Advertisement

ބީއެމްއެލް ކްރެޑިޓް ކާޑުން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓް 750 ޑޮލަރަށް މަތިކޮށްފި

17 އޮކްޓޯބަރު 2021 - 11:27 1

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ބީއެމްއެލްގެ އެމެރިކަން އެކްސްޕްރެސް ގޯލްޑް ކްރެޑިޓް ކާޑު: އެ ބޭންކުގެ ކްރެޑިޓް ކާޑުން ބޭރުގެ މުއާމަލާތްތައް ކުރެވޭ ލިމިޓު ވަނީ މަތިކޮށްފައި.


ބީއެމްއެލް ކްރެޑިޓް ކާޑުން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓް 750 ޑޮލަރަށް މަތިކޮށްފި

17 އޮކްޓޯބަރު 2021 - 11:27 1

ކޮވިޑާ ގުޅިގެން ކްރެޑިޓް ކާޑުތަކުން ބޭރުގެ މުއާމަލާތްތައް ކުރެވޭ އަދަދު ހިފަހައްޓާފައި އޮތުމަށް ފަހު، މިއަދުން ފެށިގެން އެ ލިމިޓު ދުވާލަކު 750 އެމެރިކާ ޑޮލަރަށް އިތުރުކުރެވިފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިއުލާންކޮށްފި އެވެ.

ބީއެމްއެލްގެ ކާޑުތަކުގެ ލިމިޓްތަކަށް ބަދަލު ގެނައީ ކޮވިޑާ ގުޅިގެން ޑޮލަރު ލިބުން ދަތިވުމާ ގުޅިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

އެގޮތުން، އޭރު ކްރެޑިޓު ކާޑުން ބޭރުގެ މުއާމަލާތްތައް ކުރެވޭ ލިމިޓު ދުވާލަކަށް 250 ޑޮލަރަށް ދަށްކުރި އެވެ.

ނަމަވެސް، އެ ލިމިޓު މިދިޔަ ޖުލައި މަހުގެ ތެރޭގައި ވަނީ 500 ޑޮލަރަށް އިތުރުކޮށްފަ އެވެ.

ބީއެމްއެލްއިން ކުރި އިއުލާނެއްގައި ބުނީ، މިއަދުން ފެށިގެން ކްރެޑިޓު ކާޑުން ބޭރުގެ މުއާމަލާތްތައް ކުރެވޭ ލިމިޓު ދުވާލަކަށް 750 ޑޮލަރަށް އިތުރުކުރެވިފައިވާ ކަމަށެވެ.

އަދި އެ ލިމިޓު މަތިކުރެވިފައިވަނީ ބީއެމްއެލްގެ އެމެރިކަން އެކްސްޕްރެސް ގްރީން އަދި ގޯލްޑް ކްރެޑިޓް ކާޑާއި ވިސާ ކްލެސިކް އަދި ގޯލްޑް ކްރެޑިޓް ކާޑުގެ އިތުރުން މާސްޓާކާޑްގެ ސްޓޭންޑާޑް އަދި ގޯލްޑް ކާޑުގެ ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން އިތުރަށް ބުނި ގޮތުގައި އެ ކާޑުތައް ފިޔަވައި އެހެން ވައްތަރުގެ ކްރެޑިޓް ކާޑު ބޭނުންކުރާ މީހުންގެ ކާޑުތަކަށް ކަނޑައަޅާފައިވާ ލިމިޓަށް ބަލައި ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދު ވެސް އިތުރުކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ މައުލޫމާތު މި ހަފްތާގެ ތެރޭގައި ބޭންކުން އެ ކަސްޓަމަރުންނަށް އަންގާނެ ކަމަށް ބުންޏެވެ.

ބޭއެމްއެލްއިން އިތުރަށް ބުނީ މިހާރު ވެސް އަމަލުކުރަމުންދާ އުސޫލުގެ ދަށުން، ރާއްޖޭން ބޭރުގައި ދިރިއުޅޭ މީހުން ބޭނުންކުރާ ޑެބިޓު ކާޑުގެ ލިމިޓަކީ މަހަކު 750 ޑޮލަރެވެ. ރާއްޖޭގައި ކުރާ މުއާމަލާތްތަކަށް ޑެބިޓު ކާޑުގެ ލިމިޓަކީ 250 ޑޮލަރެވެ.

އަދި ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް އެމެރިކާ ޑޮލަރުން ކަނޑައަޅާފައިވާ ކަސްޓަމަރުންނަށް ލިމިޓަކީ ދުވާލަކު 3000 ޑޮލަރެވެ.

މީގެ އިތުރުން، މިހާރެކޭ އެއްގޮތަށް ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާ ދެއްކުމަށް ކާޑަށް ވަގުތީ ލިމިޓް ދެމުންދާނެ ކަމަށެވެ. އެގޮތަށް ލިމިޓް އިތުރު ކުރުމަށް އެދި ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކަމާ ގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅޭނެ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.