Advertisement

ޓޫރިޒަމް ދުވަސް ފާހަގަކުރަން ރަށްރަށަށް މިނިސްޓްރީން ބަޖެޓްދެނީ

26 ސެޕްޓެންބަރު 2021 - 22:29 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

ކ. ތުލުސްދޫ އަށް ޗުއްޓީ ހޭދަކުރަން ދިޔަ ފަތުރުވެރިންތަކެއް އެ ރަށު ޖެޓީ ސަރަހައްދުގައި.


ޓޫރިޒަމް ދުވަސް ފާހަގަކުރަން ރަށްރަށަށް މިނިސްޓްރީން ބަޖެޓްދެނީ

26 ސެޕްޓެންބަރު 2021 - 22:29 0

މި އަހަރުގެ ޓޫރިޒަމް ދުވަސް ފާހަގަކުރަން ބޭނުންވާ ރަށްރަށަށް ޓޫރިޒަމް މިނިސްޓްރީން ހާއްސަ ބަޖެޓެއްދޭން ނިންމައިފި އެވެ.

މިއަހަރުގެ ޓޫރިިޒަމް ދުވަސް ރަސްމީކޮށް ފާހަގަކުރަން ނިންމީ އައްޑޫ ސިޓީގަ އެވެ. އެކަމަކު ކޮވިޑުގެ ސަބަބުން އެ ނިންމުން ބަދަލުވީ އެވެ. އަދި ރާއްޖޭގެ އެއްވެސް ރަށެއްގައި ކުލަ ގަދަކޮށް މި ދުވަސް ފާހަގަނުކުރަން ނިންމި އެވެ.

އެކަމަކު ދުވަހުގެ މުނާސަބަތުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ބޭނުންވާ ރަށްރަށުގެ ތެރެއިން ގެސްޓް ހައުސް ވިޔަފާރިކުރާ ރަށްރަށަށް މިނިސްޓްރީން މިވަނީ އެ ފުރުސަތު ހުޅުވާލާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ގެސްޓް ހައުސް ވިޔަފާރި ހިންގާ ހުރިހާ ރަށެއްގެ ކައުންސިލްތަކަށް ޓޫރިޒަމް ދުވަސް ފާހަގަކުރަން ދައުވަތު ފޮނުވާފައިވާ އެވެ. ބަޖެޓްދޭނީ އެ ރަށެއްގައި ހިންގާ ގެސްޓް ހައުސްތަކުގެ އަދަދަށް ބަލައިފަ އެވެ. ފަސް ގެސްޓް ހައުސް އަށް ވުރެ މަދުން ހިންގާ ރަށްރަށަށް 5،000 ރުފިޔާގެ ބަޖެޓެއް މިނިސްޓްރީން ދޭނެ އެވެ. އެއަށް ވުރެ އިތުރު ނަމަ އަދަދު ބޮޑުވާނެ އެވެ.