Advertisement

ހިޔާއަށް އިންޓަނެޓާއި ކޭބަލް ޓީވީގެ ހިދުމަތް ދިނުމުގެ ފެށުން

4 އޮކްޓޯބަރު 2021 - 11:22 1

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ހިޔާ ފްލެޓްތައް. -- ފޮޓޯ: ހުސައިން ޝަޔާހު/ އަދަދު


ހިޔާއަށް އިންޓަނެޓާއި ކޭބަލް ޓީވީގެ ހިދުމަތް ދިނުމުގެ ފެށުން

4 އޮކްޓޯބަރު 2021 - 11:22 1

އެޕާޓްމަންޓުގެ ތެރޭގައި ހުރެގެން ފޯނަށް ޖަވާބެއް ނުދެވުމެވެ. އިންޓަނެޓާއި ކޭބަލް ޓީވީގެ ހިދުމަތް ނުލިބުމެވެ. ވޯކް ފްރޮމް ހޯމް އާއި އޮންލައިން ކްލާސްތަކުގެ ޒަމާނުގައި އެއީ ބޮލުގެ ރިހުމެކެވެ. މިއީ މިހާރު ހިޔާ ފްލެޓުގައި ދިރިއުޅެމުން އަންނަ އާއިލާތަކުގެ ބޮޑުވެފައިވާ ޝަކުވާތަކެވެ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތަރައްގީކުރަމުން އަންނަ ފޭސް ދޭއްގައި މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

އިންފްރާސްޓްރަކްޗާ ނިމިފައި، ލަސްނުވެ ހިދުމަތް ލިބޭނެ: އެޗްޑީސީ

އެޗްޑީސީން ބުނީ ސްމާޓް ސިޓީ އިނީޝިއޭޓިވްގެ ދަށުން އެސަރަހައްދުގައި ގާއިމުކުރާ އޯޕަން އެކްސެސް ނެޓްވޯކްގެ އިންފްރާސްޓްރަކްޗާގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ.

ހުޅުމާލެ ފޭސް ދޭއްގައި އިންޓަނެޓާ ކޭބަލް ޓީވީގެ ހިދުމަތް ދިނުމަށް ހިދުމަތްދޭ ކުންފުނިތަކަށް އަމިއްލަ އަށް ފައިބާ ކޭބަލް ވަޅުލާން ނުޖެހި ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން ހިދުމަތާއި ކޭބަލް ޓީވީގެ ހިދުމަތް ފޯރުކޮށްދެމުންދާ ކުންފުނިތަކާ އެކު މަޝްވާރަތައް ކުރަމުންދާ ކަމަށާއި މަޝްވަރާތައް ނިމުނުހާ އަވަހަށް އެއްބަސްވުމުގައި ސޮއިކޮށް ރައްޔިތުންނަށް ހިދުމަތް ދެވޭނެކަން އެޗްޑީސީން ފާހަގަކުރެ އެވެ.

ދިރާގުގެ ހިދުމަތްތައް މިހާރު ލިބޭ

ދިރާގާ އެކު އެޗްޑީސީން ކުރިއަށް ގެންދިޔަ މަޝްވާރަތައް ނިންމާ އެކުންފުންޏާ އެކު ހިދުމަތް ދިނުމުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން އެކޯޕަރޭޝަންގެ ސީއީއޯ ސުހައިލް އަހުމަދު ސޮއިކުރައްވާފައިވާ އިރު، ދިރާގުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު އެވެ.

އޮކްޓޫބަރު ތިން ވަނަ ދުވަހު ސޮއިކުރެވުނު މި އެއްބަސް ވުމާއެކު ހިޔާ ފްލެޓްގައި ދިރިއުޅޭ ރައްޔިތުންނަށް ދިރާގުގެ އިންޓަނެޓުގެ ހިދުމަތާއި ދިރާގު ޓީވީގެ ހިދުމަތް ދޭން ވަނީ ފަށާފަ އެވެ.

މި ހިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް މިއަދުން ފެށިގެން އޮކްޓޫބަރު 10 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 15:30 އިން 18:30 އަށް ދިރާގުގެ ޓީމަކުން ދެ ވަނަ ފިޔަވަހީގައި ހަރަކާތްތެރިވާނެ އެވެ.