Advertisement

އިތުރު އިންވެސްޓްމަންޓުތައް ހޯދަން އަމީރާއި ފައްޔާޒު ގަތަރުގައި

30 ސެޕްޓެންބަރު 2021 - 15:04 0

އަމަން ހަލީމް

އަމަން ހަލީމް

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު (ވ-2)، މިނިސްޓަރު ފައްޔާޒް އިސްމާއިލް (ވ-1) އަދި އަލީ ޒާހިރު (ކ) ގަތަރުގެ ޓްރޭޑް މިނިސްޓަރު އަލީ ބިން އަހުމަދު އަލް ކުވާރީ އަރިހުގައި. -- ފޮޓޯ: ދަ ޕެނިންސުލާ


އިތުރު އިންވެސްޓްމަންޓުތައް ހޯދަން އަމީރާއި ފައްޔާޒު ގަތަރުގައި

30 ސެޕްޓެންބަރު 2021 - 15:04 0

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ގަތަރަށް ވަޑައިގެންނެވީ، ދެ ގައުމުގެ އިގުތިސޯދީ ގުޅުންތައް އިތުރަށް ވަރުގަދަކޮށް، އިންވެސްޓްމަންޓުތައް ހޯއްދަވަން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

މި ދެ މިނިސްޓަރުންގެ އަރިހުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވެސް ހުންނެވީ ގަތަރުގަ އެވެ.

މި ދަތުރުގައި މި ވަފުދުން ވަނީ ގަތަރުގެ މިނިސްޓާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ އަދި އެކްޓިން މިނިސްޓާ އޮފް ފިނޭންސް އަލީ ބިން އަހުމަދު އަލް ކުވާރީއާ ބައްދަލުކުރައްވާފަ އެވެ.

އަދި ގަތަރުގެ ޗެމްބާ އޮފް ކޮމާސް ފަސްޓް ވައިސް ޗެއާމަން މުހައްމަދު ބިން ތޮވާރު އަލް ކުވާރީއާ ވެސް ވަނީ ބައްދަލުކުރައްވާފަ އެވެ.

ގަތަރުގެ ޓްރޭޑް މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާއި އިތުރަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާތައް ކުރެވުނެވެ.

އަދި އިގުތިސޯދީ ރިފޯމްތަކާއި ސިންދަފާތުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތުތައް ހިއްސާކުރެއްވި އެވެ.

މިނިސްޓަރު ފައްޔާޒު އިސްލާއިލް އަދި ގަތަރު ޗެމްބާގެ ފަސްޓް ވައިސް ޕްރެޒިޑެންޓް މުހައްމަދު ބިން ތޮވާރު އަލް ކުވާރީއާ ބައްދަލުކުރައްވަނީ. -- ފޮޓޯ: ދަ ޕެނިންސުލާ


ގަތަރު ޗެމްބާގެ ނައިބު ރައީސާ އެކު ބޭއްވެވި ބައްދަލުވުމުގައި، މިނިސްޓަރު ފައްޔާޒު ވަނީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓު ފުރުސަތުތަކާއި، ހާއްސަކޮށް ޓޫރިޒަމާއި ފުޑް ޕްރޮސެސިން ދާއިރާގައި ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. އަދި ދިވެހި ވިޔަފާރިތަކަށް އިންވެސްޓުކުރަން ގަތަރުގެ ވިޔަފާރިވެރިންނަށް ހުޅުވާލެވިފައިވާ ކަމަށް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ޗެމްބާގެ ނައިބު ރައީސް ވަނީ ރާއްޖެއަށް އިންވެސްޓުކުރަން ގަތަރުގެ އިންވެސްޓަރުން ތައްޔާރަށް ތިބި ކަމަށް ވިދާޅުވެފަ އެވެ. މި ވާހަކަތަކާއި ގުޅިގެން މިނިސްޓަރު ފައްޔާޒު ވަނީ ގަތަރު ސަރުކާރުގެ އިސްވެރިން ހިމެނޭ ގޮތަށް ވިޔަފާރިވެރިންނާ އެކު ބައްދަލުވުމެއް ބާއްވަން ހުށަހަޅާ، އެ ކަމުގެ މަޝްވަރާތައް ކޮށްފަ އެވެ.