Advertisement

އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ނުކުތް ކުންފުނިތަކުގެ ވެރިންނަށް ވެސް ކާމިޔާބު

25 ސެޕްޓެންބަރު 2021 - 22:20 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

އިންތިހާބުގައި ވާދަކުރެއްވި ކުންފުނިތަކުގެ ވެރިން: ހުރިހާ ބޭފުޅުން ވެސް ކާމިޔާބު ހޯދެއްވި


އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ނުކުތް ކުންފުނިތަކުގެ ވެރިންނަށް ވެސް ކާމިޔާބު

25 ސެޕްޓެންބަރު 2021 - 22:20 0

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރެއްވި ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން އެ ބޭފުޅުން ވާދަކުރެއްވި ދާއިރާތައް ކާމިޔާބުކުރައްވައިފި އެވެ.

މިއަދު ކުރިއަށް ގެންދިޔަ އިންތިހާބުގައި ކާމިޔާބު ކުރައްވާފައިވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ރަޝާދު, އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު އަދި ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވަމުން އަންނަ އަމްރު މަތި ދެކުނު ޕްރޮވިންސްގެ ރައީސްކަން ކާމިޔާބު ކުރެއްވީ، ވަރުގަދަ ކެމްޕޭނަކަށްފަހު ބޮޑު ފަރަގަކުންނެވެ. އަމްރު ވަނީ ކެމްޕޭނަށްޓަކައި ގިނަ ރަށްތަކަކަށް ދަތުރުކުރައްވައި، ދާއިރާގެ ގިނަ މެންބަރުންނާ ބައްދަލުކުރައްވާފަ އެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވާދަ ކުރެއްވީ ގައްދޫ ދާއިރާގެ ރައީސް ކަމަށެވެ. އޭނާ ވެސް ކާމިޔާބު ހޯދީ ވަރުގަދަ ކެމްޕެއިނަކަށްފަހު އެވެ.

މަޑުއްވަރީ ދާއިރާގެ ރައީސް ކަމަށް ވާދަ ކުރައްވާ ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަަނިކުގެ ކާމިޔާބު ހޯދެއްވިއިރު, ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ކާމިޔާބު ކުރެއްވީ ބިލެތްދޫ ދާއިރާގެ ރައީސް ކަމެވެ.

ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ހަސަން ވެސް ވަނީ ވާދަކުރެއްވި ދާއިރާ ކާމިޔާބުކުރައްވާފަ އެވެ. އޭނާ ވާދަ ކުރެއްވީ ތިނަދޫ އުތުރު ދާއިރާގެ ރައީސް ކަމަށެވެ.

ޒިފްލީން ވާދަކުރެއްވި ތިނަދޫ ދާއިރާގައި، މާލޭގައި ހުންނަ ފޮށި ހިމެނޭ ގޮތަށް ގިނަ ފޮށިތަކެއް މިހާރު ނިމިފައިވާއިރު، ޒިފްލީން ވަނީ ގިނަ އަދަދެއްގެ ވޯޓު ކާމިޔާބުކޮށް، މޮޅު ކަށަވަރު ކުރައްވާފަ އެވެ.

އެތެރޭގެ އިންތިހާބުގެ ވާދަވެރި ބޮޑެތި ގިނަ ދާއިރާތަކުގެ ނަތީޖާތައް މިހާރު ކަށަވަރުވެފައިވާއިރު، މާލެ ދާއިރާ ނެންގެވީ ކުރީގެ މާލެ ސިޓީ މޭޔަރު ސިފާ މުހައްމަދު އެވެ. އަދި ޔޫތު މިނިސްޓާރު އަހުމަދު މަހުލޫފް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ވަނީ ވާދަކުރެއްވި ދާއިރާތައް ކާމިޔާބުކުރައްވާފަ އެވެ.

އެމްޑީޕީގެ މިފަހަރުގެ އެތެރޭގެ އިންތިހާބަކީ މިހާތަނަށް ކުރިޔަށްދާ ސިޔާސީ ޕާޓީއެއްގެ އެފަދަ އެންމެ ބޮޑު އިންތިހާބެވެ. ޖުމްލަ 97 ދާއިރާއަކުން 730 ކެންޑިޑޭޓުން ވާދަކުރާ އެ އިންތިހާބުގައި 90،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓު ލެވޭނެ އެވެ.