Advertisement

އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު މި ހަފްތާގައި ރާއްޖެ ވަޑައިގަންނަވަނީ

3 އޮކްޓޯބަރު 2021 - 11:13 1

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު. ފޮޓޯ: ރައީސް އޮފީސް


އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޝާހިދު މި ހަފްތާގައި ރާއްޖެ ވަޑައިގަންނަވަނީ

3 އޮކްޓޯބަރު 2021 - 11:13 1

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަބްދުﷲ ޝާހިދު ރާއްޖެއަށް މި ހަފްތާގެ ފަހުކޮޅު ޒިޔާރަތްކުރައްވަން ހަމަޖެހިއްޖެ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާ ޝާހިދު، ރާއްޖެ ވަޑައިގަންނަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިމިދިޔަ އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރެއްވި ޒިޔާރަތުގައި ދެެއްވި ރަސްމީ ދައުވަތަކަށެވެ.

އެ ދައުވަތާ ގުޅިގެން އެ ދަތުރުގެ ސީދާ ތާރީހެއް އަދި ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މި ހަފްތާގެ ފަހުކޮޅު ޝާހިދު ރާއްޖެ ވަޑައިގަންނަވާނެކަން "އަދަދު"އަށް ވަނީ އެނގިފަ އެވެ.

ޝާހިދު މިވަގުތު ޔޫއޭއީގައި ހުންނެވިއިރު، އެ ދަތުރުފުޅުގައި އެގައުމުގެ ސްޓޭޓް މިނިސްޓަރު ޚަލީފާ ޝާހީން އަލްމަރާރު އާއި ވެސް ޝާހިދު ވަނީ ބައްދަލުކުރައްވާފަ އެވެ.

އަދި ދުބާއީގައި އިއްޔެ ފެށި އެކްސްޕޯ 2020 ދުބާއީގައި ވެސް ޝާހިދު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ޝާހިދު އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވީ ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދަށް ހުޅުވާލި ފުރުސަތުގައި އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރާ ވާދަ ކުރެއްވުމަށްފަހު އެވެ. އާންމު މަޖިލީހުގެ ރައީސްކަމާ ޝާހިދު ހަވާލުވެވަޑައިގަތީ ސެޕްޓެމްބަރު 15 ވަނަ ދުވަހު އެވެ.

އާންމު މަޖިލީހުގެ ރިއާސަތާއި ހަވާލުވެވަޑައިގަތުމަށްފަހު، "ޕްރެސިޑެންސީ އޮފް ހޯޕް" ނުވަތަ އުއްމީދީ ރިއާސަތުގެ ނަމުގައި ޝާހިދު ވަނީ ވެކްސިން ފޯރުކޮށްދިނުމުގައި ހަމަހަމަކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ދުނިޔޭގެ ހަމަޖެހުމަށް އަމާޒުކުރައްވާ މަސައްކަތް ކުރައްވަން ވައުދުވެވަޑައިގެންފަ އެވެ.