަގީބް އަލީ - 267 ވޯޓު ފަޒީލް އަބްދުއް ލަތީފް - 232 ވޯޓު އަހުމަދު އާޒިމް - 3 ވޯޓު ބާތިލް - 30 ވޯޓު ސައްހަ - 502 ވޯޓު ޖުމްލަ ވޯޓު - 532 ވޯޓު

ގުރައިދޫ އާއި ގާދިއްފުއްޓާއި އެ ދާއިރާގެ މާލޭ ފޮށީގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ރަގީބް އަލީ އާއި ފަޒީލު އަބްދުއް ލަތީފަށް ލިބިފައިވާ ވޯޓުގެ ފަރަގަކީ ދިޔަމިގިލިން ވޯޓުލީނަމަ ނަތީޖާއަށް ބަދަލު އަތުވެދާނޭ ވަރުގެ ކުޑަ ފަރަގެކެވެ.

ދިޔަމިގިލި ކައުންސިލްގެ އެމްޑީޕީ މެމްބަރު މުހައްމަދު މުނީރު މި ނޫހާ ވާހަކަދައްކަވަމުން ވިދާޅުވީ އެ ރަށުގައި ވޯޓުލެވޭ 235 މެމްބަރުން ތިބި ކަމަށެވެ. އެހެންނަމަވެސް ވޯޓުލާން ނިކުންނާނެ ކަމަށް ބެލެވެނީ 180 އެއްހައި މީހުން ކަމަށް އޭނާ ލަފާކުރެ އެވެ.

ދާއިރާތަކުގެ ރައީސުންނަކީ އެމްޑީޕީގެ އެންމެ ބާރުގަދަ ގުނަން ކަމަށްވާ ގައުމީ މަޖިލީހުގައި ހިމެނޭ ބައެކެވެ. ރައީސުލްޖުމްހޫރިއްޔާ، ކެބިނެޓް މެމްބަރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިމެނޭ ގޮތަށް ގައުމީ މަޖިލިސް ނުވަތަ ކޮންގްރެސްގައި ޖުމްލަ 142 މެމްބަރުން ތިބެ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ 90،000 އަށް ވުރެ ގިނަ މީހުން ތިބިއިރު، އެންމެ ފަހުން ބޭއްވުނު އިންތިހާބުގައި ވޯޓު ލާފައިވަނީ 47،100 މީހުންނެވެ.