Advertisement

ސައިކަލަކާއި އެމްބިއުލޭންސެއް ޖެހި ހުޅުމާލޭގައި އެކްސިޑެންޓެއް

10 އޭޕްރީލް 2024 - 10:50 0


ސައިކަލަކާއި އެމްބިއުލޭންސެއް ޖެހި ހުޅުމާލޭގައި އެކްސިޑެންޓެއް

10 އޭޕްރީލް 2024 - 10:50 0

ސައިކަލަކާއި އެމްބިއުލޭންސެއް ޖެހި ހުޅުމާލޭގައި ރޭ ދަންވަރު އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ އެކްސިޑެންޓުވި ސައިކަލު ދުއްވަން އިން މީހާގެ ފަޔަށް ކުދި އަނިޔާތަކެއްވެފައިވެފައިވާ ކަމަށެވެ. ފުލުހުން އެ ސަރަހަށްދަށް ގޮސް ސުވާލު ކުރިއިރު ހޭ ހުރި ނަމަވެސް އެކްސިޑެންޓުވި މީހާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ.

އެހެންވެ، އޭނާ ހޮސްޕިޓަލަށް ގެންގޮސް ސީޓީ ސްކޭނެއް ވެސް ހެދި އެވެ. ނަމަވެސް ބޮލަށް އަނިޔާވެފައިނުވާ ކަމަށް ސީޓީ ސްކޭނުން ދެއްކި ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުވި ސައިކަލު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އެކްސިޑެންޓު ހިނގަން މެދުވެރިވީ އެމްބިއުލޭންސް ގޯޅިއެއް އަޅަނިކޮށް ސައިކަލު އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ކަމަށްވެ އެވެ. އެ އެކްސިޑެންޓުގައި އެމްބިއުލޭންސަށް ވެސް ގެއްލުންތަކެއްވި އެވެ.

އެކްސިޑެންޓުވި ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ދަންވަރު 3:30 ހާއިރެވެ. އެކްސިޑެންޓުވީ ހިތިގަސްމަގާއި ފިތުރޯނުމާ ހިނގުން ގުޅޭ ކަންމަތީގައި ކަމަށް ފުލުހުން ބުނެ އެވެ.