Advertisement

ޝާހިދު, އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ނައިބު ރައީސާ ބައްދަލު ކުރައްވައިފި

6 އޮކްޓޯބަރު 2021 - 15:56 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ރައީސް، ޝާހިދު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާއާ ބައްދަލުކުރައްވަނީ-- ފޮޓޯ: ފޮރިން މިނިސްޓްރީ


ޝާހިދު, އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ނައިބު ރައީސާ ބައްދަލު ކުރައްވައިފި

6 އޮކްޓޯބަރު 2021 - 15:56 0

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގެންނެވުމަށްފަހު ރާއްޖޭގެ ތިން ބާރުގެ ވެރިންނާ މިއަދު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު ރާއްޖެ ވަޑައިގެންފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށެވެ. ތިން ދުވަހުގެ ރަސްމީ ދަތުރު ފެއްޓެވީ މިއަދު އެވެ.

އެ ދަތުރުގައި މިއަދު ހެނދުނު ވަނީ ރައީސް ސޯލިހާއެކު ރަސްމީ މަޝްވަރާތައް ކުރިއަށްގެންގޮސްފަ އެވެ. ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ އދ. އާ ރާއްޖެއާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް އިތުރު ހަރުފަތަކަށް ގެންގޮސް، ރާއްޖޭގެ ހާރިޖީ ސިޔާސަތާއި ޑިމޮކްރެސީގެ ހަމަތަކާ އެއްކޮށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމަށް ޝާހިދާއެކު މަޝްވަރާ ކުރެވުނު ކަމަށެވެ.

އަދި އދ.ގެ ބައެއް ކަންކަން އިސްލާހުކޮށް އިތުރަށް ހަރުދަނާކުރުމަކީ ރާއްޖޭން އަބަދުވެސް ގޮވާލަމުން އަންނަ ކަމަށާއި ރިއާސަތުގައި ޝާހިދު ހުންނަވައިގެން އދ. މަސައްކަތްކުރާ ގޮތް އިތުރަށް ހަރުދަނާ ކުރުމަށް ވެސް މަޝްވަރާ ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.

އެއަށްފަހު މިއަދު ދެން ބައްދަލު ކުރައްވާފައި ވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲއާ އެވެ. އެ ބައްދަލުވުމުގައި މަޖިލީހުގެ ބައެއް މެމްބަރުންވެސް ބައިވެރިވެވަަޑައިގެންފައި ވެ އެވެ.

ނަމަވެސް، މަޖިލިސް ކުރާ ގޭގައި ބޭއްވި އެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަންގެ އެއްވެސް މެމްބަރަކު ބައިވެރިއެއް ނުވެ އެވެ.

ޝާހިދު ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ އިތުރުން ޝާހިދު ވަނީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއްތަސިމް އަދުނާންއާވެސް ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފަ އެވެ.

ޝާހިދު އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވީ ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދަށް ހުޅުވާލި ފުރުސަތުގައި އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރާ ވާދަ ކުރެއްވުމަށްފަހު އެވެ.

އާންމު މަޖިލީހުގެ ރައީސްކަމާ ޝާހިދު ހަވާލުވެވަޑައިގަތީ ސެޕްޓެމްބަރު 15 ވަނަ ދުވަހު އެވެ.