Advertisement

އިންޑިއާ-ރާއްޖޭގެ ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ފުޅާކުރަން މަސައްކަތް ފަށައިފި

13 އޮކްޓޯބަރު 2021 - 10:45 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

އިންޑިއާ ހައި ކޮމިޝަނާއި ޓޫރިޒަމް މިނިސްޓްރީ އަދި އެމްއެމްޕީއާރުސީން އިންޑިއާގެ ހާއްސަ ވަފުދާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ހިއްސާދާރުންނާއެކު ހޮޓެލް ޖެންގައި ބޭއްވި ރައުންޑް ޓޭބަލް ޑިސްކަޝަން. -- ފޮޓޯ:އިންޑިއަން ހައި ކޮމިޝަން


އިންޑިއާ-ރާއްޖޭގެ ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ފުޅާކުރަން މަސައްކަތް ފަށައިފި

13 އޮކްޓޯބަރު 2021 - 10:45 0

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެގައުމުގެ ހާއްސަ ވަފުދެއް ދަނީ ރާއްޖޭގައި ހަރަކާތްތެރިވަމުންނެވެ.

އިންޑިއާގެ ޓްރެވަލް އެންޑް ޓުއާ އޭޖެންސީތަކާއި، ޓުއާ އޮޕަރޭޓަރުން، ޓްރެވެލް ލިޔުންތެރިން އަދި އިންޑިއާގެ އެންމެ ބޮޑު އޮންލައިން ބީ2ބީ ޕްލެޓްފޯމް، މުމްބާއިގެ އޯޓީއެމް ތަމްސީލުކުރާ ފަރާތްތައް ހިމެނޭ ވަފުދެއް ވަނީ ރާއްޖެ އައިސްފަ އެވެ.

އިންޑިއާގެ މި ހާއްސަ ވަފުދާއެކު އިންޑިއާ ހައި ކޮމިޝަނުން ވަނީ ޓޫރިޒަމް މިނިސްޓްރީ އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއެކު ރައުންޑް ޓޭބަލް ޑިސްކަޝަންއަކަށް ގޮސްފަ އެވެ.

"ކަނެކްޓް ޓު ޓްރެވެލް" ނަމުގައި އިއްޔެ ހޮޓެލް ޖެންގައި ކުރިއަށް ގެންދިޔަ ރައުންޑް ޓޭބަލް ޑިސްކަޝަންގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ހިއްސާދާރުންވެސް ވަނީ ބައިވެރިވެފަ އެވެ.

މި ޑިސްކަޝަންގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އަދި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދުގެ އިތުރުން އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

އޭގެ އިތުރުން އޯޓީއެމްގެ ސީއީއޯ އަދި ޗެއާމަން، ސަންޖީވް އަގަރްވާލް އަދި އިންޑިގޯ އެެއާލައިންސްގެ ނައިބު ރައީސް އިޝާން މުނީރް ވެސް ވާހަކަދެއްކެވި އެވެ.

މިބައްދަލުވުމުގެ އެންމެ ބޮޑު އަމާޒަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމެވެ.

އެގޮތުން، ލަގްޒަރީ އަދި ގެސްޓް ހައުސް ވިޔަފާރީގެ އިތުރުން މައިސް ޓޫރިޒަމާއި ފިލްމް ޕްރޮޑަކްޝަނަށް ރާއްޖޭގެ ފަތުރުވެރިކަން ހުޅުވާލުމެވެ.

އިއްޔެގެ ބައްދަލުވުމަށްފަހު އިންޑިއާގެ ވަފުދު، ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރަން ވަނީ ނިންމާފަ އެވެ.

މި ދަތުރުތަކުގެ ޓަރެވަލް ޕާޓްނަރުންނަކީ އިންޑިގޯ އެެއާލައިންސް އަދި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އެވެ.

މިހާރު ހަ އެއާލައިނަކުން ދަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރަމުންނެވެ. އެއީ އިންޑިގޯ އެއާލައިންސްގެ އިތުރުން އެއާ އިންޑިއާ، ގޯފަސްޓް، ސްޕައިސްޖެޓް، ވިސްތާރާ އަދި މޯލްޑިވިއަން އެވެ.

އިންޑިގޯ އެއާލައިނުން އިންޑިއާގެ ހަ ސިޓީއަކުން ރާއްޖެއަށް ހަފުތާއަކު 35 ފްލައިޓު އަޅަ އެވެ.

މިދިޔަ އަހަރު އިންޑިއާ އާއި ރާއްޖެއާ ދެމެދު ޓްރެވަލް ބަބްލް ގާއިމުކޮށްފައިވާ އިރު، އިންޑިއާ އަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަމުންދާ ގައުމެވެ.

މި އަހަރުގެ ފުރަތަމަ ނުވަ މަސް ނިމުނު އިރު އެގައުމުގެ ދެ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.